ލިވަޕޫލް ބަލިކޮށް ޔުނައިޓެޑުން ޗެމްޕިއަންސް ލީގު ޖާގަ ޔަގީންކޮށްފި

May 3, 2026, 10:12 PM
ޔުނައިޓެޑްގެ މައިނޫ، މިރޭގެ މެޗުގައި ލިވަޕޫލް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޔުނައިޓެޑްގެ މައިނޫ، މިރޭގެ މެޗުގައި ލިވަޕޫލް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެންޗެސްޓާ (މެއި 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް 3-2 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ޔަގީންކޮށްފި އެވެ. 

ޔުނައިޓެޑުން ޔޫރަޕްގެ އެންމެ ވަރުގަދަ ކްލަބް ފުޓްބޯޅަ މުބާރާތް ޗެމްޕިއަންސް ލީގުގައި ކުޅެނީ ދެ ސީޒަން ފަހުންނެވެ. ލީގުގެ ތިން ވަނައިގައި އޮތް ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ފަހެއް ޔަގީން ކުރީ 35 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ލިވަޕޫލަށް 35 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަަނީ 34 މެޗުން 58 ޕޮއިންޓް ލިބިފަ އެވެ. 

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދި އިނގިރޭސި ކްލަބްތަކަކީ، ޔުނައިޓެޑްގެ އިތުރުން، ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާއި ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އެވެ. 

Advertisement

އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށުމުގެ ކުރިން، ޔުނައިޓެޑްގެ ކުރީގެ ކޯޗު އަލެކްސް ފާގަސަންގެ ސިއްހީ ހާލު ދެރަވެގެން ދަނޑުގައި ހުއްޓައި، އެމްބިއުލަންސެއްގައި ހޮސްޕިޓަލަށް ގެންދިޔަ އެވެ. 

އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވަނީ 14 މިނިޓް ތެރޭ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން، މެޗުގެ ހަ ވަނަ މިނިޓްގައި މަޓެއުސް ކޫންޏާ ވަނީ ލަނޑު ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އަދި، 14 ވަނަ  މިނިޓްގައި ބެންޖަމިން ސެސްކޯ ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ޖެހިއިރު، ލިވަޕޫލުން ވަނީ އެ ބޯޅަ ގޯލަށް ވަނީ ސެސްކޯ އަތުގައި ޖެހިފައި ކަމަށް އެޕީލްކޮށްފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ރަނގަޅު ގޯލެއް ކަމަށެވެ. 

ޔުނައިޓެޑުން ދެ ގޯލުގެ ލީޑެއްގައި ފުރަތަމަ ހާފު ނިންމި ނަމަވެސް ދެ ވަނަ ހާފު ފެށިގެން 11 މިނިޓް ތެރޭ ދެ ލަނޑު ޖަހައި ލިވަޕޫލުން އެއްވަރުކުރި އެވެ. އެ ގޮތުން، ދެ ވަނަ ހާފުގައި ސެސްކޯގެ ބަދަލުގައި ކުޅެން އެރި އަމަދު ޑިއާލޯ އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ގޮސް، ޑޮމިނިކް ސޮބޯސްލާއި ވަނީ މެޗުގެ 47 ވަނަ މިނިޓްގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. އަދި، 56 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ކީޕަރު، ސެން ލަމެންސް ހެދި ގޯހެއްގެ ފައިދާނަގައި، ސޮބޯސްލާއި ދިން ބޯޅަ އަކުން ކޯޑީ ގަކްޕޯ ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖަހައި، އެ ޓީމަށް އެއްވަރުކޮށްދިނެވެ. މިއީ، ލިވަޕޫލަށް ގަކްޕޯ ޖަހައިދިން 50 ވަަނަ ގޯލެވެ. 

ޔުނައިޓެޑް މެޗުން މޮޅުވީ 77 ވަނަ މިނިޓްގައި ކޯބީ މައިނޫ ޖެހި ލަނޑުންނެވެ. މިއީ، އޭރިއާ ރޮނގުކައިރިން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މައިނޫ ޖެހި ގޯލެކެވެ. މައިނޫ ވަނީ މީގެ ތިން ދުވަސް ކުރިން ޔުނައިޓެޑާ އެކު، ފަސް އަހަރުގެ ކޮންޓްރެކްޓެެއްގައި ސޮއިކޮށްފަ އެވެ. 

އަނިޔާގެ ސަބަބުން ލިވަޕޫލުން މުހައްމަދު ސަލާހު އާއި އަލެކްސަންޑަ އިސާކް ނުލައި ކުޅުނު މި މެޗުން އެ ޓީމު ބަލިވިއިރު، މިއީ، މި ސީޒަނުގައި ބަލިވި 19 ވަނަ މެޗެވެ. ލިވަޕޫލުން 21 ވަނަ ގަރުނުގައި، 19 މެޗުން މީގެ ކުރިން ބަލިވީ ދެ ފަހަރު އެވެ. އެއީ، 2005 އާއި 2010 ވަަނަ އަހަރު އެވެ. 

އަނެއްކޮޅުން ލިވަޕޫލް އަތުން ލީގުގެ އެއް ސީޒަނެއްގައި ދެ މެޗުން ޔުނައިޓެޑް މޮޅު މިވީ 10 އަހަރު ފަހުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox