މެޖޯރިޓީ ތާއީދު އޮތީ ކެރިކަށް ޔުނައިޓެޑްގެ ކޯޗުކަން ދޭން

May 5, 2026, 11:07 PM
ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް: މިއީ ޔުނައިޓެޑާ ވަގުތީ ގޮތުން ހަވާލުވެ އޭނާ އެ ޓީމަށް ކޯޗުކޮށްދޭ ދެ ވަނަ ފަހަރު.

ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް: މިއީ ޔުނައިޓެޑާ ވަގުތީ ގޮތުން ހަވާލުވެ އޭނާ އެ ޓީމަށް ކޯޗުކޮށްދޭ ދެ ވަނަ ފަހަރު.

މެންޗެސްޓާ (މެއި 5) - މެންޗެސްޓާ ޔުނައިޓެޑްގެ ފުޓްބޯޅައިގެ ކަންކަން ބަލަހައްޓާ ކުންފުނި، އިނިއޯސްގެ މެނޭޖްމަންޓު ޓީމުގެ މެޖޯރިޓީގެ ތާއީދު އޮތީ ވަގުތީ ގޮތުން މި ވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް ދާއިމީ ކޮންޓްރެކްޓެއްގައި އެ ޓީމުގެ ކޯޗުކަން ދިނުމަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

ކެރިކް ވަނީ މީގެ ކުރިން 2021 ވަނަ އަހަރު ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. އެއީ، 2021 ވަނަ އަހަރު ނޮވެމްބަރު މަހު، ޔުނައިޓެޑްގެ ކޯޗު، އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމުން އެ ސީޒަނުގެ ބާކީބައިގަ އެެވެ. އެ ފަހަރު ކެރިކަށް ޓީމުގެ ކޯޗުކަން ނުދީ ގެނައީ އަޔަކްސްގެ ކޯޗު އެރިކް ޓެން ހާގް އެވެ. ކެރިކް ވަނީ މިޑްލްސްބަރާގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ޕޯޗުގީސް ކޯޗު، ރުބެން އަމޮރިމް، ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކޮށް އެ ޓީމުން ފުރަތަމަ ހަވާލުވި ވަގުތީ ކޯޗު، ޑަރެން ފްލެޗާއާ އެކު ނުކުމެ ދެ މެޗުން ވެސް މޮޅެއްނުވިއެވެ. އޭގެ ފަހުން، ޔުނައިޓެޑުން ވަނީ، ޖެނުއަރީ 13 ވަނަ ދުވަހު ކެރިކަށް ޓީމުގެ ކޯޗުގެ ޒިންމާ ވަގުތީގޮތުން ދީފަ އެވެ. 

Advertisement

ކެރިކްގެ ކޯޗުކަމުގައި ޔުނައިޓެޑުން ކުޅުނު 14 މެޗުގެ ތެރެއިން 10 މެޗުން މޮޅުވިއިރު، ދެ މެޗުން ބަލިވެ، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ޔުނައިޓެޑުން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ފަހެއް ކަށަވަރުކޮށް، ލީގުގައި ބާކީ ތިން މެޗު އޮއްވައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލިގުގެ ޖާގައެއް ވެސް ހޯދައިފަ އެވެ. ޔުނައިޓެޑުން ޗެމްޕިއަންސް ލީގު މި ކުޅެނީ ދެ ސީޒަނަށް ފަހު އެވެ. 

ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ކުރަމުންދިޔައިރު، ކެރިކް މި ވަނީ އެ ޓީމާ ހަވާލުވެ، ރަނގަޅު މަސައްކަތްތަކެއް ކޮށް، ސަޕޯޓަރުންނާއި ކުޅުންތެރިންގެ އިތުބާރު ހޯދައިފަ އެވެ. އެއާ އެކު، އިނިއޯސް އިން މިހާރު ކެރިކަށް ކޮންޓްރެކްޓެއް ދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.  

ޔުނައިޓެޑުން ދާއިމީ ކޯޗެއް ގެންނަ އެންމެ ބޮޑު އެއް ޓާގެޓަކީ، އަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި، ޔޫރަޕްގައި ވެސް ކާމިޔާބީތައް ހޯދުމެވެ. ޔުނައިޓެޑުން އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުުކުރީ 2008 ވަަނަ އަހަރު އެވެ. އަދި، ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދީ 2013 ވަނަ އަހަރު އެވެ. 

ލިވަޕޫލް އަތުން 3-2 އިން މޮޅުވި މެޗަށް ފަހު، ޔުނައިޓެޑަށް އަންނަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރެވޭނެތޯ ކުރި ސުވާލަށް ކެރިކް ދިން ޖަވާބުގައި ބުނީ، މި ސީޒަން މިދާ ގޮތުން ގިނަ ކަންކަން ދަސްކުރެވޭނެ ކަމަށާއި  ކާމިޔާބު ހޯދަން ކުރަން ޖެހޭ މަސައްކަަތް ކުރިއަށް ގެންގޮސްފިނަމަ، ޔުނައިޓެޑަށް ނުކުރެވޭނެ ކަމެއް ނެތް ކަމަށެވެ. 

 މި ސީޒަނުގައި ޔުނައިޓެޑަށް ބާކީ އޮތް ތިން މެޗަށް ބަލާއިރު، އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗާއި ރަށުންބޭރުގައި ސަންޑަލެންޑާއި ބްރައިޓަންއާ ބައްދަލުކުރާ މެޗެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox