ސިޓީން އާސެނަލް ފަހަތުގައި ވިއްދާފައި، ލިވަޕޫލާއި ޗެލްސީ އެއްވަރު

May 9, 2026, 11:45 PM
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު، ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު، ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ.

މެންޗެސްޓާ (މެއި 9) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑް އަތުން 3-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް ފަހަތުގައި ވިއްދިއިރު، ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ. 

އާސެނަލާއި ސިޓީ އަށް ބާކީ ތިން މެޗު އޮތްއިރު، ޕޮއިންޓު ތާވަލުގައި ދެ ޓީމުގެ ފަރަގަކީ ދެ ޕޮއިންޓެވެ. އާސެނަލަށް 35 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި ސިޓީ އޮތީ 35 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ.

ލީގު ތާވަލުގެ ތިން ވަނައިގައި އޮތީ މިރޭ ސަންޑަލެންޑް ދަނޑުގައި 0-0 އިން އެއްވަރުވި، މެންޗެސްޓާ ޔުނައިޓެޑް އެވެ. ޔުނައިޓެޑަށް 36 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. ލިވަޕޫލަށް 36 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް އެސްޓަން ވިލާ އަށް 35 މެޗުން 58 ޕޮއިންޓް ވަނީ ލިބިފަ އެވެ. 

Advertisement

ލިވަޕޫލް ދަނޑުގައި އެ ޓީމުން ހަ ވަނަ މިނިޓްގައި ރަޔާން ގްރަވެންބާކްގެ ގޯލުން ލީޑުނެގިއިރު، އެންޒޯ ފެނާންޑޭޒް ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލުން ފުރަތަަމަ ހާފުގައި ޗެލްސީން އެއްވަރުކުރި އެވެ. ދެ ވަނަ ހާފުގައި، ޗެލްސީގެ ކޯލް ޕާމާ އާއި ލިވަޕޫލްގެ ކާޓިސް ޖޯންސް ޖެހި ލަނޑުތައް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެެއިން: ލިވަޕޫލްގެ ގްރަވެންބާކް ބޯޅަ ފޮނުވާލާއިރު ޗެލްސީގެ އެންޒޯ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެެއިން: ލިވަޕޫލްގެ ގްރަވެންބާކް ބޯޅަ ފޮނުވާލާއިރު ޗެލްސީގެ އެންޒޯ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.

ޗެލްސީން މެޗުން މޮޅުވާން ޕެނަލްޓީއެއް ހޯދަން އެޕީލްކުރި ނަމަވެސް، އެ ޓީމުގެ ޖާއޯ ޕެޑްރޯ އަށް ލިވަޕޫލްގެ ޖެރެމީ ފްރިމްޕޮން ކުރީ ފައުލެއް ނޫން ކަމަށް ވީއޭއާރް އިން ވަނީ ނިންމައިފަ އެވެ. މި މެޗު އެއްވަރުވެގެން ނިމުނުއިރު، މިއީ އެންމެ ފަހުން ލީގުގައި ކުޅުނު ހަތް މެޗުން ޗެލްސީ އަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ. މި މެޗުގެ ކުރިން އެންމެ ފަހުން ލީގުގައި ކުޅުނު ހަ މެޗުން ވެސް ޗެލްސީ ވަނީ ބަލިވެފަ އެވެ. 

މި ސީޒަނުގައި ތިން ވަނަ ކޯޗުގެ ބެލުމުގެ ދަށުން ކުޅޭ ޗެލްސީ އޮތީ 36 މެޗުން 49 ޕޮއިންޓާ އެކު، ލީގުގެ ނުވަ ވަނައިގަ އެވެ. 

ލީގުގައި މިރޭ ފުލަމް އަތުން 1-0 އިން މޮޅުވެ، ބޯންމައުތުން ވަނީ ލީގުގައި ބަލިނުވެ 15 ވަނަ މެޗު ހަމަކޮށްފަ އެވެ. ރެލިގޭޓްވެފައިވާ ވުލްވްސް އަތުން ބްރައިޓަން މޮޅުވީ 3-0 އިންނެވެ.

ލީގު ތާވަލަށް ބަލާއިރު، ހަ ވަނައިގަައި އޮތް ބޯންމައުތަށް 36 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި އޮތް ބްރައިޓަން އަށް ވަނީ 36 މެޗުން 53 ޕޮއިންޓް ލިބިފައެވެ. އަދި، އަށް ވަނައިގައި ބްރެންޓްފޯޑް އޮތީ 36 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox