މިލާނުގެ ވިސްނުން ހުރީ ލެއާއޯ އިނގިރޭސި ކްލަބަކަށް ވިއްކާލުމަށް

May 8, 2026, 8:37 AM
މިލާނަށް ކުޅެމުން އަންނަ ޕޯޗުގީސް ފޯވާޑް. ލެއާއޯ އަންނަ ސީޒަނުގައި އެެހެން ކްލަބުން ފެނުމުގެ ފުރުސަތު ބޮޑު.

މިލާނަށް ކުޅެމުން އަންނަ ޕޯޗުގީސް ފޯވާޑް. ލެއާއޯ އަންނަ ސީޒަނުގައި އެެހެން ކްލަބުން ފެނުމުގެ ފުރުސަތު ބޮޑު.

މިލާން (މެއި 8) - އިޓަލީގެ އޭސީ މިލާންގެ ވިސްނުން އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގީސް ފޯވާޑް، ރަފައެލް ލެއާއޯ، މި ސީޒަން ނިމުމުން އިނގިރޭސި ޕްރިމިއާ ލީގުގެ. ކްލަބަކަށް ވިއްކާލުމަށް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

އުުމުރުން 26 އަހަރުގެ ލެއާއޯ ވިއްކާލަން މިލާނުގެ މެނޭޖްމަންޓުން ނިންމާފައިވަނީ، ރިޕޯޓްތައް ބުނާގޮތުން، މިލާނުގެ ޓްރެއިނިންއެއްގެ ތެރެއިން އެ ޓީމުގެ ކޯޗު މެކްސިމިލިއާނޯ އަލެގްރީ އާއި ލެއާއޯއާ ދެމެދުގައި ޖެހުނު މައްސަަލަ އަކަށް ފަހު އެވެ. 

މި ސީޒަނުގައި މިލާނަށް ކުޅެދިން 28 މެޗުން 10 ގޯލު ޖަަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްފިން ލެއާއޯ އަކީ މި އަހަރަށް ބެލިޔަސް މިލާނުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. އެކަމަކު، އަހުލާގީ މައްސަލަތަކާއި ކްލަބްގެ މާލީ ހާލަތުގެ ބައެއް ކަންކަމަށް ބެލުމަށް ފަހު، މިލާންގެ ސީނިއާ މެނޭޖްމަންޓުން ނިންމީ މިއީ، ލެއާއޯ ވިއްކާލުމަށް ކްލަބަށް އެންމެ ރަނގަޅު ވަގުތު ކަމަށެވެ. 

އެ ގޮތުން، ލެއާއޯއާ އެކު، މިލާނުގެ މެނޭޖްމަންޓުން ބޭއްވި ބައްދަލުވުމަކަށް ފަހު، އެ ޓީމުން ނިންމާފައިވާ ގޮތް ވަނީ ހިއްސާކޮށްފަ އެވެ. އެއާ އެކު، ލެއާއޯގެ އޭޖެންޓް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކާ ވާހަކަ ދައްކަން ފަށައިފަ އެވެ. އެ ކްލަބްތަކަކީ، އާސެނަލް، ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑް ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

މިލާނުން ލެއާއޯ ވިއްކާލަން ކިޔާ އަގު އުޅޭނީ ރިޕޯޓްތައް ބުނާގޮތުން، 50-70 މިލިއަން ޑޮލަރުގަ އެވެ. 

ސްޕޯޓިން ލިޒްބަން އާއި ލިލް އަށް ކުޅުނު ލެއާއޯ، މިލާނަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. މިލާނުން ލެއާއޯގެ ސޮއިހޯދަން ޖުމްލަ އެކު، ލިލް އަށް 45 މިލިއަން ޑޮލަރުގެ ފީއެއް ދެއްކި އެވެ. މިލާނާ އެކު، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓް އޮތް ލެއާއޯ ވަނީ އެ ޓީމަށް ކުޅެދިން، 289 މެޗުން 80 ގޯލު ޖަހައި، 65 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox