އިންޓަ އަށް މޮޅު ނުވެވުނަސް މިލާނަށް ފައިދާނުނެގުނު

Apr 27, 2026, 8:50 AM
އިންޓަގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

އިންޓަގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

މިލާން (އޭޕްރީލް 27) - އިޓާލިއަން ލީގުގައި ރޭ ފަހު ވަގުތު ޓޮރިނޯ އިން ލަނޑުތައް ޖަހައި، 2-2 އިން އިންޓަ މިލާނާ އެއްވަރުވުމުން، އެ މެޗުން އިންޓަ އަށް މޮޅުވެވުމުގެ ފައިދާނަގަން ނުކުތް، އޭސީ މިލާނުން ލަނޑެއް ނުޖެހި 0-0 އިން ޔުވެންޓަސްއާ އެއްވަރުވެއްޖެ އެވެ. 

ރޭގެ ނަތީޖާތަކަށް ފަހު، އިންޓަ އެއް ވަނައިގައި އޮތީ 10 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ، 34 މެޗުން 79 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މި ހަފްތާގައި ކްރެމޮނީސޭ އަތުން 4-0 އިން މޮޅުވެ، 34 މެޗުން 69 ޕޮއިންޓް ހަމަކުރި އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ އެވެ. ތިން ވަނައިގައި އޮތް މިލާނަށް 34 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޔުވެންޓަސް އަށް ވަނީ 34 މެޗުން 64 ޕޮއިންޓް ލިބިފަ އެވެ. އަދި، ފަސް ވަނައިގައި އޮތް ކޯމޯ އާއި ހަ ވަނައިގައި އޮތް ރޯމާ އަށް 34 މެޗުން ވަނީ 61 ޕޮއިންޓް ލިބިފަ އެވެ. 

ޓިއުރިންގައި ރޭ ކުޅުނު އިންޓަ އިން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. މިއީ، 23 ވަނަ މިނިޓްގައި ފެޑެރީކޯ ޑި މާކޯ ދިން ބޯޅައަކުން މާކަސް ތުރާމް ޖެހި ގޯލެކެވެ. އަދި، މެޗުގެ 61 ވަނަ މިނިޓްގައި ޑި މާކޯ ދިން ބޯޅައަކުން ޔެން ބިސެކް ވަނީ އިންޓަގެ ލީޑުފުޅާކޮށްދީފަ އެވެ. މި މެޗުގައި ތަނަވަސްކޮށްދިން ދެ ފުރުސަތާ އެކު، ޑި މާކޯ ވަނީ މި ސީޒަނުގައި ޖުމްލަ އެކު، ލަނޑު ޖަހަން ލީގުގައި 18 ފުރުސަތެއް ތަަނަވަސްކޮށްދީ އިޓާލިއަން ލީގުގެ އެއް ސީޒަނެއްގެ އެސިސްޓް ރެކޯޑް ހަދައިފަ އެވެ. 

Advertisement

ޓޮރިނޯ އިން މެޗުގެ ތެރެއަށް އެނބުރި އައުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ، 70 ވަނަ މިނިޓްގަ އެވެ. މިއީ، ޖިއޮވާނީ ސިމިއޯނީ ޖެހި ގޯލެކެވެ. އަދި، އޭގެ ނުވަ މިނިޓް ފަހުން ޓޮރިނޯ އިން އެއްވަރުކުރި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕެނަލްޓީ އަކުން، ނިކޯލާ ވްލަސިޗް އެެވެ. މިއީ، ޓޮރިނޯގެ ޑުވާން ޒަޕަޓާ ބޮލުން ފޮނުވާލި ބޯޅައެއް އިންޓަގެ ކާލޯސް އަގުސްޓޯ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. 

ޓޮރިނޯ އަތުން މޮޅުވި ނަމަ އަންނަ ހަފްތާގައި ޕާމާ އަތުން ބަލިނުވެ ފަރުޖައްސާލައިގެން ވެސް އިންޓަ އަށް ލީގު ލިބޭނެ އެވެ. އެކަމަކު، މިހާރު އޮތްގޮތުން އިންޓަ އިން ޖެހޭނީ ޕާމާ ބަލިކުރާށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox