މާރާމާރީ މައްސަލައިގައި ޗުއަމެނީ އާއި ވަލްވޭޑޭ 1 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

May 8, 2026, 10:39 PM
ރެއާލްގެ މެޗެއްގެ ތެރެއިން ޗުއަމެނީ (ކ) އާއި ވަލްވޭޑޭ.

ރެއާލްގެ މެޗެއްގެ ތެރެއިން ޗުއަމެނީ (ކ) އާއި ވަލްވޭޑޭ.

މެޑްރިޑް (މެއި 8) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވޭޑޭ އާއި ފްރާންސްގެ މިޑްފީލްޑަރު، އައުރެލިއަން ޗުއަމެނީގެ މާރާމާރީ މައްސަލަ ބަލައި، ރެއާލްގެ ޑިސިޕްލިނަރީ ކޮމިޓީން ދެ ކުޅުންތެރިން އެއް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ނިންމައިފި އެވެ. 

ވަލްވޭޑޭ، 27،  އާއި ޗުއަމެނީ، 26، ގެ މެދުގައި ޖެހިޖެހިގެން ދެ ދުވަހު ވަނީ ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ. އެ ގޮތުން، ބުދަ ދުވަހުގެ ޓްރެއިނިންގެ ތެރެއިން ވަލްވޭޑޭ އާއި ޗުއަމެނީ މެދުގައި ޒުވާބުތަކެއް ހިނގައި، ދެ ކުޅުންތެރިން މެދުގައި ކޮންމެ ވެސް މިންވަރެއްގެ ހަމަނުޖެހުންތަކެއް ހިނގި އެވެ.

އޭގެ ފަހުން، އިއްޔެގެ ޓްރެެއިނިން ތެރޭގައި ވެސް ދެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައި، އެ މައްސަލަ އިތުރަށް ގޯސްވީ، ޗޭންޖިން ރޫމަށް ދިޔަ ފަހުންނެވެ. ޗުއަމެނީ އާއި ވަލްވޭޑޭގެ މި މާރާމާރީގެ ތެރެއިން، ވަލްވޭޑޭ ހޭނެތުމާ އެކު، ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެެވެ.

ޗުއަމެނީގެ ހަމަލާ އަކަށް ފަހު ވަލްވޭޑޭ އަށް ހޮސްޕިޓަލްގައި ފަރުވާދީފި

ރެއާލް މެޑްރިޑްގެ ދެ ކުޅުންތެރިން ކަމަށްވާ ފްރާންސްގެ އައުރެލިއަން ޗުއަމެނީ އާއި ފެޑެރީކޯ ވަލްވޭޑޭގެ މެދުގައި މާރާމާރީގެ ކަންތައްތަކެއް ހިނގައި، ވަލްވޭޑޭ އަށް ހޮސްޕިޓަލްގައި ފަރުވާދޭން ވަނީ ޖެހިފައި. ވަލްވޭޑޭ އާއި ޗުއަމެނީގެ މެދުގައި ޖެހިޖެހިގެން ދެ ދުވަހު ވަނީ ހަމަނުޖެހުންތަކެއް ހިނގައިފައި.

މި މައްސަލަތަކާ އެކު، ރެއާލުން ވަނީ ކްލަބްގެ ރައީސް، ފްލޮރެންޓީނޯ ޕެރޭޒް އާއި ޓީމުގެ ކޯޗު އަލްވާރޯ އާބެލޯއާ އަދި ކެޕްޓަން، ޑެނީ ކާވަހާލް ހިމެނޭ ގޮތަށް އިމަޖެންސީ ބައްދަލުވުމެއް ބާއްވައިފަ އެވެ.

މި ބައްދަލުވުމަށް ފަހު، ރެއާލުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ވަލްވޭޑޭ އާއި ޗުއަމެނީއާ މެދު ފިޔަވަޅު އެޅުމަށްޓަކައި، ކްލަބުން ހިނގައިދިޔަ ކަންކަން ތަހުގީގުކޮށް، ޑިސިޕްލިނަރީ ކޮމިޓީގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި، ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ ދެ ކުޅުންތެރިން ޖޫރިމަނާކުރުމަށެވެ. 

އެ ގޮތުން، ދެ ކުޅުންތެރިން ވެސް ހިނގައިދިޔަ ކަންތައްތަކާ މެދު ދެރަވެ، މާފަށް އެދުމާ އެކު، ސަސްޕެންޝަނެއް ނުދީ ރެއާލުން ނިންމީ ކޮންމެ ކުޅުންތެރިއަކު، ފަސް ލައްކަ ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. 

ޗުއަމެނީ އާއި ވަލްވޭޑޭ ވެސް ވަނީ ހިނގި ކަންތައްތަކާ ބެހޭގޮތުން، ސޯޝަލް މީޑިއާގައި ބަޔާނެއް ނެރެފައި، އެއީ އެހާ ބޮޑު ކަމެއްގެ ގޮތުގައި ނުދެކި، މާފަށް އެދިގެން ކުރިއަށްދާން ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ. އަދި، ހިނގައިދިޔަ ކަންތައްތަކުގެ ހަގީގަތް އޮޅޭ ގޮތަށް އަމިއްލަ އަށް ވާހަކަތަކެއް އުފައްދައިގެން ނުދެއްކުމަށް ދެ ކުޅުންތެރިން ވެސް ވަނީ ސަޕޯޓަރުން ކިބައިން އިލްތިމާސްކޮށްފަ އެވެ. 

ސްޕެނިޝް ލީގުގައި ރެއާލުން އެންމެ އަވަހަށް ކުޅޭ މެޗު އޮތީ އަންނަ އާދިއްތަ ދުވަހު ބާސެލޯނާއާ ދެކޮޅަށެވެ. އެ މެޗުން ބާސެލޯނާ ބަލިނުވެއްޖެނަމަ، ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ބާސެލޯނާއާ ދެކލ

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox