ޕީއެސްޖީ އެއްވަރުވުމުގެ ފައިދާ ލޯންސް އަށް ވެސް ނުނެގުނު

May 3, 2026, 10:05 AM
ފްރެންޗް ލީގުގައި ރޭ ލޯންސް އާއި ނީސް ކުޅުނު މެޗުގެ ތެރެއިން.

ފްރެންޗް ލީގުގައި ރޭ ލޯންސް އާއި ނީސް ކުޅުނު މެޗުގެ ތެރެއިން.

ޕެރިސް (މެއި 3) - ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީން މި ހަފްތާގައި ކުޅުނު މެޗުގައި މޮޅުނުވުމުގެ ފައިދާނަގަން ލީގުގެ ދެ ވަނައިގައި އޮތް ލޯންސް އަށް ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

ޕީއެސްޖީން ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 2-2 އިން ލޯރިއަންޓާ އެއްވަރުވިއިރު، ލޯންސް އިން ވަނީ ރޭ ރަށުންބޭރުގައި ނީސްއާ 1-1 އިން އެއްވަރުވެފަ އެވެ. 

ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް 31 މެޗުން ވަނީ 70 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ލޯންސް އަށް ވަނީ 31 މެޗުން 64 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ލިޔޯނަށް 31 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ލިލް އަށް ވެސް ވަނީ 31 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. 

ޕީއެސްޖީން އިބްރާހިމް އެމްބާއޭގެ ގޯލުން ލީޑުނެގި މި މެޗުގައި ލޯރިއަންޓުން ވަނީ ޕަބްލޯ ޕަގިސް ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. ދެ ވަނަ ހާފުގައި ވަރެން ޒައިރް އެމެރީ ލަނޑު ޖަހައި ޕީއެސްޖީ އަށް އަލުން ލީޑުނަގައިދިންއިރު، ލޯރިއަންޓުން އެއްވަރުކުރީ ބަދަލަަކަށް ކުޅެން އަރައި، މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށް ޓޮސިން އައިޔެގުން ޖެހި ގޯލުންނެވެ.  

ލޯންސް އިން ވަނީ ރޭގެ މެޗުގެ 60 ވަނަ މިނިޓްގައި އެލަން ސެއިން-މެކްސިމިން ޖެހި ލަނޑުން ލީޑުނަގައިފަ އެވެ. އެކަމަކު، ލޯންސްގެ ފުލްބެކް، ސައުދު އަބްދުލްހަމީދަށް މެޗުގެ 80 ވަނަ މިނިޓްގައި ރަތެއް ދެއްކުމުން، އެ ޓީމުގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ނީސް އިން ވަނީ އެއްވަރުކޮށްފަ އެވެ. މެޗުގެ 84 ވަނަ މިނިޓްގައި މި ގޯލު ޖެހީ އަލީ އަބްދީ އެެވެ. 

ފްރެންޗް ލީގުގައި ރޭ މެޓްޒް އަތުން 2-1 އިން މޮނާކޯ މޮޅުވި މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ޕައުލް ޕޮގްބާ ވަނީ ކުޅެފަ އެވެ. މިއީ، 2024 ވަނަ އަހަރުގެ މެއި މަހު ޔުވެންޓަސްގެ މެޗެއްގައި ފުރަތަމަ އެގާރައިގައި ކުޅުމުގެ ފަހުން، ޓީމެއްގެ ފުރަތަމަ އެގާރައިގައި މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox