ކަލިއަރީ ބަލިކޮށް އިންޓަ އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް

Apr 18, 2026, 9:39 AM
އިންޓަގެ މާކަސް ތުރާމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އިންޓަގެ މާކަސް ތުރާމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

މިލާން (އޭޕްރީލް 18) - އިޓާލިއަން ލީގުގައި ރޭ ކަލިއަރީ 3-0 އިން ބަލިކޮށް، ތާވަލުގެ ކުރިގައި 12 ޕޮއިންޓުގެ ލީޑެއް ނަގައި އިންޓަ މިލާނުން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި އެވެ. 

ލީގުގެ އެއް ވަަނައިގައި އޮތް އިންޓަ އަށް 33 މެޗުން 78 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީގެ އޮތީ 32 މެޗުން 66 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނަށް 32  މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ޔުވެންޓަސް އޮތީ 32 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. އަދި، ފަސް ވަނައިގައި އޮތް ކޯމޯ އިން ރޭ ކުޅުނު މެޗުގައި ސަސުއޯލޯ އަަތުން 2-1 އިން ބަލިވިއިރު، ކޯމޯ އަށް 33 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ. 

އިންޓަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އިންޓަގެ ފޯވާޑް، ޕިއޯ އެސްޕޮސީޓޯ ޖެހި ބޯޅައެއް ކަލިއަރީ ކީޕަރު، އެލާ ކަޕްރީލޭ ވަނީ މަތަކޮށްފަ އެެވެ. އަނިޔާގެ ސަބަބުން އިންޓަގެ ފޯވާޑް، ލައުޓާރޯ މާޓީނޭޒް މި މެޗުގައި ނުކުޅެ އެވެ. 

ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނު ނަމަވެސް ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން ހަތް މިނިޓް ތެރޭ އިންޓަ އިން ލީޑުނެގި އެވެ. ފެޑެރީކޯ ޑި މާކޯ އަރިމަތިން ގޮސް ބޯޅަ ހިފައިގެން، ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، މާކަސް ތުރާމް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ، ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ތުރާމް ޖެހި ހަތަރު ވަނަ ގޯލެވެ. 

ލީޑުނެގިތާ ހަތަރު މިނިޓް ފަހުން، އިންޓަ އިން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، މެޗުގެ 56 ވަނަ މިނިޓްގައި އޭރިއާ ކައިރިން ލިބުނު ބޯޅައެއް ހިފައިގެން، ކުރިއަށް ޖެހިލުމަށް ފަހު، ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ނިކޯލޯ ބަރެއްލާ ޖެހި ލަނޑެކެވެ. ބަރެއްލާ އަކީ ކުރިން ކަލިއަރީގެ ކުޅުންތެރިއެއް ކަމަށްވާތީވެ، އެ ޓީމަށް އިހުތިރާމް އަދާކުރުމުގެ ގޮތުން، ގޯލު ޖެހުމަށް ފަހު އުފާފާޅެއް ނުކުރެ އެެވެ.

އިންޓަގެ ފަހު ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގަ އެވެ. އޭރިއާބޭރުން ޑެންޒެލް ޑަމްފްރީސް ދިން ބޯޅައެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން މި ލަނޑު ޖެހީ އިންޓަގެ ޕޮލެންޑް މިޑްފީލްޑަރު، ޕިއޮޓްރޭ ޒިއެލިންސްކީ އެވެ. 

އިންޓަ އިން 21 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށް އަމާޒުހިފާފައިވާއިރު، އެ ޓީމު އޮތީ އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގަ އެވެ. ފުރަތަމަ ލެގުގައި ކޯމޯއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ބުދަ ދުވަހު އަމިއްލަ ދަނޑުގައި ދެ ވަނަ ލެގުގެ މެޗަށް އިންޓަ އިން ނުކުންނާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox