ފީފާ ފުޓްސަލް ރޭންކިން: ދެކުނު އޭޝިއާގެ އެއް ވަނައިގައި އޮތް ރާއްޖެ ދުނިޔޭގެ 99 ވަނަ އަށް

ޖެނުއަރީ މަހު ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ޖެނުއަރީ މަހު ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ފީފާ އިން މި އަހަރަށް އާންމު ކުރި ފުޓްސަލްގެ ދުނިޔޭގެ ރޭންކިންގައި ރާއްޖޭން ދެކުނު އޭޝިއާގެ އެއް ވަނަ މަގާމު ދަމަަހައްޓައި، ދުނިޔޭގެ 99 ވަނަ އަށް ޖެހިލައިފި އެވެ. 

މިއަދު ނެރުނު ރޭންކިންގައި، ރާއްޖޭން ރޭންކިންގެ 10 ދަރަޖަ ކުރިއަށް ޖެހިލިއިރު، އޮތީ އޭޝިއާގެ 24 ވަނައިގަ އެވެ. 

ފީފާ އިން އެންމެ ފުރަތަމަ 2024 ވަނަ އަހަރު މެއި މަހު، ނެރުނު ފުޓްސަލް ރޭންކިންގައި 110 ވަނައިގައި ރާއްޖެ އޮތް ނަމަވެސް، އޭގެ ފަހުން، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނެރުނު ރޭންކިންގައި ރާއްޖެ ވަނީ 109 ވަނަ އަށް ޖެހިލައިފަ އެވެ. އަދި، މިިދިޔަ އަހަރު މެއި މަހު ނެރުނު ރޭންކިންގައި ވެސް ރާއްޖެ އޮތީ ހަމަ އެ މަގާމުގަ އެވެ.

Advertisement

އެކަމަކު، މިދިިޔަ ޖެނުއަރީ މަހު، ސާފް އިން މުޅިން އަލަށް ބޭއްވި ފުޓްސަލް ޗެމްޕިއަންޝިޕްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާ އެކު، ކޯ އެފިޝަންޓް ޕޮއިންޓަށް ބަލާއިރު، ލިބިގެންދިޔަ 25.38 ޕޮއިންޓާ އެކު، ބޮޑު ކުރިއެރުމެއް ރާއްޖޭން ހޯދީ އެވެ.  އަދި، 200 އަށް ވުރެން ގިނަ މެމްބަރު ގައުމު އޮތް ފީފާގެ ގަދަ 100 ގައުމުގެ ތެރެއިން ރާއްޖެ ޖާގަ ހޯދީ އެވެ. 

ދެކުނު އޭޝިއާގެ ގައުމުތަކުގެ ރޭންކިން އަށް ބަލާއިރު، އެންމެ ކުރީގައި އޮތީ ރާއްޖެ އެވެ. ރާއްޖެއާ އެންމެ ކައިރިން އޮތް ނޭޕާލް ދުނިޔޭގެ 110 ވަނައިގައި އޮތްއިރު، އިންޑިއާ އޮތީ 130 ވަނައިގަ އެވެ. ޕާކިސްތާން 138 ވަނައިގައި އޮތްއިރު، ބަންގްލަދޭޝް އޮތީ 139 ވަަނައިގަ އެވެ. ސްރީ ލަންކާ އަށް 140 ވަނަ ލިބޭއިރު، ބޫޓާން އޮތީ ދުނިޔޭގެ 141 ވަަނައިގަ އެވެ. 

މިދިޔަ ޖެނުއަރީ މަހު ސާފް އިން ތައިލެންޑުގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި، ކުުޅުނު ފުރަތަމަ ތިން މެޗުން ވެސް މޮޅުވީ ފަރަގު ބޮޑުކޮށެެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. އަދި، ތިން ވަނަ މެޗުގައި، 5-0 އިން އިންޑިއާ ބަލިކޮށް، ވާދަކުރާ ހުރިހާ ޓީމަކަށް ބޮޑު މެސެޖެއް ދިނެވެ.

އެކަމަކު ފަހުން ކުޅުނު ތިން މެޗުގައި، ރާއްޖެ ކައިރިން ނޭޕާލާއި ބޫޓާން އަދި ލަންކާ އިން ޑިފެންސިވްކޮށް ރަނގަޅު ކުޅުމެއް ދައްކައި، ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިކުރި ނަމަވެސް އެ މެޗުތަކުން ވެސް ރާއްޖޭން ކުރިހޯދި އެވެ.

އެ ގޮތުން، ނޭޕާލް އަތުން 2-1 އިން އަދި، ބޫޓާންގެ މައްޗަށް 3-1 އިންނެވެ. އަދި، ފަހު މެޗުގައި، ލަންކާ އަތުން 5-2 އިން ވަނީ މޮޅުވި އެވެ.

ދުނިޔޭގެ ރޭންކިންގެ ގަދަ ފަހަކަށް ބަލާއިރު، އެއް ވަަނައިގައި އޮތީ ބްރެޒިލް އެެވެ. ދެ ވަނައިގައި ޕޯޗުގަލް އޮތްއިރު، ތިން ވަނައިގައި އޮތީ ސްޕެއިން އެވެ. ހަތަރެއްގައި އާޖެންޓީނާ އޮތްއިރު، ފަހެއްގައި އޮތީ އިރާން އެވެ. ދެން، ގަދަ 10 ގައި ހިމެނެނީ، މޮރޮކޯ، ރަޝިއާ، ކަޒަކްސްތާން، ޔޫކްރެއިން އަދި ފްރާންސް އެވެ. 

ފީފާގެ ފުޓްސަލް ރޭންކިންގައި ރާއްޖޭގެ އަންހެން ޓީމު އޮތީ 96 ވަަނައިގަ އެވެ. އެއީ، ރޭންކް ކުރެވިފައިވާ ގައުމުތަކުގެ ތެރެއިން އެންމެ ފަހަތުގަ އެވެ. ރާއްޖޭގެ އަންހެން ގައުމީ ފުޓްސަލް ޓީމުން މިހާތަނަށް ކުޅުނު ހަމައެކަނި މުބާރާތަކީ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް އެވެ. އެ މުބާރާތުގައި ކުޅުނު ހަ މެޗުން ވެސް ވީ ބައްޔެވެ. 

ފުރަތަަމަ މެޗުން އިންޑިއާ އަތުން 11-1 އިން ބަލިވިއިރު، ދެ ވަަނަ މެޗުގައި ނޭޕާލް އަތުން 5-0 އިން ބަލިވި އެވެ. ތިން ވަނަ މެޗުގައި 3-1 އިން ޕާކިސްތާން އަތުން ބަލިވި އެވެ. ހަތަރު ވަނަ މެޗުގައި ބޫޓާން އަތުން 4-2 އިން ބަލިވިއިރު، ފަސް ވަނަ މެޗުގައި، ސްރީ ލަންކާ އަތުން ވަނީ 7-6 އިން ބަލިވެފަ އެވެ. އަދި، ފަހު މެޗުގައި، ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 14-2 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox