އެމްބާޕޭ ރެއާލުން ބޭރުކުރަން އޮންލައިން ޕެޓިޝަނެއްގައި މިލިއަނަކަށް ވުރެ ގިނަ ސޮއި

May 5, 2026, 10:52 PM
ރެއާލްގެ ތަރި ކީލިއަން އެމްބާޕޭ: ރެއާލްގެ ގިނަ ސަޕޯޓަރުންތަކެއްގެ ނުރުހުން އޭނާ އަށް ދަނީ އަމާޒުވަމުން.

ރެއާލްގެ ތަރި ކީލިއަން އެމްބާޕޭ: ރެއާލްގެ ގިނަ ސަޕޯޓަރުންތަކެއްގެ ނުރުހުން އޭނާ އަށް ދަނީ އަމާޒުވަމުން.

މެޑްރިޑް (މެއިި 5) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި، ކީިލިއަން އެމްބާޕޭ، އެ ކްލަބުން ބޭރުކުރަން ގޮވާލައި، ރެއާލްގެ ސަޕޯޓަރުންގެ ބަޔަކު ތައްޔާރުކުރި އޮންލައިން ޕެޓިޝަނެއްގައި އެއް މިލިއަނަށް ވުރެން ގިނަ ސޮއި ހަމަވެއްޖެ އެވެ. 

ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ރެއާލުން ތަށްޓެއް ނުލިބި ސީޒަން ނިންމާލުމާ ގާތުގައި އޮތްއިރު، ދާދި ފަހުން އެމްބާޕޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން، އޭނާ މި ވަގުތު ހުރީ ކުޅުމާ ދުުރުގަ އެވެ. އެކަމަކު، އަނިޔާގެ ރިކަވަރީ މުއްދަތުގެ ތެރޭގައި، ލޯބިވެރިޔާއާ އެކު، އެމްބާޕޭ، އިޓަލީ އާއި ފްރާންސްގައި ޗުއްޓީ ހޭދަކުރި ފޮޓޯ އާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާ އާއި މެއިންސްޓްރީމް މީޑިއާތަކުގައި ދައުރުވާން ފެށުމާ އެކު، ރެއާލް ސަޕޯޓަރުންގެ ކެތްތެރިކަން ކޮޅުންލީ އެވެ. 

އަނެއްކޮޅުން، ސްޕެއިނުގެ އެކި މީޑިއާތަކުގައި، ރިޕޯޓްކޮށްފައިވާ ގޮތުގައި، ރެއާލްގެ މެނޭޖްމަންޓުން އެމްބާޕޭ އަށް ވަކި މިނިވަންކަމެއް ދޭ ގޮތަށް ކަންކަން ކުރާތީވެ، އެކަމާ މެދު ޓީމުތެރޭގައި ވެސް މައްސަލަތަކެއް ވެސް ވަނީ ޖެހިފަ އެވެ. 

މި ހުރިހާ ކަމަކަށް ބަލައި، ރެއާލްގެ ސަޕޯޓަރުން ފެށި ޕެޓިޝަނުގައި މި ވަގުތަށް ބަލާއިރު، 1.2 މިލިއަން އަށް ވުރެން ގިނަ ސޮއި ވަނީ ލިބިފަ އެވެ. 

މި ސީޒަނުގައި މިހާތަނަށް އެމްބާޕޭ ވަނީ ރެއާލަށް ކުޅެދިން 41 މެޗުން 41 ގޯލު ޖަހައި، ހަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

އެކަމަކު، މި ސީޒަނުގައި މިހާތަނަށް އެމްބާޕޭ އަށް ފަސް ފަހަރު އަނިޔާގެ މައްސަލަ ދިމާވެ، 53 ދުވަހު ކުޅުމާ ދުރުގަައި ހުންނަން ޖެހިފައިވާއިރު، އެ މުއްދަތުގައި 10 މެޗެއް ގެއްލިފައިވެ އެވެ. 

އެމްބާޕޭގެ ފަރާތުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކާއި އެހެނިހެން މައުލޫމާތުތަކަކީ ކަމުގެ އަސްލާ މުޅިން ހިލާފު ކަންކަން ކަމަށެވެ.

އެ ގޮތުން، އޭއެފްޕީ މެދުވެރިކޮށް ނެރުނު ނޫސްބަޔާނެއްގައި އެމްބާޕޭ ބުނެފައިވަނީ، އަނިޔާގައި ހުރެ އޭނާ ކަންކަން ކުރަމުން އަންނަނީ، ކްލަބާއި ގައުމީ ޓީމުގެ ފަރާތުން ލިބޭ އެއްބާރުލުމާ އެއްގޮތަށް ކަމަށެވެ.  އަދި، ޕްރޮފެޝަނަލްކޮށް ހުރިހާ ކަމެއް ގެންދިއުމަށްޓަކައި، ކްލަބުން ހުރިހާ ކަމެއް ގަވާއިދުން ބަލަހައްޓަމުން އަންނަ ކަމަށް ވެސް އެމްބާޕޭ ބުނެފައިވެ އެވެ. 

ރިޕޯޓްތައް ބުނާގޮތުން، އާދިއްތަ ދުވަހު، ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލް ކްލަސިކޯ މެޗަށް އެމްބާޕޭ ފިޓްވުމުގެ ފުރުސަތު އެބައޮތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox