ފުޓްސަލް ލީގު ފެށުމުން ގައުމީ ޓީމު ކުޅުންތެރިންގެ މުސާރަ ދެވޭނެ ގޮތް ހަމަޖެއްސޭނެ

May 8, 2026, 8:37 AM
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އެފްއޭއެމްގެ ރައީސް، އަހުމަދު ތޯރިގު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އެފްއޭއެމް

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އެފްއޭއެމްގެ ރައީސް، އަހުމަދު ތޯރިގު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އެފްއޭއެމް

ރާއްޖޭގައި ގައުމީ ލެވަލްގައި ފުޓްސަލް ލީގެއް އިއުލާނުކޮށްފައިވާއިރު، އެ މުބާރާތް ރަސްމީކޮށް ފެށިގެން ދިއުމާ އެކު، ގައުމީ ފުޓްސަަލް ޓީމުގެ ކުޅުންތެރިންނަށް އެހެން ކުޅިވަރުތަކުގެ ގައުމީ ޓީމުތަކެކޭ އެއްގޮތަށް މުސާރަ އާއި އެހެނިހެން ކަންކަން ހަމަޖެހިގެންދާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ. 

ގައުމީ ފުޓްސަލް ޓީމުގެ ކަންކަމަށް އަބަދުވެސް އޮންނަނީ "އަންނަ އަހަރު": އިންމި

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކަންކަން ފުރިހަަމަކޮށްދިނުމަށްޓަކައި، އަބަދުވެސް ރަސްމީ އިދާރާތަކުން އިވޭ ވާހަކަ އަކީ ބަޖެޓްގައި ހިމަނައިގެން "އަންނަ އަހަރު" އެކަން ކޮށްދޭނެކަން ކަމުގައި، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ވަނީ ބުނެފައި.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގު ވިދާޅުވީ، ގައުމީ ފުޓްސަލް ޓީމަށް ލިބެންޖެހޭ އަދި ފުރިހަމަވާން ޖެހޭ ކަންކަން މި ފެށޭ ގައުމީ ލެވަލްގެ ފުޓްސަލް މުބާރާތްތަކާ އެކު ހަމަޖެހިގެންދާނެ ކަމަށެވެ. 

Advertisement

އެފްއޭއެމް އިން އިއްޔެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ އެފްއޭއެމްގެ ފުޓްސަލް މުބާރާތްތައް ކްލަބް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންގޮސް، ކްލަބް މޯލްޑިވްސް އަކީ އެފްއޭއެމް އިން އެންޑޯޒްކުރާ މުބާރާތެއްގެ ގޮތުގައި ހަަމަޖައްސާ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި އިވެންޓެކެވެ. 

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް، މައިގަނޑު ހަަތަރު ރީޖަނަކަށް ބަހާލައިގެން ކުރިއަށްގެންދާ ފޯމެޓަށް ބާއްވަން ވަނީ އިއުލާނުކޮށްފަ އެވެ.

ތޯރިގު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައިވަނީ އަންނަ ހަފްތާގައި ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށް ވިދާޅުވެފަ އެެވެ. އިއްޔެ، ތޯރިގު ވިދާޅުވީ، އަތޮޅުތަކުގައި ބޭއްވޭ މުބާރާތުގެ ތެރެއިން، ކްލަބް މޯލްޑިވްސްއާ ގުޅޭގޮތަށް ފޯމެޓް ރޭވުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. 

އެ ގޮތުން، އެފްއޭއެމްގެ ވިސްނުމަކީ، މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ވެސް ކުރިއަށްގެންދާ އުސޫލުން ހަތަރު ރީޖަނަކަށް ބެހުމަށް ފަހު ފުޓްސަލް މުބާރާތް ކުރިއަށްގެންދިއުމަށެެވެ. މިއީ، މި ގޮތަށް ރަށްރަށަށް ހުޅުވާލައިގެން އެފްއޭއެމް އިން ބާއްވާ ފުރަަތަމަ ފުޓްސަލް މުބާރާތެވެ. 

އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން، ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާއިރު، ނޯތު ރީޖަންގައި ހިމެނެނީ، ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ އެވެ. އަދި، ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.

އެފްއޭއެމް އިން މި ފޯމެޓަށް ފުޓްސަލް މުބާރާތް ބާއްވައި، ކްލަބް މޯލްޑިވްސްއާ އެކު، މުބާރާތް ކުރިއަށްގެންގޮސް، އެފްއޭއެމް އިން އެވޯޑްސް ދިނުމުގައި ބަލާނީ ވެސް މި މުބާރާތަށް ކަމަށް ތޯރިގު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox