ބްރެޒިލުން އެދިގެން ކޫންޏާ ދެން ޔުނައިޓެޑް މެޗުތަކުގައި ނުފެންނާނެ: ރިޕޯޓް

May 5, 2026, 2:47 PM
ޔުނައިޓެޑްގެ ފޯވާޑް ކުންޏާ.

ޔުނައިޓެޑްގެ ފޯވާޑް ކުންޏާ.

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މެއި 5) - ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން އެދިގެން މެންޗެސްޓާ ޔުނައިޓެޑުން މި ސީޒަނުގައި ބާކީ އޮތް ތިން މެޗުގައި މަޓެއުސް ކޫންޏާ ބޭނުންނުކުރަން އެއްބަސްވެފައިވާ ކަމަށް ބްރެޒިލްގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ. 

މިދިޔަ ހަފްތާގައި ޔުނައިޓެޑުން ބްރެންޓްފޯޑް އަތުން މޮޅުވި މެޗުގައި އަނިޔާގެ ސަބަބުން ކޫންޏާ ނުކުޅެ އެެވެ. އެކަަމަކު، އޭނާ ވަނީ އާދިއްތަ ދުވަހުގެރޭ ލިވަޕޫލް އަތުން ޔުނައިޓެޑް 3-2 އިން މޮޅުވި، މެޗުގައި އެނބުރި ކުޅުމަށް އައިސް، މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ.

އެކަމަކު، ލިވަޕޫލް އަތުން ހޯދި މޮޅާ އެކު، ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންވެފައިވާއިރު،  ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ލީގުގައި ބާކީ ހުރި މެޗުތަކުގައި ކޫންޏާ ބޭނުންނުކޮށް، އަނިޔާއިން އެއްކޮށް ރިކަވާވުމަށް އޭނާ އަށް އަރާމްކުރަން ފުރުސަތު ދިނުމަށް ޔުނައިޓެޑްގެ ކިބައިން އެދިފަ އެވެ. 

އީއެސްޕީއެން ބްރެޒިލް އިން ރިޕޯޓްކުރާ ގޮތުގައި ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަންގެ އެދުމާ އެއްގޮތަށް ކޫންޏާ ފަހު މެޗުތަކުގައި ބޭނުންނުުކުރަން ޔުނައިޓެޑުން ވަނީ އެއްބަސްވެފަ އެވެ.

 މި ސީޒަނުގައި ޔުނައިޓެޑަށް ދެން ބާކީ އޮތް ތިން މެޗަކީ، އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗާއި ރަށުންބޭރުގައި ސަންޑަލެންޑާއި ބްރައިޓަންއާ ބައްދަލުކުރާ މެޗެެވެ. 

އެތުލެޓިކޯ މެޑްރިޑަށް ކުރިން ކުޅުނު ކޫންޏާ ގަންނަން މެންޗެސްޓާ ޔުނައިޓެޑުން 84 މިލިއަން ޑޮލަރު (62.5 މިލިއަން ޕައުންޑް)ގެ ފީއެއް ދެއްކި އެވެ. މި ސީޒަނުގައި ކޫންޏާ، ޔުނައިޓެޑަށް ކުޅެދިން 33 މެޗުން ނުވަ ގޯލު ޖަހައި، ހަތަރު ލަނޑު ޖަހަން ފުރުސަތު ވަނީ ހޯދައިދީފަ އެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 21 މެޗުން ކޫންޏާ ވަނީ އެއް ގޯލު ޖަހައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox