ވެސްޓް ހޭމުން އާސެނަލާ އެއްވަރުކުރި ގޯލު ބަލައިނުގަންނަން ނިންމުން ޝްމައިކަލް އަށް ކަމުނުދިޔަ

May 11, 2026, 9:41 AM
އިނގިރޭސި ޕްރިމިއާ ލީގުގެ ޕަންޑިޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު، ޝްމައިކަލް.

އިނގިރޭސި ޕްރިމިއާ ލީގުގެ ޕަންޑިޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު، ޝްމައިކަލް.

ލަންޑަން (މެއި 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު އާސެނަލާ އެއްވަރުކުރަން ވެސްޓް ހޭމް ޔުނައިޓެޑުން ޖެހި ގޯލު ބަލައިނުގަންނަން ނިންމި ނިންމުމަކީ ރަނގަޅަށް ކުރި ކަމެއް ނޫން ކަަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ލެެޖެންޑަރީ ގޯލްކީޕަރު، ޕީޓާ ޝްމައިކަލް ބުނެފި އެވެ. 

ލަންޑަން ސްޓޭޑިއަމްގައި ރޭ އާސެނަލުން 1-0 އިން ކުރީގައި އޮއްވައި، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވެސްޓް ހޭމްގެ ކަލުމް ވިލްސަން ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު، ކޯނަރަކުން ހުރަސްވި ބޯޅައަކުން ވިލްސަން ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން، ވެސްޓް ހޭމްގެ ފޯވާޑް ޕަބްލޯ ވަނީ އާސެނަލްގެ ކީޕަރު ރާޔާ އަށް ހުރަސް އަޅައިފަ އެވެ. އެ ގޮތަށް ނިންމީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާެރް) އިން އަންގައިގެން ދަނޑުކައިރީގައި ހުރި މޮނީޓަރުން ވެސް ބެލުމަށް ފަހު މެޗުގެ ރެފްރީ ކްރިސް ކަވަނަގް އެވެ. 

ވެސްޓް ހޭމް ބަލިކޮށް އާސެނަލުން ލީގު ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހޭމް ޔުނައިޓެޑް 1-0 އިން ބަލިކޮށް އާސެނަލުން ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ވަނީ ބޮޑުކޮށްފައި. ލީގުގެ އެއް ވަނައިގައި އޮތް އާސެނަލުން ވަނީ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެން މެޗެއް އިތުރަށް ކުޅެ ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފައި.

ވިއަޕްލޭގައި ވާހަކަ ދައްކަމުން ޝްމައިކަލް ބުނީ، ވިލްސަން ޖެހި ގޯލު ބަލައިނުގަންނަން ނިންމި ގޮތަށް ކުރިން މެޗުތަކުގައި ވެސް އަމަލުުކުރިނަމަ، އާސެނަލް ލީގުގެ އެއް ވަނައިގައި ނޯންނާނެ ކަމަށެވެ. 

"އަހަރެން ރުޅި އަންނަނީ އެ ސަބަބާ ހުރެ. އެއީ ފައުލެއް ކަމަށްވާނަމަ އާސެނަލް އެއް ވަަނައިގައި އޮތުން ހައްގެއް ނޫން. އެއީ، އާސެނަލުން މި ސީޒަނުގައި ގިނަ ގޯލުތަކެއް ޖަހާފައި ހުރީ އެ ގޮތަށް. މީހުން ބްލޮކްކޮށްގެން. މީހުން ގައިގައި ހިފަހައްޓައިގެން. އެ ކަހަލަ ކަންކަން ކޮށްގެން،" ޝްމައިކަލް ބުންޏެވެ. 

ޝްމައިކަލް ބުނީ މެޗުގެ ރެފްރީ ކަވަނަގް ފަސް މިނިޓެއްހާއިރު ނަގާފައި، ވީއޭއާރް ރެފްރީ، ޑަރެން އިންގްލެންޑް ވެސް އެހާ ވަގުތު ނެގުމަށް ފަހު، މި ވަރުގެ ނިންމުުމެއް އެ ގޮތަށް އައުމަކީ ވެސް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެެވެ. 

"އެއީ ގޯސްކޮށް ދިޔަ ކަމެއް. އަހަންނަށް ނުވިސްނޭ އެއީ ހިލޭ ޖެހުމަކަށް ބަދަލުވާންވީ ސަބަބެއް. އެހެން ޓީމުތަކަށް އެ ނިންމުން އެ ގޮތަކަށް ނުލިބޭ. މި ނިންމުން އެތައް ލެވަލަކުން ވިސްނިޔަސް ގޯސް،" މެންޗެސްޓާ ޔުނައިޓެޑާ އެކު މީގެ ކުރިން ގިނަ ކާމިޔާބީތަކެއް ހޯދި ޝްމައިކަލް ބުންޏެވެ. 

ލީގުގެ އެއް ވަނައިގައި އޮތް އާސެނަލުން ވަނީ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެން މެޗެއް އިތުރަށް ކުޅެ ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. އާސެނަލަށް 36 މެޗުން 79  ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ލިބިފައިވަނީ 35 މެޗުން 74 ޕޮއިންޓެވެ. އާސެނަލަށް ބާކީ ދެ މެޗު އޮތްއިރު، އެ ދެ މެޗުން އަމިއްލަ ދަނޑުގައި ބާންލީ އާއި ރަށުންބޭރުގައި ކްރިސްޓަލް ޕެލަސް ބަލިކޮށްގެން 22 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox