ސައްތަ އިން ސައްތަ ރެކޯޑު ދަމަހައްޓައި ސްޓެލްކޯ އިން އޮފީސް ލީގު ތަށި ދިފާއުކޮށްފި

Apr 25, 2026, 10:47 AM
އޮފީސް ލީގުގެ ޗެމްޕިއަންކަން ހޯދި ސްޓެލްކޯގެ ޓީމު ތަށި ހިފައިގެން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އިމޭޖަސް،އެމްވީ

އޮފީސް ލީގުގެ ޗެމްޕިއަންކަން ހޯދި ސްޓެލްކޯގެ ޓީމު ތަށި ހިފައިގެން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ކްލަބް އެމްޓީސީސީގެ މައްޗަށް 3-1 އިން ފައިނަލުގައި ކުރިހޯދައި، ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި، އޮފީސް ލީގު ފުޓްސަލް މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ. 

މިދިޔަ އަހަރު އޮފީސްތަކަށް ހާއްސަކޮށް ފެށި ފުޓްސަލް މުބާރާތް، އޮފީސް ލީގުގެ ޗެމްޕިއަންކަން ސްޓެލްކޯ އިން ހޯދީ ފައިނަލުގައި ޕޮލިސް ކްލަބް އަތުން 2-0 އިން މޮޅުވެގެންނެވެ. މި ފަަހަރުގެ ފައިނަލުގައި ސްޓެލްކޯ އިން ރޭ ވަނީ ރަނގަޅު ކުޅުމަކާ އެކު، އެމްޓީސީސީ ބަލިކޮށްފަ އެވެ. 

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ސްޓެލްކޯގެ ތިން ގޯލު ވެސް ޖެހީ، އެ ޓީމުގެ ކެޕްޓަން، މުއާޒް އަލީ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި މުއާޒް ވަނީ ލިބުނު ފުރުސަތުގައި ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ސްޓެލްކޯ އަށް ލީޑުނަގައިދީފަ އެވެ. ދެ ވަނަ ހާފުގައި، އެމްޓީސީސީން ކުރިއަށް ޖެހިގެން ކުޅެ، ފުރުސަތުތަކެއް ހޯދި ނަމަވެސް، މުއާޒް ވަނީ އޭރިއާބޭރުން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލައި ސްޓެލްކޯގެ ލީޑުފުޅާކޮށްދީފަ އެވެ. ސްޓެލްކޯގެ ތިން ވަނަ ލަނޑު ޖަހައި، މުއާޒް، އޭނާގެ ހެޓްރިކް ފުރިހަަަމަކުރި ލަނޑު ޖެހީ އަމިއްލަ ހާފުގެ ތެރެއިން ގޯލަށް ބޯޅަ ވައްދާލައިގެންނެވެ. މުއާޒް، ގޯލަށް ބޯޅަ ވައްދާލީ އެމްޓީސީސީން ޕަވާޕްލޭގައި ކީޕަރު ބަދަލުކުރަން އުޅުނު ވަގުތެއްގަ އެވެ. 

Advertisement

ޕަވަޕްލޭފައި ކުރިއަށް ޖެހި އެމްޓީސީސީން ލަނޑެއް ޖެހި އެވެ. މި ލަނޑު ޖެހީ އިސްމާއިލް ރަޔާން އެވެ. 

މުބާރާތުގެ މޮޅު ކުޅުންތެރިއަކީ، ސްޓެލްކޯގެ އިބްރާހިމް ރިމާހު (ރިމޭ) އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންނަކީ ރިމޭ އާއި މުއާޒް އެވެ. މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ސްޓެލްކޯގެ މުއާޒް، މުހައްމަދު ސިރުހާން އަދި ގޯލްކީޕަރު، އަދުހަމް އަހުމަދު (އަދޭ)ގެ އިތުރުން، އެމްޓީސީސީގެ ކެޕްޓަން، މުހައްމަދު ޝަރީފް (މުޑާ) އާއި ރަޔާން އެވެ. 

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ، އުސްމާން ނަސީރު (އޮއިލޭ) އެވެ. ސްޓެލްކޯ އިން ވަނީ މި ފަހަރުގެ މުބާރާތުގައި ކުޅުނު ހަ މެޗުން މޮޅުވިއިރު، 56 ގޯލު ޖަހައިފަ އެެވެ. އެ ޓީމު ކޮޅަށް ވަދެފައިވަނީ، ފަސް ގޯލެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox