ޗެލްސީ ފަހަތަށް ޖައްސާލުމަށް ފަހު ފޮރެސްޓް ރެލިގޭޝަނާ ދުރަށް

May 4, 2026, 9:33 PM
ޗެލްސީ ކޮޅަށް ފޮރެސްޓްގެ ދެ ލަނޑު ޖެހި އަވޮޔިނީ އުފާފާޅުކުރަނީ.

ޗެލްސީ ކޮޅަށް ފޮރެސްޓްގެ ދެ ލަނޑު ޖެހި އަވޮޔިނީ އުފާފާޅުކުރަނީ.

ލަންޑަން (މެއި 4) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އަތުން 3-1 އިން މޮޅުވެ، ނޮޓިންހަމް ފޮރެސްޓުން ރެލިގޭޝަން ޒޯނާ ދުރަށް ޖެހިލައިފި އެވެ. 

މި ނަތީޖާއާ އެކު، ޗެލްސީ ވަނީ ލީގުގައި ޖެހިޖެހިގެން ހަ މެޗުން ބަލިވެފަ އެވެ. ޗެލްސީ އެންމެ ފަހުން ލީގުގައި މި ގޮތަށް ހަ މެޗުން ބަލިވީ 1993 ވަނަ އަހަރު އެވެ. ލީގުގައި މި މެޗުގެ ކުރިން އެންމެ ފަހުން ފަސް މެޗުގައި ޗެލްސީން ކުޅުނީ ކުރީގެ ކޯޗު ލިއަމް ރޮސެނިއާގެ ކޯޗުކަމުގަ އެވެ. އެކަމަކު، އޭނާ ތިން މަހަށް ފަހު ޗެލްސީގެ ކޯޗުކަމުން ވަކިކުރުމުން އެ މަގާމަށް ގެނައި ވަގުުތީ ކޯޗު ކަލުމް މެކްފާލޭންގެ އިރުޝާދުގެ ދަށުން އެ ޓީމުން އެފްއޭ ކަޕް ފައިނަލަށް ދިޔަ ނަމަވެސް، ލީގުގައި މި ވަނީ ބަލިވެފަ އެވެ. 

ފޮރެސްޓުން މި މޮޅާ އެކު، ރެލިގޭޝަން ޒޯނާ ހަ ޕޮއިންޓަށް ވަނީ ފަރަގު ބޮޑުކޮށްފަ އެވެ. އެ ގޮތުން، 16 ވަނައިގައި އޮތް ފޮރެސްޓަށް 35 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، 18 ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ 35 މެޗުން 36 ޕޮއިންޓް ލިބިފަ އެވެ. 

ސްޓެމްފޯޑް ބްރިޖުގައި މިރޭ ކުޅުނު މެޗުގެ ފުރަތަަމަ 14 މިނިޓް ތެރޭ ފޮރެސްޓުން ވަނީ ޗެލްސީ ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، ފުރަތަމަ ގޯލަކީ، ދެ ވަނަ މިނިޓްގައި ޑިލާނޭ ބަކްވާ ނެގި ހުރަހަކުން ފޮރެސްޓްގެ ފޯވާޑް، ޓައިވޯ އަވޮނިޔީ ބޮލުން ޖެހި ގޯލެކެވެ. 

ފޮރެސްޓުން ދެ ވަނަ ލަނޑު ޖެހީ ޕެނަލްްޓީ އަކުންނެވެ. އެ ގޮތުން، އީގޯ ޖީސޫސް ކާމިޔާބުކުރި މި ޕެނަލްޓީ ފޮރެސްޓަށް ލިބުނީ ޗެލްސީގެ މަލޯ ގުސްޓޯ، އޭރިއާތެރެއިން ފޮރެސްޓްގެ އަވޮނިޔީ އަށް ފައުލުކުރުމުންނެވެ. ފުރަތަމަ ހާފުގައި ލަނޑެއް ޖެހޭތޯ ޗެލްސީން ކުރި މަސައްކަތުގަައި އެ ޓީމަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، އެ ޓީމުގެ 18 އަހަރުގެ ޖެސޭ ޑެރީ އަށް ފޮރެސްޓްގެ ޒެކް އަބޮޓް ކުރި ފައުލަކަށް ދިން ޕެނަލްޓީން ކޯލް ޕާމާ ފޮނުވާލި ބޯޅަ ފޮރެސްޓްގެ ކީޕަރު، މެޓް ސެލްސް ވަނީ މަތަކޮށްފަ އެވެ. 

ޗެލްސީ އަށް ޕެނަލްޓީ ހޯދައިދިން ޑެރީގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން އަށިގަނޑުގައި ދަނޑުން ބޭލިއިރު، ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. 

ދެ  ވަނަ ހާފުގައި ބަދަލަކަށް ކުޅެން އަރައި، 52 ވަނަ މިނިޓްގައި މޯގަން ގިބްސް-ވައިޓް ހުސްކޮށްލާފައި ދިން ބޯޅައަކަށް އަރައި އަވޮނިޔީ ވަނީ ފޮރެސްޓްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. 

ޗެލްސީން ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރުވި ޖޮއާއޯ ޕެޑްރޯ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި، ރެފްރީ އެންތަނީ ޓޭލާ ވަނީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ. އެކަމަކު، އިތުރު ވަގުތުގެ ތިން ވަަނަ މިނިޓްގައި، މާކް ކުކުރޭއާ ދިން ބޯޅައެއް މެއިން ކޮންޓްރޯލް ކުރުމަށް ފަހު، ޖޮއާއޯ ޕެޑްރޯ ވަނީ އޯވަަހެޑް ކިކަކުން ގޯލެއް ޖަހައިފަ އެވެ. މިއީ، ޕްރިމިއާ ލީގުގައި ޗެލްސީން އެންމެ ފަހުން ކުޅުނު ނުވަ ގަޑިއިރުގެ ތެރޭގައި ޖެހި ފުރަތަމަ ގޯލެވެ. 

ފޮރެސްޓްގެ ކޯޗުކަމާ ވިޓޯ ޕެރެއިރާ ހަވާލުވެ އެ ޓީމުގެ ފޯމު ވަނީ ވަރަށް ބޮޑުތަނުން ރަނގަޅުކޮށްފަ އެވެ. ފޮރެސްޓުން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް ބަލިވެފައިނުވާއިރު، ފުރަތަމަ ޑިވިޝަނުގެ ޓީމެއްގެ ގޮތުގައި އޮވެ، އެންމެ ފަހުން މި ފަދަ ފޯމެއް ދެމެހެއްޓީ 1995 ވަނަ އަހަރު އެވެ. ފޮރެސްޓުން ދެ ވަނަ ޑިވިޝަނުގައި ވާދަކުރިއިރު، 2016 ވަނަ އަހަރު ވަނީ ބަލިނުވެ، 13 މެޗު ފުރިހަމަ ކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox