ވިލާ ބަލިކޮށް ޓޮޓެންހަމަށް ރެލިގޭޝަނުން ސަލާމަތްވާން އުންމީދެއް

May 4, 2026, 7:49 AM
ޓޮޓެންހަމަށް ރޭގެ މެޗުގައި ދެ ވަނަ ލަނޑު ޖަހައިދިން ރިޗާލިސަން ރޭގެ މެޗަށް ފަހު އުފާފާޅުކުރަނީ.

ޓޮޓެންހަމަށް ރޭގެ މެޗުގައި ދެ ވަނަ ލަނޑު ޖަހައިދިން ރިޗާލިސަން ރޭގެ މެޗަށް ފަހު އުފާފާޅުކުރަނީ.

ބާމިންހަމް (މެއި 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަތުން 2-1 އިން މޮޅުވެ، ޓޮޓެންހަމް ހޮޓްސްޕާސް އިން ލީގުގެ ރެލިގޭޝަނުން ސަލާމަތްވުމަށްޓަކައި ކުރާ މަސައްކަތުގައި ބޮޑު ފިޔަވަޅެއް ކުރިއަށް އަޅައިފި އެވެ. 

އިޓަލީގެ ކޯޗު ރޮބާޓޯ ޑި ޒާބީ ހަވާލުވެ، ޓޮޓެންހަމްގެ ހާލަތު ބަދަލުކުރަން ކުރާ މަސައްކަތުގައި މިދިޔަ ހަފްތާގައި ވުލްވްސް އަތުން މޮޅުވެ، ޓޮޓެންހަމަށް މި އަހަރު ލީގުގައި ފުރަތަމަ މޮޅު ހޯދައިދިނެވެ. އަދި، ރޭ ކުޅުނު މެޗުގައި ވިލާ އަތުން އެ ޓީމުގެ ދަނޑުގައި މޮޅުވެ، ޓޮޓެންހަމް އިން ވަނީ ރެލިގޭޝަނާ ޕޮއިންޓެއް ދުރަށް ޖެހިލައިފަ އެވެ. އެ ގޮތުން، ވެސްޓް ހޭމް ޔުނައިޓެޑް މި ހަފްތާގައި ކުޅުނު މެޗުން ބްރެންޓްފޯޑް އަތުން ބަލިވުމުގެ ފައިދާނަގައި، ޓޮޓެންހަމުން ވަނީ ލީގުގެ 17 އަށް ޖެހިލައިފަ އެވެ. 

ލީގުގެ 18 ވަނައިގައި ވެސްޓް ހޭމް އޮތީ 35 މެޗުން 36 ޕޮއިންޓާ އެކު އެވެ. ލީގުގެ 17 އަށް ޖެހިލި ޓޮޓެންހަމް އަށް 35 މެޗުން ވަނީ 37 ޕޮއިންޓް ލިބިފަ އެވެ. 

ވިލާ ޕާކުގައި ރޭ ކުޅުނު މެޗުގައި ޓޮޓެންހަމް އިން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގަ އެވެ. މިއީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ލީގު މެޗެއްގައި ޓޮޓެންހަމް އިން ދެ ގޯލުގެ ލީޑެއް ނެގި ފުރަތަމަ ފަހަރެވެ. އެ ގޮތުން، މެޗު ފަށައިގެން 12 ވަނަ މިނިޓްގައި ޓޮޓެންހަމް އިން ލީޑުނެގީ، އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ކޮނާ ގެލަގާ ޖެހި ގޯލުންނެވެ. އަދި، މެޗުގެ 25 ވަނަ މިނިޓްގައި މަތީސް ޓެލް ނެގި ހުރަހަކުން އޭރިއާތެެެރެއިން ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެން، ރިޗާލިސަން ވަނީ މި ފަހަރު ލީގުގައި އޭނާގެ 10 ވަނަ ގޯލާ އެކު، ޓޮޓެންހަމް އަށް ލީޑުފުޅާކޮށްދީފަ އެވެ. 

މި ހަފްތާގައި ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގު އޮތުމުން، ފުރަތަމަ އެގާރައިގައި އާންމުކޮށް ކުޅޭ ގިނަ ކުޅުންތެރިން ނުލައި ރޭގެ މެޗު ފެށި ވިލާ އިން ދެ ވަނަ ހާފުގައި ބަދަލުތަކެއް ގެނެސް އެޓޭކްތަކެއް ކުރި އެވެ. އެކަމަކު، އެ ޓީމަށް ގޯލެއް ޖެހޭގޮތްވީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. މި ލަނޑު ޖެހީ، ބަދަލަކަށް ކުޅެން އެރި އެމީ ބުއެންޑީއާ އެވެ.  

ރޭގެ މެޗުން ޕޮއިންޓެއް ހޯދައިގެން ވިލާ އަށް ލީގުގެ ހަތަރަކަށް އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ބަލިވުމުން ވިލާ އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. އެއީ، 35 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox