ފުލަމް ބަލިކޮށް އާސެނަލުން ހާލަތުގެ ފައިދާނަގައި ލީޑުގައި

May 2, 2026, 11:55 PM
އާސެނަލްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އާސެނަލްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (މެއި 2) - އިނގިރޭސި ޕްރިިމިއާ ލީގުގައި މިރޭ ފުލަމް އަތުން 3-0 އިން މޮޅުވެ، އާސެނަލުން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑަކާ އެކު، ހާލަތުގެ ފައިދާނަގައި ހަމަޖެހިލައިފި އެވެ.

އާސެނަލުން ވަނީ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެން ދެ މެޗު އިތުރަށް ކުޅެފަ އެވެ. އާސެނަލް، އެއް ވަނައިގައި އޮތީ 35 މެޗުން 76 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 33 މެޗުން ލިބުނީ 70 ޕޮއިންޓެވެ. 

އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ އާސެނަލުން ކުޅުނު މެޗުގައި އެ ޓީމުން ޖެހި ތިން ގޯލު ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. އެ ގޮތުން، އެ ޓީމުން ނުވަ ވަނަ މިނިޓްގައި ލީޑުނެގީ ސްވިޑެންގެ ފޯވާޑް، ވިކްޓަ ޔޯކެރޭޝް ޖެހި ގޯލުންނެވެ. މިއީ، އާސެނަލްގެ ކެޕްޓަން، ބޭންޑް އަޅައިގެން މި މެޗުގައި ކުޅުނު ބުކާޔޯ ސަކާ ނަގައިިދިން ހުރަހަކަށް އަރައި ޔޯކެރޭޝް ޖެހި ލަނޑެކެވެ. 

Advertisement

އާސެނަލުން ވަރުގަދަކޮށް ފެށި މި މެޗުގައި، އެ ޓީމުގެ ލެއަންޑްރޯ ޓްރޮސާޑް ނަގައިދިން ހުރަހަކުން ރިކާޑޯ ކަލަފިއޯރީ ވަނީ ބޮލުން ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، ކަލަފިއޯރީ ހުރީ އޮފްސައިޑްގައި ކަމަށްވުމުން އެ ގޯލު ބަަލައެއްނުގަތެވެ. 

މެޗުގައި އާސެނަލުން ލީޑުފުޅާކުރީ، 40 ވަަނަ މިނިޓްގަ އެވެ. މިއީ، ޔޯކެރޭޝް ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިގެން ސަކާ ޖެހި ގޯލެކެވެ. އަދި. ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، ޓްރޮސާޑް ނެގި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން، ޔޯކެރޭޝް ވަނީ އާސެނަލްގެ ތިން ވަނަ ލަނޑު ޖަހައިދީފަ އެވެ. މި ލަނޑާ އެކު، ޔޯކެރޭޝް މި ފަހަރުގެ ހުރިހާ މުބާރާތެއްގައި ޖެހި ގޯލު 20 އަށް ވުރެން އިތުރުވިއިރު، އޭނާ އަކީ، 2015 ވަނަ އަހަރު އަލެކްސިސް ސަންޗޭޒަށް ފަހު، އާސެނަލާ ގުޅުމަށް ފަހު ފުރަތަމަ ސީޒަނުގައި އެ އަދަަދަށް ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. 

ދެ ވަނަ ހާފުގައި ލަނޑެއް ޖެހޭތޯ ފުލަމް އިން މަސައްކަތްތަކެއް ކުރި އެވެ. އެ ގޮތުން، ފުލަމް އިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތުގައި، އެ ޓީމުގެ އެޓޭކްތައް ހުއްޓުވުމަށް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އާސެނަލުން މި ވަނީ އަމިއްލަ ދަނޑުގައި ފުލަމް އަތުން ބަލިނުވެ، ޖެހިޖެހިގެން 33 މެޗު ހަަމަކޮށްފަ އެވެ. 

ލީގުގައި މިރޭ ވެސްޓް ހޭމް ކުޅުނު މެޗުން ބްރެންޓްފޯޑް އަތުން 3-0 އިން ބަލިވިއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ 3-1 އިން ބްރައިޓަން ބަލިކޮށްފަ އެވެ. އަދި، ސަންޑަލެންޑުން މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، ވުލްވްސްއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox