ވެސްޓް ހޭމް ބަލިކޮށް އާސެނަލުން ލީގު ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި

May 10, 2026, 10:33 PM
އާސެނަލް ޓްރޮސާޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

އާސެނަލް ޓްރޮސާޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ލަންޑަން (މެއި 10) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހޭމް ޔުނައިޓެޑް 1-0 އިން ބަލިކޮށް އާސެނަލުން ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ. 

ލީގުގެ އެއް ވަނައިގައި އޮތް އާސެނަލުން ވަނީ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެން މެޗެއް އިތުރަށް ކުޅެ ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. އާސެނަލަށް 36 މެޗުން 79  ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ލިބިފައިވަނީ 35 މެޗުން 74 ޕޮއިންޓެވެ.

އާސެނަލަށް ބާކީ ދެ މެޗު އޮތްއިރު، އެ ދެ މެޗުން އަމިއްލަ ދަނޑުގައި ބާންލީ އާއި ރަށުންބޭރުގައި ކްރިސްޓަލް ޕެލަސް ބަލިކޮށްގެން 22 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދޭނެ އެވެ. 

Advertisement

ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ ފުރިހަަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށް ލެއަންޑްރޯ ޓްރޮސާޑް އެވެ. މިއީ، މާޓިން އޮޑެގާޑް ދިން ބޯޅައަކުން. އޭރިއާތެރެއިން ޓްރޮސާޑް ޖެހި ގޯލެކެވެ. 

މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ރިކާޑޯ ކަލަފިއޯރީ ފޮނުވާލި ބޯޅައެއް ވެސްޓް ހޭމްގެ ޑިފެންޑަރު، ކޮންސްޓަންޓީނޯސް މަވްރަޕާނޯސް ވަނީ ގޯލަށް ވަނަނުދީ ސަލާމަތްކޮށްފަ އެވެ. އަނެއްކޮޅުން، ފުރަތަމަ ހާފުގެ ފަހުކޮޅުގައި ވެސްޓް ހޭމްގެ ފޯވާޑް، ޓަޓީ ކަސްޓެޔާނޯސް ބޮލުން ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ. އަދި، ދެ ވަނަ ހާފުގައި ވެސްޓް ހޭމްގެ މަޓެއުސް ފެނާންޑޭސް ހުސްކޮށް ވަދެ، އޭރިއާތެރެއިން ފޮނުވާލި ބޯޅަ ވެސް ކީޕަރު ރާޔާ ވަނީ މަތަކޮށްފަ އެވެ. 

އާސެނަލުން ލަނޑު ޖެހީ ވެސްޓް ހޭމަށް ލީޑުނަގައިދޭން ލިބުނު ރަނުގެ ފުރުސަތު ފެނާންޑޭސް އަތުން  ގެއްލުނު ފަހުންނެވެ. 

ވެސްޓް ހޭމަށް އެއްވަރުކޮށްދޭން ކަލުމް ވިލްސަން ޖެހި ޝޮޓެއް އާސެނަލްގެ ޑިފެންޑަރު، ގަބްރިއެލް މަގާޅައެސް ވަނީ ބްލޮކްކޮށްފަ އެވެ. 

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވެސްޓް ހޭމްގެ ކަލުމް ވިލްސަން ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު، ކޯނަރަކުން ހުރަސްވި ބޯޅައަކުން ވިލްސަން ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން، ވެސްޓް ހޭމްގެ ފޯވާޑް ޕަބްލޯ ވަނީ އާސެނަލްގެ ކީޕަރު ރާޔާ އަށް ހުރަސް އަޅައިފަ އެވެ. އެ ގޮތަށް ނިންމީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާެރް) އިން އަންގައިގެން ދަނޑުކައިރީގައި ހުރި މޮނީޓަރުން ވެސް ބަލައިފަ އެވެ. 

ވެސްޓް ހޭމްގެ ބެންޗުން ވަނީ އެ ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަަ ނުޖެހުން ފާޅުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox