ފަތުރުވެރިކަމުގެ ދާއިރާއިން އެދެނީ ސަރުކާރުން އެހީތެރިވާން
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާތީ، ވިޔަފާރިތަކާއި ވަޒީފާތައް ހިމާޔަތްކުރުމަށް ސަރުކާރުގެ އެހީތެރިކަމަށް މަޓާޓޯ އާއި ގެސްޓްހައުސް ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. މި ދަތި ދަނޑިވަޅުން އަރައިގަތުމަށްޓަކައި ސަރުކާރާއި މާލީ އިދާރާތަކުން ހަލުވި ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް އެ ޖަމިއްޔާތަކުން ފާހަގަކުރެއެވެ.