ގައުމީ ފުޓްސަލް ޓީމުގެ ކަންކަމަށް އަބަދުވެސް އޮންނަނީ "އަންނަ އަހަރު": އިންމި

ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި).---- ފޮޓޯ: އަަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި).---- ފޮޓޯ: އަަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކަންކަން ފުރިހަަމަކޮށްދިނުމަށްޓަކައި، އަބަދުވެސް ރަސްމީ އިދާރާތަކުން އިވޭ ވާހަކަ އަކީ ބަޖެޓްގައި ހިމަނައިގެން "އަންނަ އަހަރު" އެކަން ކޮށްދޭނެކަން ކަމަށް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ބުނެފި އެވެ. 

ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)، އިއްޔެ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެފްއޭއެމް އިން ގައުމީ ލެވަލްގައި މުބާރާތްތަކެއް ބާއްވައިގެން، އޮނިގަނޑުގެ ތެރެއަށް ފެތިގެން، ގައުމީ ފުޓްސަލް ޓީމުގެ ކަންކަން ކުރިއަށް ގޮސްފިނަމަ، އަންނަ އަހަރުގެ ބަަޖެޓްގައި ހިމަނައިގެން، ގަައުމީ ފުޓްސަލް ޓީމަށް މުސާރަ އާއި އެހެން ކުޅިވަރު ކުޅުންތެރިންނެކޭ އެއްގޮތަށް އިންޝުއަަރެންސް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ. 

ފުޓްސަލްގެ ތާރީހުގައި އޮޅުންއެރި ބައި ރަނގަޅުކޮށް، ކުރިމަގަށް އުންމީދުތަކެއް

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު އުފެދުނު ތާރީޚާ ގުޅޭގޮތުން އުފެދުނު އޮޅުންތައް މިނިސްޓަރު ރާފިއު ވަނީ ސާފުކޮށްދެއްވައި، އަންހެން ފުޓްސަލް ޓީމު އެކުލަވާލީ ދާދި ފަހުންކަން ފާހަގަކުރައްވާފައި. މީގެ އިތުރުން، ގައުމީ ފުޓްސަލް ޓީމުތަކުގެ ކަންކަން ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި،

އެކަމާ ގުޅިގެން، އިންމި، ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ގައުމީ ފުޓްސަލް ޓީމުގެ މުސާރަައިގެ ކަންކަމުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ވެސް ލިބޭ ޖަވާބަކީ، ބަޖެޓުގައި ހިމަނައިގެން އަންނަ އަހަރު ހަމަޖައްސައިދޭނެ ކަމުގެ ވާހަކަ ކަމަށެވެ.

އެ ގޮތަށް، މިދިޔަ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް ވެސް ވިދާޅުވި ކަމަށާއި އަދި މިހާރު ހުރި ވަޒީރު، ރާފިއު ވެސް ވިދާޅުވީ އެހެން ކަމަށް އިންމި ފާހަގަކުރި އެވެ. 

"މި ވީހާ ދުވަހެއް ވީއިރު ބަޖެޓްގައި ޖަހައިގެން މިކަން ކުރެވޭނެ ގޮތެއް ނުވޭ. ދެ އަހަރުވީ މިހާރު ހުރި މިނިސްޓަރަށް ވެސް،" ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ރާއްޖެ އަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިދޭން އެންމެ މޮޅު ކުޅުމެއް ދެއްކި އިންމި ބުންޏެވެ. 

"އެހެންވީމަ، ޓޯނަމަންޓްތަކަށް ނެޝަނަލް ފުޓްސަލް ޓީމޭ ކިޔާފައި ބައިވެރިނުކޮށް، ފުރަތަމަ އިންޓާނަލީ މިނިސްޓްރީ އާއި އެފްއޭ ވެސް ކުރަން ހުރި ކަންކަން ފުރިހަަމަކޮށްގެން ފުޓްސަލް ޓީމަކީ ނެޝަނަލް ލެވަލް އޮނިގަނޑަށް ފެތޭނެ ޓީމަކަށް ހަަދަން މާ ރަނގަޅުވާނެ. އެޔަށް ފަހު މޯލްޑިވްސް ނެޝަނަލް (ފުޓްސަލް) ޓީމު ކިޔާފައި ޓޯނަމަންޓްތަކަށް ދާނީ. މިހާރު ޓޯނަމަންޓް އަށް ދާންވީމަ ނެޝަނަލް ފުޓްސަލް ޓީމު، އެކަމަކު، މުސާރަ، އިނާޔަތްތަކާއި އިންްޝުއަރެންސް ދޭން ވީމަ ނެޝަނަލް ޓީމަކަށް ނުފެތޭ (އުސޫލަކަށް ނުފެތޭ)،" 

މި ހުރިހާ ކަމެއް މި ގޮތަށް ހުރި ނަަމަވެސް އަންނަ އަހަރު ފެށިގެން ވެސް މުސާރަ އާއި އެެހެނިހެން ކަންކަން ފުރިހަމަވެއްޖެނަމަ، އެއީ ވެސް "ވަރަށް އުފާވާނެ" ކަމެއް ކަމަށް އިންމި ވަނީ ބުނެފަ އެވެ. 

އެފްއޭއެމް އިން މި އަހަރަށް އެކުލަވާލި ކަލަންޑަރާއި ފާސްކުރި ބަޖެޓުގައި ފުޓްސަލް މުބާރާތްތަކެއް ކުރިއަށްގެންދަން ވަނީ ހިމަނައިފަ އެވެ. އެއީ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް އާއި އެފްއޭއެމް ފުޓްސަލް ލީގުގެ އަންހެން އަދި ފިރިހެން މުބާރާތެވެ. އެ މުބާރާތްތަކަށް ގާތްގަނޑަކަށް 2.3 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. 

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެފްއޭއެމް އިން މި ފަހުން މިނިސްޓްރީ އަށް ފުޓްސަލް ޓީމާ ގުޅޭގޮތުން ފޮނުވި ސިޓީގައި ވަނީ ފުޓްސަލް ގައުމީ ޓީމަކީ ރާއްޖޭގައި މީގެ 20 އަހަރު ކުރިން ވެސް ބައިނަލްއަގުވާމީ ލެވަލްގައި ގައުމު ތަމްސީލްކޮށްފައިވާ ޓީމެއް ކަމަށް އަންގައިފަ އެވެ. އެފްއޭއެމް އިން ފޮނުވި އެ ސިޓީގައި ވަނީ، ގައުމީ ފުޓްސަލް ޓީމަށް މުސާރައިގެ ކަންކަން ހަމަޖެއްސުމަށާއި އިންޝިއުރަންސްގެ ކަންކަން ހަމަޖައްސައިދިނުމުގެ އިތުރުން ގައުމަށް ރީތިނަން ހޯދައިދޭ ފަރާތްތަކަށް ލިބޭ ޝަރަފް ދިނުމަށްޓަކައި، މިނިސްޓްރީން ބާރު އެޅުމަށް ވެސް އެދިފަ އެވެ. އަދި، ރާއްޖޭގަައި ބާއްވަމުން އަންނަ ބޮޑު ފުޓްސަލް މުބާރާތްތަކަކީ، ރަސްމީ އިދާރާތައް މީގެ ޝާމިލުވެގެން، ގައުމީ ލެވަލްގައި ކުޅެމުން އަންނަ މުބާރާތްތަކެއްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox