މެންޗެސްޓާ ސިޓީ އަށް އެވަޓަން ބަލިނުވި، އާސެނަލަށް ފައިދާ

May 5, 2026, 8:03 AM
ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މެންޗެސްޓާ ސިޓީގެ ކުޅުންތެރިން.--- ފޮޓޯ: ގެޓީއިމޭޖަސް

ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މެންޗެސްޓާ ސިޓީގެ ކުޅުންތެރިން.--- ފޮޓޯ: ގެޓީއިމޭޖަސް

ލިވަޕޫލް (މެއި 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު 3-3 އިން އެއްވަރުވިއިރު، ލީގުގެ ރޭހުގައި އާސެނަލަށް ލީޑެއް ލިބިއްޖެ އެވެ. 

އާސެނަލުން ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން، އެއް ވަަނައިގައި އޮތީ ފަަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސިޓީ އަށް އެވަޓަން އަތަުން މޮޅުނުވެވުމުން، މެޗު ހަމަވާއިރު ވެސް އާސެނަލަށް ދެ ޕޮއިންޓުގެ ލީޑެއް އޮންނާނެ އެވެ. 

އެއް ވަަނައިގައި އޮތް އާސެނަަލަށް 35 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސިޓީ އަށް 34 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. 

އެވަޓަންގެ ހިލް ޑިކިންސަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެވަޓަން ކައިރިން ސިޓީން ފުރަތަމަ ހާފުގައި ލީޑު ނެގި އެވެ. ސިޓީގެ އާލިން ބްރައުޓް ހާލަންޑް އާއި އަންޓުއާން ސެމެންޔޯ އަދި ރަޔާން ޗާކީ އަށް ލިބުނު ފުުރުސަތުތަކުން ގޯލެއް ނުޖެހި ދަނިކޮށް، ސިޓީން ލީޑުނެގީ، 43 ވަނަ މިނިޓްގައި ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެރެމީ ޑޮކޫ ޖެހި ގޯލުންނެވެ. 

ސިޓީ އަށް މި މެޗު ގެއްލުނީ ދެ ވަނަ ހާފުގެ 13 މިނިޓް ތެރޭގައި އެ ޓީމަށް ސަމާލުކަން ގެއްލި ގޯސްތަކެއް ހެދިގެންނެވެ. އެ ގޮތުން، އެވަޓަން އިން ވަނީ މެޗުގެ 68 ވަނަ މިނިޓްގައި، ސިޓީގެ މާކް ގޭހީ ހެދި ގޯހެއްގެ ފައިދާނަގައި، އެވަޓަންގެ ތިއާނޯ ބެރީ ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްދީފަ އެވެ. އޭގެ ފަސް މިނިޓް ފަހުން، ޖޭމްސް ގާނާ ނެގި ކޯނަރަކުން، ޖޭކް އޯބްރަޔަން ބޮލުން ގޯލު ޖަހައި، އެވަޓަން އަށް ލީޑުނަގައިދިނެެވެ. އަދި، 81 ވަނަ މިނިޓްގައި ބެރީ ވަނީ އިތުރު ގޯލެއް އެވަޓަން އަށް ކާމިޔާބުކޮށްދީފަ އެވެ. 

އެވަޓަން އިން ދެ ގޯލުގެ ލީޑެއް ނެގިތާ ދެ މިނިޓް ފަހުން، މެޗުގެ 83 ވަނަ މިނިޓްގައި ހާލަންޑް ވަނީ ސިޓީ އަށް ލަނޑެއް ޖަހައިދީ، ފަރަގު ކުޑަކޮށްފަ އެވެ. ބަލިނުވެ ފަރުޖައްސާލުމަށްޓަކައި ފަހު ވަގުތާ ހަމައަށް ސިޓީން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ސިޓީން މެޗުގެ ނަތީޖާ ހަމަހަމަކުރި ގޯލު ޖެހީ އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑޮކޫ އެވެ. 

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލުމަކީ މާޔޫސްކަމެއް އަންނާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް އެއްކޮށް އުންމީދު ނަގައިނުލާނެ ކަމަށާއި ފަހު ވަގުތާ ހަމައަށް ހިތްވަރު ކުރާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox