ބްރެޒިލްގެ އެސްޓެވާއޯ އަށް ވޯލްޑް ކަޕް ގެއްލުމުގެ ބިރު

Apr 24, 2026, 9:34 AM
ބްރެޒިލްގެ ތަރި އެސްޓެވާއޯ: އޭނާގެ ފަލަމަސްގަނޑަށް ވަނީ ސީރިއަސް އަނިޔާއެއްވެފައި.

ބްރެޒިލްގެ ތަރި އެސްޓެވާއޯ: އޭނާގެ ފަލަމަސްގަނޑަށް ވަނީ ސީރިއަސް އަނިޔާއެއްވެފައި.

ލަންޑަން (އޭޕްރީލް 24) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުސަތު ޗެލްސީގެ ބްރެޒިލް ތަރި، އެސްޓެވާއޯ އަށް ގެއްލުމުގެ ބިރު ބޮޑުވެއްޖެ އެވެ. 

އުމުރުން 18 އަހަރުގެ އެސްޓެވާއޯގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ހެދި ޗެލްސީން އެންމެ ފަހުން ކުޅުނު މެޗުގައި ވެސް އެސްޓެވާއޯ ނުކުޅެ އެވެ. އެސްޓެވާއޯ އަށް އަނިޔާވީ، މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 އިން ޗެލްސީ ބަލިވި މެޗުގަ އެވެ. އެހެންވެ، ޗެލްސީގެ ކޯޗު ލިއަމް ރޮސެނިއާ އެ ޓީމަށް އިރުޝާދުދިން ފަހު މެޗު، ބްރައިޓަން އަތުން 3-0 އިން ބަލިވި މެޗުގައި އެސްޓެވާއޯ ނުފެނެ އެވެ. 

ބްރެޒިލްގެ ކޯޗުކަމާ ކާލޯ އަންޗެލޮޓީ ހަވާލުވެ، އެ ޓީމުން ގަވާއިދުން ފުރުސަތު ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި އެސްޓެވާއޯ ހިމެނެ އެވެ. އަދި، އެސްޓެވާއޯ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ މުހިންމު ކުޅުންތެރިއަކަށް ވުމުގެ އިތުރުން މުބާރާތުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކާނެ ޒުވާން ތަރި އެއް ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. 

Advertisement

ވޯލްޑް ކަޕްގައި ބްރެޒިލް ހިމެނެނީ، މޮރޮކޯ، ހައިޓީ އަދި ސްކޮޓްލެންޑާ އެއް ގްރޫޕެއްގަ އެވެ. ބްރެޒިލްގެ ފުރަތަމަ މެޗު އޮތީ ޖޫން 13 ވަނަ ދުވަހު މޮރޮކޯއާ ދެކޮޅަށެވެ. ރިޕޯޓްތައް ބުނާގޮތުން، އެސްޓެވާއޯ އަށް ވޯލްޑް ކަޕަށް ފިޓްވުމުގެ ފުރުސަތު މި ވަގުތަށް ބަލާއިރު އެންމެ ބޮޑުކޮށް ނެތް ކަމުގައި ވިޔަސް، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭ، އޭނާގެ ރިހެބިލިޓޭޝަން ދާ ގޮތުން، ވޯލްޑް ކަޕްގައި ކުޅެވޭނެކަމާ މެދު ސީދާކޮށް ކަންކަން ސާފުވެގެންދާނެ އެވެ. 

އެސްޓެވާއޯގެ އަނިޔާގެ ކަންކަަމުގައި އަމަލުކުރަމުން އަންނަނީ، ޗެލްސީ އާއި ބްރެޒިލްގެ މެޑިކަލް ޓީމު ގުޅިގެންނެވެ. 

ބްރެޒިލް ގައުމީ ޓީމުން މީގެ ދެ އަހަރު ކުރިން، އެންމެ ފުރަތަމަ ޖާގަ ހޯދި އެސްޓެވާއޯ ވަނީ އެ ޓީމަށް މިހާތަނަށް ޖުމްލަ އެކު، 11 މެޗު ކުޅެދީފަ އެވެ. އެ މެޗުތަކުގައި އޭނާ ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox