ބްރެންޓްފޯޑް ބަލިކޮށް ޔުނައިޓެޑް ޗެމްޕިއަންސް ލީގާ ގާތަށް

Apr 28, 2026, 7:16 AM
ޔުނައިޓެޑްގެ ސެސްކޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޔުނައިޓެޑްގެ ސެސްކޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެންޗެސްޓާ (އޭޕްރީލް 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އަތުން 2-1 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމާ ފިޔަވަޅަކަށް ގާތަށް ޖެހިލައިފި އެވެ.  

އިނގިރޭސި ޕްރިމިއާ ލީގުގައި ގަދަ ފަސް ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭއިރު، ޔުނައިޓެޑް އޮތީ ތިން ވަނައިގަ އެވެ. ޔުނައިޓެޑަށް 34 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ލިވަޕޫލާއި ފަސް ވަނައިގައި އޮތް އެސްޓަން ވިލާ އަށް 34 މެޗުން 58 ޕޮއިންޓް ލިބިފައިވެ އެވެ. 

އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗު ފަށައިގެން މާ ލަސްތަކެއް ނުވެ، ޔުނައިޓެޑަށް ލީޑުނަގައިދޭން އަމަދު ޑިއާލޯ އަށް ލިބުނު ރަނުގެ ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ބްރެންޓްފޯޑްގެ ޑިފެންޑަރުން ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ. ޔުނައިޓެޑުން ލީޑުނެގީ 11 ވަނަ މިނިޓްގަ އެވެ. މިއީ، ކޯނަރަކުން ހުރަސްވި ބޯޅައެއްގައި، ހެރީ މެގުއާ ބޮލުން ޖައްސާލި ބޯޅަ، ބޮލުން ގޯލަށް ފޮނުވާލައިގެން ކަސެމީރޯ ޖެހި ގޯލެކެވެ. 

އޭގެ ފަހުން، ބްރެންޓްފޯޑަށް އެއްވަރުކޮށްދޭން ޑަންގޯ އުޓާރާ އާއި އީގޯ ތިއާގޯ އަށް ގިނަ ހުސް ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވުނެވެ. އަދި، މައިކަލް ކަޔޯޑޭ އާއި މިކެލް ޑަމްސްގާޑް ފޮނުވާލި ބޯޅަތައް ޔުނައިޓެޑްގެ ކީޕަރު ސެން ލަމެންސް ވަނީ މަތަކޮށްފަ އެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޔުނައިޓެޑުން ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އެ ގޮތުން، މެޗުގެ 43 ވަނަ މިނިޓްގައި ޔުނައިޓެޑުގެ ދެ ވަނަ ލަނޑު ޖެހީ ކައުންޓަ އެޓޭކުގައި ބެންޖަމިން ސެސްކޯ އެވެ. މިއީ، ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން އޭރިއާތެެރެއިން ސެސްކޯ ޖެހި ގޯލެކެވެ. މިއީ، މި ފަހަރު ލީގުގައި ފެނާންޑޭސް ގޯލެއް ޖަހަން ތަނަވަސްކުރި 19 ވަނަ ފުރުސަތެވެ. މެންޗެސްޓާ ސިޓީގެ ކުރީގެ ތަރި، ކެވިން ޑި ބްރޭނާ އާއި އާސެނަލްގެ ލެޖެންޑް، ތިއެރީ އޮންރީގެ ރެކޯޑާ ހަމަކުރަން ފެނާންޑޭސް އަށް ބޭނުންވަނީ އެންމެ އެސިސްޓެކެވެ. 

މެޗުގެ 87 ވަަނަ މިނިޓްގައި ބްރެންޓްފޯޑްގެ ހަމައެކަނި ލަނޑު ޖެހީ މަތިއަސް ޖެންސަން އެވެ. މިއީ، އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެންސަން ޖެހި ލަނޑެކެވެ. 

ބްރެންޓްފޯޑް އޮތީ ކުޅުނު 34 މެޗުން ލިބުނު 48 ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox