ރެކޯޑް ސެމީ ފައިނަލެއް، ފުރަތަމަ ލެގުން ޕީއެސްޖީ އަށް ބަޔާން އަތުން މޮޅެއް

Apr 29, 2026, 8:40 AM
ޕީއެސްޖީގެ ކްވިޗާ ކްވަަރަޝްކޭލިއާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޕީއެސްޖީގެ ކްވިޗާ ކްވަަރަޝްކޭލިއާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޕެރިސް (އޭޕްރީލް 29) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން އަމިއްލަ ދަނޑުގައި ކުޅެ، 5-4 އިން ބަޔާން މިއުނިކްގެ މައްޗަށް ކުރިހޯދައިފި އެވެ. 

މިއީ، 1959-1960 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް (އޭރުގެ ޗެމްޕިއަންސް ލީގު)ގެ ސެމީ ފައިނަލުގައި ފްރޭންކްފާޓުން 6-3 އިން ރޭންޖާސް ބަލިކުރި ފަހުން އެންމެ ގިނަ ގޯލު ފެނުނު ސެމީ ފައިނަލް މެޗެވެ. މިއީ، ޗެމްޕިއަންސް ލީގުގެ ނަމުގައި ކުޅެން ފެށި ފަހުން، އެންމެ ގިނަ ގޯލު ފެނިގެންދިޔަ، އެންމެ ފޯރިގަދަ ސެމީ ފައިނަލް މެެޗެވެ. 

ރޭގެ މެޗުގެ 17 ވަނަ މިނިޓްގައި ބަޔާނުން ލީޑުނެގީ ލުއިސް ޑިއާޒަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން ޖެހި ގޯލުންނެވެ. ފަސް މިނިޓް ފަހުން، ޕީއެސްޖީ އަށް އެއްވަރުކޮށްދޭން އޮސްމާން ޑެމްބެލޭ އަށް ލިބުނު ފުރުސަތުގައި ގޯލަށް ބޯޅަ ފޮނުވާނުލެވުނެވެ. 

މެޗުގެ 23 ވަނަ މިނިޓްގައި ޕީއެސްޖީ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ކްވިޗާ ކްވަރަޝްކޭލިއާ އެވެ. އޭގެ 10 މިނިޓް ފަހުން، މެޗުގެ 33 ވަނަ މިނިޓްގައި ޑެމްބެލޭ ނެގި ކޯނަރަކުން ޖޮއާއޯ ނެވޭސް ބޮލުން ޖެހި ގޯލުން ޕީއެސްޖީން ލީޑުނެގި އެވެ. އޭގެ ހަތް މިނިޓް ފަހުން، މައިކަލް އޮލީސޭ ވަނީ ލަނޑެއް ޖަހައި ބަޔާނަށް އެއްވަރުކޮށްދީފަ އެވެ. ފުރަަތަމަ ހާފު ނިމުމުގެ ކުރިން، ބަޔާންގެ އަލްފަންސޯ ޑޭވިސް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއަކުން ޑެމްބެލޭ ވަނީ ލަނޑު ޖަހައި ބަޔާނަށް އަލުން ލީޑުނަގައިދީފަ އެވެ. 

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 13 މިނިޓް ތެރޭ ޕީއެސްޖީން ދެ ގޯލު ޖަހައި، ތިން ގޯލުގެ ލީޑެއް ނެގި އެވެ. އެ ގޮތުން، 55 ވަނަ މިނިޓްގައި ކްވަރަޝްކޭލިއާ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އަދި، އޭގެ ދެ މިނިޓް ފަހުން، ޑެމްބެލޭ ވަނީ ޕީއެސްޖީގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. 

މެޗުގެ 64 ވަނަ މިނިޓްގައި ޖޯޝުއާ ކިމިކް ހިލޭ ޖެހުމަކުން ނެގި ހުރަހަކުން، ބަޔާންގެ ޑަޔޫ އުޕަމެކާނޯ ވަނީ ލަނޑެއް ޖަހައިފަ އެވެ. އަދި، ތިން މިނިޓް ފަހުން ޑިއާޒް ވަނީ ބަޔާންގެ ހަތަރު ވަނަ ގޯލު ޖަހައި، ފަރަގުކުޑަކޮށްފަ އެވެ. މި ގޯލު ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ރަނގަޅު ގޯލެއް ކަމަށެެވެ. 

ޕީއެސްޖީން ވަނީ މެޗުގެ 87 ވަނަ މިނިޓްގައި އިތުރު ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން، ބަޔާންގެ ޑިފެންސް ފަހަތުން ލިބުނު ބޯޅައެއް ސެނީ މަޔޫލޫ ރަނގަޅަށް ފޮނުވާލިއިރު، އަމާޒުވީ ހުރަސްދަނޑިއަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox