އަހަރެމެންގެ ހޯސްޓަކީ ފީފާ، އެމެރިކާއެއް ނޫން: އިރާން އެފްއޭ

May 7, 2026, 1:21 PM
އިރާންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން، ދާދި ފަހުން ކުޅުނު މެޗެއްގެ ކުރިން ލައިނަޕަށް ނުކުތްއިރު، ހަނގުރާމައިގައި މަރުވި އާއިލާތަކުގެ ފޮޓޯ ހިފައިގެން.--- ފޮޓޯ: ގެޓީއިމޭޖަސް

އިރާންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން، ދާދި ފަހުން ކުޅުނު މެޗެއްގެ ކުރިން ލައިނަޕަށް ނުކުތްއިރު، ހަނގުރާމައިގައި މަރުވި އާއިލާތަކުގެ ފޮޓޯ ހިފައިގެން.--- ފޮޓޯ: ގެޓީއިމޭޖަސް

ތެހެރާން، އިރާން (މެއި 7) - ފީފާ ވޯލްޑް ކަޕްގައި އިރާންގެ ހޯސްޓަކީ އެމެރިކާއެއް ނޫން ކަމަށާއި އެއީ ފީފާ ކަމަށް އިރާންގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް، މެހެދީ ތާޖު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އިރާނުން މި ފަހަރު، ކެނަޑާ، މެކްސިކޯ އަދި އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގައި ކުޅޭނެ ކަމުގެ ޔަގީންކަން ދެއްވުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ފެބްރުއަރީ މަަހު، އެމެރިކާ އާއި އިޒްރޭލުން އިސްވެ، އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އިރާނުގެ ސަރުކާރުން ވޯލްޑް ކަޕްގައި ނުކުޅޭނެކަމަށް ބުނެފައިވީ ނަމަވެސް، ފީފާ އިން ބުނަމުން އަންނަނީ އިރާން ވޯލްޑް ކަޕްގައިި ކުޅޭނެ ކަމަށެވެ. 

Advertisement

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އޮތް ފީފާގެ ކޮންގްރެސްގައި، އެ ފެޑެރޭޝަންގެ 211 ގައުމުގެ ތެރެއިން ބައިވެރިނުވެވުނީ އިރާންގެ އޮފިޝަލުންނަށް އެކަންޏެވެ. އިރާންގެ މީޑިއާއެއް ކަމަށްވާ ތަސްނީމް އިން ރިޕޯޓްކުރި ގޮތުގައި، އިރާންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، މެހެދީ ތާޖު ހިމެނޭހެން އިރާންގެ އޮފިޝަލުންނަށް ކެނަޑާ އަށް އެރުމުގެ ހުއްދަ ކެނަޑާ އިމިގްރޭޝަނުން ދީފައިނުވެ އެވެ. ކެނަޑާގެ ފޮރިން އެފެއާޒް މިނިސްޓަރު، އަނިޓާ އަނަންދު ވިދާޅުވީ، އިރާންގެ އޮފިޝަލުން ކެނަޑާ އަށް އެތެރެވުމަަށް ހުއްދަ ދެވޭނެ ހާލަތެއް ނެތް ކަމަށެެވެ. 

ފީފާ ކޮންގްރެސް އަށް ނާދެވުނަސް، އިރާން ވޯލްޑް ކަޕްގައި ކުޅޭނެ

ކެނަޑާގެ ވެންކޫވާގައި ކުރިއަށްދިޔަ ފީފާގެ ކޮންގްރެސް އަށް އިރާނަށް ނާދެވުނު ކަމުގައި ވިޔަސް، ޖޫން/ޖުލައި ގައި އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި އިރާން ކުޅޭނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ވިދާޅުވެފައި.

ރިޕޯޓްތައް ބުނާގޮތުން، އިރާންގެ ފުޓްބޯޅަ ރައީސް ތާޖު އަކީ، އެ ގައުމުގެ އިސްލާމިކް ރިވުލޫޝަނަރީ ގާޑް (އައިއާރްޖީސީ)އާ ގުޅުން އޮންނަ ފަރާތެއް ކަމަށް ބުނެ، ކެނަޑާ އަށް އައުމަށް އޭނާ އަށް ފުރުސަތު ނުދިނީ، އައިއާރްޖީސީ އަކީ ކެނަޑާ އިން ލިސްޓު ކޮށްފައިވާގޮތުގައި، ޓެރަރިސްޓް ޖަމާއަތެކެވެ. ތާޖު ވަނީ މީގެ ކުރިން، އައިއާރްޖީސީގެ އިސް އޮފިޝަލެއްގެ މަގާމު އަދާކޮށްފަ އެވެ. އެކަމަކު، އިރާންގެ އެފްއޭގެ މަގާމާ ހަވާލުވުމުގެ މާ ކުރިން، ތާޖު ވަނީ އައިއާރްޖީސީގެ މަގާމުން ދުރުވެފަ އެވެ. 

އިރާނުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި، ތާޖު ވަނީ އޭނާ މިހާރު ހުރި މަގާމުގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް އައިއާރްޖީސީގެ ތުހުމަތެއް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އިރާނުން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅެން ދާނީ ސަލާމަތާއި ރައްކާތެރިކަން ފީފާ މެދުވެރިވެގެން ޔަގީންކަން ލިބޭ ގޮތަށް ކަަމަށް ތާޖު ވިދާޅުވެފައިވެ އެވެ. 

"ފުރަތަމަ ކަމަކަށް ކެނަޑާގައި މި ހިނގި ކަހަލަ ކަމެއް ވެގެންނުވާނެ، އަހަރެމެން ވޯލްޑް ކަޕަކަށް މި ދާން ޖެހެނީ ކޮލިފައިވެފައި އޮތީމަ. އަހަރެމެންގެ ހޯސްޓަކަށްވާން ޖެހޭނީ ފީފާ. ޓްރަމްޕެއް ނޫން، އެމެރިކާއެއް ވެސް ނޫން. އަހަރެމެން ހޯސްޓްކުރަން ފީފާ އިން އެއްބަސްވަންޏާ، އަހަރެމެންގެ މިލިޓަރީ އާއި ރައްޔިތުންނަށް އިހުތިރާމް ކުޑަކުރަން ފުރުސަތު އޮވެގެން ނުވާނެ،" ތާޖު ވިދާޅުވި އެވެ. 

ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުބާރާތް ފީފާ ވޯލްޑް ކަޕުގައި އިރާން އޮތީ ގްރޫޕް ޖީ ގަ އެވެ. އިރާނުގެ ހުރިހާ މެޗުތަކެއް ވެސް ކުޅެން ހަމަޖެހިފައި އޮތީ އެމެރިކާގަ އެވެ. އިރާނާއެކު އެ ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް، އިޖިޕްޓް އަދި ނިއުޒީލެންޑެވެ. އިރާން ކުޅޭ ފުރަތަަމަ ދެ މެޗު އޮތީ ލޮސް އެންޖެލްސްގައި، ނިއު ޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ޖޫން 15 އާއި 21 ގަ އެވެ. އަދި، މިސްރާ ދެކޮޅަށް ކުޅެން އޮތް މެޗު، ޖޫން 26 ގައި ކުޅޭނީ ސިއޭޓަލްގަ އެވެ.

އިރާނުން ވަނީ ވޯލްޑް ކަޕްގައި ކުޅެން ތައްޔާރީތައް ފަށައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، މި މަހުގެ 20 ވަނަ ދުވަހު ސްވިޒަލެންޑުގެ ޒިއުރިކްގައި އިރާންގެ ފުޓްބޯޅަ އޮފިޝަލުންނާއި ފީފާ އިން ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ. މިއީ، އިރާނުން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭއިރު، ސެކިއުރިޓީގެ ކަންކަން ހަމަޖެހިފައި އޮންނަ ގޮތް ދެނެގަންނަން އިރާން އެފްއޭ އިން އެދިގެން ފީފާ އިން ބާއްވާ ބައްދަލުވުމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox