ބަޔާން ކަޓުވާލައި ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ފައިނަލަށް

May 7, 2026, 2:00 AM
ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މިއުނިކް (މެއި 7) - ބަޔާން މިއުނިކް ދަނޑުގައި އެއްވަރުކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން މި ފަަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ. 

މިދިޔަ ހަފްތާގައި ޕީއެސްޖީ ދަނޑުގައި 5-4 އިން މޮޅުވިއިރު، މިރޭ ބަޔާން ދަނޑުގައި 1-1 އިން އެއްވަރުވެ، ޕީއެސްޖީން ކުރިހޯދީ 6-5 ގެ އެގްރިގޭޓުންނެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި އިންޓަ މިލާން 5-0 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލި ޕީއެސްޖީން މި ފަހަރުގެ މުބާރާތުގައި ތަށި ދިފާއުކުރަން ފައިނަލުގައި ކުޅޭނީ މި މަހު 30 ވަނަ ދުވަހު އާސެނަލާ އެެވެ. މި ފަަހަރުގެ ފައިނަލަށް އާސެނަލް ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ. އާސެނަލް، ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ބަލިވީ ޕީއެސްޖީ އަތުން މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގަ އެވެ. 

ބަޔާންގެ އަލިއާންޒް އެރީނާގައި ކުޅުނު ސެމީ ފައިނަލް މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ޕީއެސްޖީން ލަނޑު ޖަހައި ލީޑުނެގި އެވެ. މި ލަނޑު ޖެހީ ޕީއެސްޖީގެ ކްވިޗާ ކްރަވަޝްކޭލިއާ ދިން ބޯޅައަކުން އޮސްމާން ޑެމްބެލޭ އެވެ.

ރެފްރީ ޖޮއާއޯ ޕިންހޭރޯގެ ނިންމުންތަކާ މެދު ބަޔާންގެ ހިތްހަމަނުޖެހުން މި މެޗުގައި ބޮޑުވި އެވެ. އެ ގޮތުން، މި މެޗުގައި، އެ ޓީމުން ވަނީ ޕީއެސްޖީގެ ޕޯޗުގީސް ފުލްބެކް، ނޫނޯ މެންޑޭސް އަށް ދެ ވަަނަ ރީނދޫ ކާޑެއް ނުދެއްކި ނިންމުމާއި ޕީއެސްޖީގެ ޖޮއާއޯ ނެވޭސް އަތުގައި އޭރިއާތެރެއިން ޖެހުނު ބޯޅަ އަށް ޕެނަލްޓީ ނުދިން ނިންމުމާ މެދު ބަޔާންގެ ބެންޗުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. 

ޕީއެސްޖީ އަށް ދެ ވަނަ ލަނޑު ޖަހައިދޭން ޖޮއާއޯ ނެވޭސް ބޮލުން ޖެހި ބޯޅަ އާއި ޑެޒެއާ ޑޫއޭ ފޮނުވާލި ހަމަލާތައް ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ. އަދި، ބަދަލަކަށް ކުޅެން އަރައި ޕީއެސްޖީގެ ބްރެޑްލީ ބާކޮލާ ޖެހި ޝޮޓް ވެސް ކީޕަރު ނޯޔާ ވަނީ ހުއްޓުވައިފަ އެވެ. 

އޭގެ އިތުރުން، ބަޔާންގެ ދެ ޑިފެންޑަރުން. ކައިރިން. ނައްޓާފައި ކްވަރަޝްކޭލިއާ އޭރިއާ ތެެރެއަށް ވަދެ، ފޮނުވާލަން އުޅުނު ބޯޅަ ރަނގަޅަށް ފަޔަށް ލައްވާލާ ގޮތެއްނުވި އެވެ. 

ބަޔާނުން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުންދިޔައިރު، އެ ޓީމުގެ މައިކަލް އޮލީސޭ އާއި ލުއިސް ޑިއާޒް ފޮނުވާލި ހަމަލާތައް ޕީއެސްޖީގެ ރަޝިއާ ކީޕަރު، މަޓްވޭ ސަފޯނޯވް ވަނީ މަތަކޮށްފަ އެވެ. ބަޔާންގެ ކޮންރަޑް ލައިމާ ޖެހި ބޯޅަ އާއި ލެނާޓް ކާލް ފޮނުވާލި ޝޮޓް، ޕީއެސްޖީ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. 

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓް ތެރޭ ހެރީ ކޭން ވަނީ މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑު ޖަަހައި، އެއްވަރުކޮށްދީފަ އެެވެ. އެކަމަކު، އިތުރު ގޯލެއް ޖަހައި، އެގްރިގޭޓުން އެއްވަރުކުރަން ބަޔާނަށް ވަގުތު ނުލިބި ކެޓީ އެވެ. 

ވިހި އަހަރަށް ފަހު، އާސެނަލުން ކުޅޭ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ފައިނަލުގައި ޕީއެސްޖީއާ ކުޅޭ މެޗު އޮންނާނީ ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox