މިލާނާއި ޔުވެންޓަަސް އަށް މުހިންމު މޮޅެއް

Apr 20, 2026, 11:19 AM
ހެލަސް ވެރޯނާ ކޮޅަށް މިލާނުގެ ހަމައެކަނި ލަނޑު ޖެހި އެޑްރިއަން ރަބިއޯ، ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ،

ހެލަސް ވެރޯނާ ކޮޅަށް މިލާނުގެ ހަމައެކަނި ލަނޑު ޖެހި އެޑްރިއަން ރަބިއޯ، ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ،

މިލާން (އޭޕްރީލް 20) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން އޭސީ މިލާނާއި ޔުވެންޓަސް އިން ކުރިއަށްދިއުމަށްޓަކައި، މުހިންމު މޮޅެއް ހޯދައިފި އެވެ. 

އެ ގޮތުން، ހެލަސް ވެރޯނާ ދަނޑުގައި އޭސީ މިލާން މޮޅުވީ 1-0 އިންނެވެ. އަމިއްލަ ދަނޑުގައިި ކުޅެގެން ޔުވެންޓަސް އިން ވަނީ ބޮލޯނިއާ އަތުން 2-0 އިން މޮޅުވެފަ އެވެ. މިލާނުން ހޯދި މޮޅާ އެކު، އެ ޓީމުން ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަަ އެވެ. އެއް ވަނައިގައި އޮތް އިންޓަ މިލާނަށް 33 މެޗުން 78 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އޭސީ މިލާނާއި ތިން ވަަނަައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ އަށް ވަނީ 33 މެޗުން 66 ޕޮއިންޓް ލިބިފަ އެވެ. ޔުވެންޓަސް، ހަތަރު ވަނައިގައި އޮތީ 33 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. 

މިލާނުން ރޭގެ މެޗަށް ނުކުތްއިރު ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެހެންކަމުން، ރޭގެ މެޗުން ނަތީޖާ ނެރުމަށްޓަކައި، އެ ޓީމަށް ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއް އޮތެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި މިލާނަށް ޖަހައިދިނީ، ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ އެވެ. މިއީ، ރަފައެލް ލެއާއޯ އޭރިއާތެރެއަށް ދިން ބޯޅައަކަށް އަރައި، ތިރިތިރިން ގޯލަށް ފޮނުވާލައިގެން ރަބިއޯ ޖެހި ގޯލެކެވެ. 

Advertisement

މެޗުގެ ދެ ވަނަ ހާފުގައި ދެ ޓީމުން ވެސް ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް އިތުރު ގޯލެއް ފެނިފައިނުވެ އެވެ. 

ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޔުވެންޓަސް އިން ރޭ ބޮލޯނިއާ ބަލިކޮށްފައިވަނީ ކޮންމެ ހާފެއްގައި ގޯލެއް ޖަހައިގެންނެވެ. އެ ގޮތުން، މެޗު ފެށިގެން ދެ ވަނަ މިނިޓްގައި ޔުވެންޓަސް އިން ވަނީ ލީޑުނަގައިފަ އެވެ. މިއީ، ޕިއޭރޭ ކަލޫލޫ ދިން ބޯޅައަކުން އެ ޓީމުގެ ފޯވާޑް، ޖޮނަތަން ޑޭވިޑް ކާމިޔާބުކުރި ގޯލެކެވެ. 

އެއް ގޯލު ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިންމާލި ޔުވެންޓަސް އިން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 12 މިނިޓް ތެރޭ ދެ ވަަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ވެސްޓަން މެކްކެނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި، ކެޕްރެން ތުރާމް ޖެހި ގޯލެކެވެ. 

ލީގުގެ ތިން ވަނައިގައި އޮތް ނަޕޯލީން މި ހަފްތާގައި ކުޅުނު މެޗުން ވަނީ 2-0 އިން ލާޒިއޯ އަތުން ބަލިވެފަ އެވެ. އެއް ވަނައިގައި އޮތް އިންޓަ އިން މި ހަފްތާގައި ކަލިއަރީގެ މައްޗަށް ކާމިޔާބު ހޯދީ 3-0 އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox