ޗުއަމެނީގެ ހަމަލާ އަކަށް ފަހު ވަލްވޭޑޭ އަށް ހޮސްޕިޓަލްގައި ފަރުވާދީފި

May 8, 2026, 1:15 AM
ރެއާލުގެ ޕްރެކްޓިހެއްގެ ތެރެއިން ވަލްވޭޑޭ (ކ) އާއި ޗުއަމެނީ (ވ): ދެ ކުޅުންތެރިންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ވަނީ ހިނގައިފައި.

ރެއާލުގެ ޕްރެކްޓިހެއްގެ ތެރެއިން ވަލްވޭޑޭ (ކ) އާއި ޗުއަމެނީ (ވ): ދެ ކުޅުންތެރިންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ވަނީ ހިނގައިފައި.

މެޑްރިޑް (މެއި 8) - ރެއާލް މެޑްރިޑްގެ ދެ ކުޅުންތެރިން ކަމަށްވާ ފްރާންސްގެ އައުރެލިއަން ޗުއަމެނީ އާއި ފެޑެރީކޯ ވަލްވޭޑޭގެ މެދުގައި މާރާމާރީގެ ކަންތައްތަކެއް ހިނގައި، ވަލްވޭޑޭ އަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހިއްޖެ އެވެ.

ވަލްވޭޑޭ އާއި ޗުއަމެނީގެ މެދުގައި ޖެހިޖެހިގެން ދެ ދުވަހު ވަނީ ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ. އެ ގޮތުން، ބުދަ ދުވަހުގެ ޓްރެއިނިންގެ ތެރެއިން ވަލްވޭޑޭ އާއި ޗުއަމެނީ މެދުގައި ޒުވާބުތަކެއް ހިނގައި، ދެ ކުޅުންތެރިން މެދުގައި ކޮންމެ ވެސް މިންވަރެއްގެ ހަމަނުޖެހުންތަކެއް ހިނގި އެވެ.

އޭގެ ފަހުން، އިއްޔެގެ ޓްރެެއިނިން ތެރޭގައި ވެސް ދެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައި، އެ މައްސަލަ އިތުރަށް ގޯސްވީ، ޗޭންޖިން ރޫމަށް ދިޔަ ފަހުންނެވެ. ޗުއަމެނީ އާއި ވަލްވޭޑޭގެ މި މާރާމާރީގެ ތެރެއިން، ވަލްވޭޑޭ ހޭނެތުމާ އެކު، ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި އެވެ. 

މި މައްސަލަތަކާ އެކު، ރެއާލުން ވަނީ ކްލަބްގެ ރައީސް، ފްލޮރެންޓީނޯ ޕެރޭޒް އާއި ޓީމުގެ ކޯޗު އަލްވާރޯ އާބެލޯއާ އަދި ކެޕްޓަން، ޑެނީ ކާވަހާލް ހިމެނޭ ގޮތަށް އިމަޖެންސީ ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި، މި ބައްދަލުވުމަށް ފަހު، ރެއާލުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ވަލްވޭޑޭ އާއި ޗުއަމެނީއާ މެދު ފިޔަވަޅު އެޅުމަށްޓަކައި، ކްލަބުން ހިނގައިދިޔަ ކަންކަން ތަހުގީގުކޮށް، ޑިސިޕްލިނަރީ ކޮމިޓީގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

ރެއާލުން ސްޕެނިޝް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލްކްލަސިކޯ މެޗު އަންނަ އާދިއްތަ ދުވަހު އޮތްއިރު، ރެއާލް ތެރޭގައި ގިނަ މައްސަލަތަކެއް ވަނީ ޖެހިފަ އެވެ. މާރާމާރީގެ މައްސަލަ އަށް ފަހު، ވަލްވޭޑޭ ބޮލަށް ލިބުނު އަނިޔާއާ ހެދި އޭނާ އަށް އެލް ކްލަސިކޯ މެޗު ގެއްލޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

އެ ގޮތުން، ރެއާލްގެ ކޯޗު އާބެލޯއާ އާއި އެ ކްލަބްގެ ހަ ކުޅުންތެރިއަކު ވާހަކަ ނުދައްކާ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެެވެ. 

އަނެއްކޮޅުން، ރެއާލަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި، ކީިލިއަން އެމްބާޕޭ، އެ ކްލަބުން ބޭރުކުރަން ގޮވާލައި، ރެއާލްގެ ސަޕޯޓަރުންގެ ބަޔަކު ތައްޔާރުކުރި އޮންލައިން ޕެޓިޝަނެއްގައި، މިހާތަނަށް 15 މިލިއަނަށް ވުރެން ގިނަ ސޮއި ވަނީ ހަމަވެފަ އެވެ. 

ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ރެއާލުން ތަށްޓެއް ނުލިބި ސީޒަން ނިންމާލުމާ ގާތުގައި އޮތްއިރު، ދާދި ފަހުން އެމްބާޕޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން، އޭނާ މި ވަގުތު ހުރީ ކުޅުމާ ދުުރުގަ އެވެ. އެކަމަކު، އަނިޔާގެ ރިކަވަރީ މުއްދަތުގެ ތެރޭގައި، ލޯބިވެރިޔާއާ އެކު، އެމްބާޕޭ، އިޓަލީ އާއި ފްރާންސްގައި ޗުއްޓީ ހޭދަކުރި ފޮޓޯ އާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާ އާއި މެއިންސްޓްރީމް މީޑިއާތަކުގައި ދައުރުވާން ފެށުމާ އެކު، ރެއާލް ސަޕޯޓަރުންގެ ކެތްތެރިކަން ކޮޅުންލީ އެވެ. 

އަނެއްކޮޅުން، ސްޕެއިނުގެ އެކި މީޑިއާތަކުގައި، ރިޕޯޓްކޮށްފައިވާ ގޮތުގައި، ރެއާލްގެ މެނޭޖްމަންޓުން އެމްބާޕޭ އަށް ވަކި މިނިވަންކަމެއް ދޭ ގޮތަށް ކަންކަން ކުރާތީވެ، އެކަމާ މެދު ޓީމުތެރޭގައި ވެސް މައްސަލަތަކެއް ވެސް ވަނީ ޖެހިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox