އާސެނަލަށް އާދަޔާހިލާފު ކަމެއް ހާސިލްކުރެވިދާނެ: އާޓެޓާ

May 5, 2026, 11:41 AM
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ: އޭނާ ވަނީ އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗަށް އާސެނަލް ވަރަށް ރަނގަޅަށް ތައްޔާރު ކަމަށް ބުނެފައި.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ: އޭނާ ވަނީ އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗަށް އާސެނަލް ވަރަށް ރަނގަޅަށް ތައްޔާރު ކަމަށް ބުނެފައި.

ލަންޑަން (މެއި 5) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އާދަޔާހިލާފު ކަމެއް އާސެނަލަށް ހާސިލްކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ. 

މިިދިޔަ ހަފްތާގައި އެތުލެޓިކޯ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެންކަމުން، މިރޭ އާސެނަލް ދަނޑުގައި ކުޅޭ ދެ ވަަނަ ލެގުގެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގަ ލިބޭނެ އެވެ. 

މިއީ، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އާސެނަލުން ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. އާސެނަލުން މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ކުޅުނީ 2009 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެެވެ. ސޯޅަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އޭގެ ކުރިން، އާސެނަލުން 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ދަތުރުކޮށް، ފައިނަލުގައި ބާސެލޯނާ އަތުން ބަލިވީ އެވެ. އަނެއްކޮޅުން، މި ފަހަރަކީ، އާސެނަލްގެ ތާރީހުގައި ވެސް އެ ޓީމުން ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ޖެހިޖެހިގެން ދެ އަހަރުގައި ކުޅޭ ފުރަތަމަ ފަަހަރެވެ.

މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޓެޓާ ބުނީ، ޓީމުން އޮތީ ސެމީ ފައިނަލް ދެ ވަނަ ލެގަށް ވަރަށް ފުރިހަަމަ އަށް ތައްޔާރުވެފައި ކަމަށެވެ. އަދި، އާސެނަލްގައި މިހާރު އޮތް ޓީމުން އެކުގައި ގިނަ މަސައްކަތްތަކެއް ކޮށްފި ކަމަށާއި މި ވަރުގެ ބޮޑު މެޗަކަށް ނުކުންނައިރު، ޓީމު ފެންނަނީ. ވަރަށް އެއްބަައިވަންތަކޮށް ކަަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. 

"މި ކަހަލަ ރެޔަކަށް އިންތިޒާރުކުރާތާ އެތައް ޒަމާނެއް ވެއްޖެ، އުންމީދަކީ އާދަޔާހިލާފު ކަމެއް ހާސިލްކުރުން،" އާޓެޓާ ބުންޏެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އަތުން އާސެނަލް 3-0 އިން މޮޅުވި، މެޗުގައި އަނިޔާގެ ސަބަބުން ކައި ހަވާޓްޒް އާއި މާޓިން އޮޑެގާޑް ކުޅެފައިނުވެ އެވެ. އެކަމަކު، އާޓެޓާ ބުނީ، އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗަށް އެ ދެ ކުޅުންތެރިން ވެސް ފިޓް ކަމަށެެވެ. 

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި އާސެނަލް ދަނޑުގައި އެ ޓީމު އަތުން އެތުލެޓިކޯ ވަނީ 4-0 އިން ބަލިވެފަ އެވެ. އެތުލެޓިކޯގެ ކޯޗު، ޑިއޭގޯ ސިމިއޯނީ ބުނީ، ކުރިން ކުޅުނު މެޗު ކުޅުނު ހާލަތާއި މިހާރު އެ ޓީމު ކުޅެމުން އަންނަ ލެވަލް ތަފާތު ކަމަށެވެ. 

"އޮކްޓޫބަރު މަހަށް ވުރެން މިހާރު އަހަރެމެން މި ތިބީ މާ ރަނގަޅަށް. މި ފަަހަރު ތިބޭ ހޮޓާ ވެސް ތަންކޮޅެއް އަގުހެޔޮ، އެއީ ވެސް ރަނގަޅު ބަދަލެއް،" ސަމާސާ ގޮތަކަށް ސިމިއޯނީ ބުންޏެވެ. 

ފުރަތަަމަ ލެގުގައި އަނިޔާވެގެން ބަދަލުކުރި، އެތުލެޓިކޯގެ އާޖެންޓީނާގެ ފޯވާޑް، ޖޫލިއަން އަލްވަރޭޒަށް މިރޭ އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވޭނެ ކަމަށް ސިިމިއޯނީ ވަނީ ބުނެފަ އެވެ. އަދި، މި ސީޒަނުގައި 48 މެޗުން 20 ލަނޑު ޖަހައި، ނުވަ ލަނޑު ޖަހަން، ފުރުސަތު ތަނަވަސްކޮށްދިން އަލްވަރޭޒަކީ އިނގިރޭސި ފުޓްބޯޅަ ދަންނަ ކުޅުންތެރިއަކަށް ވުމުން އޭގެ ފައިދާނެގޭނެ ކަމަށް އާޓެޓާ ގަބޫލުކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox