ކަޕް ފައިނަލުގެ ކުރިން ލާޒިއޯ އަތުން އިންޓަ އަށް ފަސޭހަ މޮޅެއް

May 10, 2026, 9:16 AM
ލަނޑު ޖެހުމަށް ފަހު މާޓީނޭޒް އުފާފާޅުކުރަނީ

ލަނޑު ޖެހުމަށް ފަހު މާޓީނޭޒް އުފާފާޅުކުރަނީ

ރޯމް (މެއި 10) - އިޓާލިއަން ލީގުގެ ޗެމްޕިއަން، އިންޓަ މިލާނުން ލީގުގައި ރޭ ކުޅުނު މެޗުގައި، ލާޒިއޯ އަތުން ވަނީ 3-0 އިން މޮޅުވެއްޖެ އެވެ.

މިއީ، މިދިޔަ ހަފްތާގައި ޕާމާ އަތުން މޮޅުވެ، އިންޓަ އިން ލީގުގެ ޗެމްޕިއަންކަން، 21 ވަނަ ފަހަރަށް ޔަގީންކުރި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ލާޒިއޯ އަތުން ރޭ އިންޓަ އިން މޮޅުވިއިރު، މީގެ ހަަތަރު ދުވަސް ފަހުން އިޓާލިއަން ކަޕް ފައިނަލުގައި މި ދެ ޓީމު ބައްދަލުކުރާނެ އެވެ. މިއީ، އެ މެޗުގެ ކުރިން ކޮންފިޑެންސް ހޯދަން ބަލާއިރު، އިންޓަ އަށް މުހިންމު ނަތީޖާ އެކެވެ. 

ލާޒިއޯގެ ސަޕޯޓަރުން އެ ޓީމުގެ މެނޭޖްމަންޓާ މެދު ހިތްހަމަނުޖެހިގެން ހޯމް މެޗުތައް ބޮއިކޮޓް ކުރަމުންދާއިރު، ރޭގެ މެޗުގައި ވެސް ގިނަ ހުސް ސީޓުތަކެއް ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ހުއްޓެވެ. 

Advertisement

އިންޓަ އިން ރޭގެ މެޗު ފަށައިގެން ހަ މިނިޓް ތެރޭ ލީޑުނެގި އެވެ. މި ލަނޑު ޖަހައިދިނީ ޓީމުގެ ކެޕްޓަން، ލައުޓާރޯ މާޓީނޭޒް އެވެ. މިއީ، އޭރިއާތެރެއަށް އެއްލި ދިގު އެއްލުމެއްގައި މާކަސް ތުރާމް ބޮލުން ޖައްސާލި ބޯޅައެއް ގޯލުގެ ތިރީ ކަަނަށް ފޮނުވާލައިގެން މާޓީނޭޒް ޖެހި ގޯލެކެވެ. އޭގެ ތިން މިނިޓް ފަހުން، އޭރިއާތެެރެއިން ތުރާމް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޓަ އިން ލީޑުފުޅާކުރި އެެވެ. މެޗުގެ 38 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ޕީޓާ ސުޗިޗް އެވެ. މާޓީނޭޒް ދިން ބޯޅައެއް، ސުޗިޗް ވަނީ އޭރިއާބޭރުން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. ދެ ގޯލުގެ ލީޑެއް ލިބިފައި އޮތުމުން، އިންޓަ އިން ފުރަތަމަ ހާފު ނިންމާލީ ހަމަޖެހިލައިގެން އޮވެ އެވެ. 

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަތަރު ވަނަ މިނިޓްގައި އިންޓަގެ ޔަން ބިސެކް އަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ލާޒިއޯ ކީޕަރު، އެޑޮއާޑޯ މޮޓާ ވަނީ މަތަކޮށްފަ އެވެ. 

ލާޒިއޯ އިން މެޗުގެ ފަހު ބައިގަނޑިއިރު ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ 59 ވަނަ މިނިޓްގައި ލާޒިއޯގެ ޑިފެންޑަރު، އަލެސިއޯ ރޮމަނިއޯލީ އަށް ރަތެއް ދެއްކުމުންނެވެ. އޭނާ އަށް ރަތެއް ދެއްކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދައިފަ އެވެ. މިއީ، އިންޓަގެ އަންގެ ބޮނީ އަށް ރޮމަނިއޯލީ ކުރި ނުރައްކާތެރި ފައުލަކަށް ދެއްކި ރަތެކެވެ. 

ކުޅުންތެރިއަކު މަދުކޮށް ކުޅެ، ލާޒިއޯ އިން ގޯލެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން، ލާޒިއޯގެ ގުސްޓާވް އައިސަކްސަން ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން އިންޓަގެ ފުލްބެކް، ކާލޯސް އަގުސްޓޯ ވަނީ ސަލާމަތްކޮށްފަ އެެވެ. 

މެޗުގައި އިންޓަ އިން ފަހު ލަނޑު ޖެހީ 76 ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާތެރެއިން ބޮނީ ދިން ބޯޅައަކުން ހެންރިކް މިކިތާރްޔަން ޖެހި ގޯލެކެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. 

އިޓާލިއަން ލީގުގައި ރޭ ލެޗޭ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 1-0 އިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަަމަ މިނިޓްގައި ކާމިޔާބުކުރީ ޑޫސާން ވްލަހޯވިޗް އެވެ. މި މެޗުގައި ފަހުން، ވްލަހޯވިޗާއި ޕިއޭރޭ ކަލޫލޫ ޖެހި ގޯލުތައް ވީއޭއާރް އިން ނިންމީ ބަލައިނުގަންނާށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox