އެތުލެޓިކޯ ބަލިކޮށް އާސެނަލް 20 އަހަރަށް ފަހު ޗެމްޕިއަންސް ލީގު ފައިނަލަށް

May 6, 2026, 1:54 AM
އެތުލެޓިކޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ސަކާ އުފާފާޅުކުރަނީ.

އެތުލެޓިކޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ސަކާ އުފާފާޅުކުރަނީ.

ލަންޑަން (މެއި 6) - އެތުލެޓިކޯ މެޑްރިޑް ބަލިކޮށް އާސެނަލުން 20 އަހަރަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ. 

އާސެނަލުން މިރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަަނަ ލެގުން 1-0 އިން މޮޅުވެ، 2-`1 އިން އެގްރިގޭޓުން ވަނީ ކުރިހޯދައިފަ އެވެ. މިދިޔަ ހަފްތާގައި އެތުލެޓިކޯ ދަނޑުގައި މި ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މިރޭގެ ދެ ވަނަ ލެގުން މޮޅުވެ، އާސެނަލުން މި ވަނީ 2006 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ. 

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން އާސެނަލުން އެޓޭކްކުރަމުންދިޔައިރު، އެ ޓީމުން މެޗުގައި ޖެހި ހަމައެކަނި ގޯލު ފެނިގެން ގޮސްފައިވަނީ، 45 ވަނަ މިނިޓްގަ އެވެ. މިއީ، އާސެނަލްގެ ލެއަންޑްރޯ ޓްރޮސާޑް، އޭރިއާތެރެއިން ފޮނުވާލި ބޯޅަ، އެތުލެޓިކޯގެ ކީޕަރު، ޔެން އޮބްލަކް އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުުތު ބުކާޔޯ ސަކާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

އާސެނަލުން ފުރަތަމަ ހާފުގައި ލީޑުގައި އޮވެގެން ނިންމާލިއިރު، ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން މާ ލަސްތަކެއް ނުވެ، އެތުލެޓިކޯ އަށް އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، އާސެނަލްގެ ޑިފެންޑަރުން ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައި، އެތުލެޓިކޯގެ ޖޫލިއާނޯ ސިމިއޯނީ، ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިން، އާސެނަލްގެ ޑިފެންޑަރު، ގަބްރިއެލް މަގާޅައެސް ވަނީ ސަލާމަތްކޮށްފަ އެވެ.

ލީޑުފުޅާކުރަން ދެ ވަަނަ ހާފުގައި ރަނުގެ ފުރުސަތެއް އާސެނަލަށް ލިބުނެވެ. ބަދަލަކަށް ކުޅެން އެރި އާސެނަލްގެ ޕިއޭރޯ ހިންކަޕިއޭ ނަގައިދިން ހުރަހަކަށް ހުސްކޮށް އަރައި، އާސެނަލްގެ ފޯވާޑް ވިކްޓަ ޔޯކެރޭޝް ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. 

މެޗުގެ 84 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި އެތުލެޓިކޯގެ ފޯވާޑް، އަލެކްސަންޑަ ސޯލޯތަށް ލިބުނު ފުރުސަތުގައި އޭނާ އަށް ބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. 

އާސެނަލުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު މި ކުރީ އެ ކްލަބްގެ ތާރީހުގައި ދެ ވަނަ ފަހަރަށެވެ. މީގެ ކުރިން، ފައިނަލުގައި ކުޅުނު ފަހަރު، 2006 ވަަނަ އަހަރު ވަނީ ބާސެލޯނާ އަތުން ބަލިވެފަ އެެވެ. މި މަހު 30 ވަނަ ދުވަހު ހަންގޭރީގެ ބުޑަޕެސްޓުގެ ޕުސްކަސް އެރީނާގައި ކުޅޭ ފައިނަލުގައި އާސެނަލާ ދެކޮޅަށް ކުޅޭނީ ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީ ނޫނީ ޖަރުމަނުގެ ޗެމްޕިއަން، ބަޔާން މިއުނިކް އެެވެ. ފުރަތަަމަ ލެގުގައި ޕީއެސްޖީ ވަނީ އަމިއްލަ ދަނޑުގައި 5-4 އިން ބަޔާން ބަލިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox