ޓްރަމްޕް އެދުނަސް އިރާންގެ ބަދަލުގައި އިޓަލީން ވޯލްޑް ކަޕްގައި ކުޅެން ބޭނުމެއް ނޫން

Apr 23, 2026, 11:59 PM
ފީފާގެ ރައީސް އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް ޓްރަމްޕް.

ފީފާގެ ރައީސް އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް ޓްރަމްޕް.

މިލާން (އޭޕްރީލް 23) - އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެދުނު ކަމުގައި ވިޔަސް އިރާންގެ  ބަދަލުގައި، މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކުޅެން އިޓަލީން ބޭނުންނުވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ. 

އިޓަލީގެ ސަރުކާރުގެ ގިނަ ވަޒީރުން ވަނީ އެކަމާ ޝުއޫރުފާޅުކުރައްވައިފަ އެވެ. 

އެމެރިކާގެ ރައީސް ޓްރަމްޕްގެ އެންވޯއި ޕައޮލޯ ޒަމްޕޯލީ ވަނީ ފީފާ އަށް ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ.

Advertisement

އެ ޕްރޮޕޯސަލަކީ، އިޒްރޭލާއި އެމެރިކާ އިން އިސްވެ، އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، އިރާނުން އަންނަ ޖޫން/ޖުލައި މަހު، އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅެން ނުދެވޭނެކަން އަންގާފައިވާއިރު، އެ ޓީމުގެ ބަދަލުގައި، މި ފަހަރުގެ ވޯލްްޑް ކަޕަށް ކޮލިފައިނުވެ، ޖެހިޖެހިގެން ތިން ވަނަ ވޯލްޑް ކަޕުން ފުރުސަތު ގެއްލުނު އިޓަލީ އަށް އެ ޖާގަ ދިނުމަށެވެ. 

އިޓަލީގެ ސްޕޯޓްސް މިނިސްޓަރު އަބޯޑީ: އިރާނުގެ ޖާގައިގައި އިޓަލީން ވޯލްޑް ކަޕްގައި ނުކުޅޭނެ ކަމަށް ވަނީ ވިދާޅުވެފައި.
އިޓަލީގެ ސްޕޯޓްސް މިނިސްޓަރު އަބޯޑީ: އިރާނުގެ ޖާގައިގައި އިޓަލީން ވޯލްޑް ކަޕްގައި ނުކުޅޭނެ ކަމަށް ވަނީ ވިދާޅުވެފައި.

އެ ޕްރޮޕޯސަލާ ބެހޭގޮތުން، އިޓަލީގެ ސްޕޯޓްސް މިނިސްޓަރު އަންޑްރެއާ އަބޯޑީ އާއި އިކޮނޮމިކް މިނިސްޓަރު ޖިއަންކާލޯ ޖިއޯޖެއްޓީ އަދި އިޓަލީގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ލޫޝިއާނޯ ބޮންފިގްލިއޯލީ ވާހަކަ ދެއްކެވިއިރު، ވިދާޅުވީ، އިރާނުގެ ބަދަލުގައި އިޓަލީން ވޯލްޑް ކަޕްގައި ކުޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. 

"އެއީ ކުރެވޭނެ ކަމެއް ވެސް ނޫން، ކޮށްގެން ވާނެ ވެސް ކަމެއް ނޫން. އަހަރެެމެން ގަބޫލުކުރަނީ ވޯލްޑް ކަޕްގައި ކުޅެން ޖެހޭނީ ދަނޑުމަތީގައި ކޮލިފައިން ކުޅެގެން، އެ ހައްގުވެރިކަން ހޯދައިގެންކަން،" ސްޕޯޓްސް މިނިސްޓަރު އަބޯޑީ ވިދާޅުވި އެވެ. 

އިޓަލީގެ ކުރީގެ ކުޅުންތެރިން ވެސް ވަނީ ފީފާ އިން އެ ގޮތަށް ދޭ ފުރުސަތެއްގެ ބޭނުން ހިފައިގެން ވޯލްޑް ކަޕް ކުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ބުނެފަ އެވެ. 

ޕްލޭން ބީ އެއް ނެތް، އިރާން ވޯލްޑް ކަޕް ކުޅޭނެ: އިންފަންޓީނޯ

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި އަންނަ ޖޫން/ޖުލައި ގައި ކުރިއަށްގެންދާ ގޮތަށް ތާވަލުކޮށްފައިވާ ފީފާ ވޯލްޑް ކަޕްގައި އިރާން ކުޅޭނެ ކަމަށާއި އެކަމާ ގުޅޭގޮތުން، ފީފާ އިން ޕްލޭން ބީއެއް ނުގެންގުޅޭ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ވިދާޅުވެފައި.

ދާދި ފަހުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ، ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ކުޅެން އިރާނުން ޖެހޭނީ އެމެރިކާ އަށް އަންނަން ކަމަށް ވިދާޅުވެފަ އެވެ. އަދި، އިރާން ފުޓްބޯޅަ ޓީމަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެމެރިކާ އިން ފަސްނުޖެހޭނެ ކަމަށް ވެސް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ. 

އިންފަންޓީނޯ ވަނީ، އިރާން ނުލައި ވޯލްޑް ކަޕް ކުޅެން ފީފާ އިން އިތުރު ޕްލޭނެއް ނުގެންގުޅޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަަޕަށް ވެސް އިޓަލީ ކޮލިފައިނުވީ ޕްލޭއޮފުން ކުރިއަށް ނުދެވިގެންނެވެ. މި ފަހަރުގެ ކުރިން، ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން، 1-0 އިން އިޓަލީ ބަލިކުރި ގޯލު ޖެހީ އިތުރު ވަގުތުގައި އަލެކްސަންޑަ ޓްރަޖޯވްސްކީ އެވެ. ކުރިން ފަހަރުތަކާ ހިލާފަށް އިޓަލީން މި ފަހަރުގެ ޕްލޭއޮފް ފުރަތަމަ މެޗުން ވަނީ މޮޅުވެފަ އެވެ. އެކަމަކު، ޕްލޭއޮފް ފައިނަލުން ބޮސްނިއާ އަތްދަށުވެ ކެޓީ އެވެ.

ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ގަބްރިއެލް ގްރަވީނާ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

އިޓަލީގެ ކޯޗިން ސްޓާފުންގެ ގޮތުގައި މަސައްކަތްކުރި، ކުރީގެ އެއް ވަނަ ގޯލްކީޕަރު، ޖިއަންލުއިޖީ ބުފޮން ވަނީ ޓީމު ދޫކޮށްލައިފަ އެވެ. އަދި، ކޯޗު ޖެނާރޯ ގަޓޫސޯ ވެސް ވަނީ މަގާމުން އިސްތިއުފާދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox