ފީފާ ވޯލްޑް ކަޕްގެ އިނާމް ފައިސާ އިތުރު ކުރަން މަޝްވަރާކުރަނީ

Apr 28, 2026, 10:12 AM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ވެންކޫވާ، ކެނަޑާ (އޭޕްރީލް 28) - މެކްސިކޯ، ކެނަޑާ އަދި އެމެރިކާގައި އަންނަ ޖޫން/ޖުލައި މަހު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ އިނާމް ފައިސާ އިތުރު ކުރަން ފީފާ އިން މަޝްވަރާކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

 ފީފާ އިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، މި އަހަރުގެ ވޯލްޑް ކަޕްގެ އިނާމް ފައިސާ ކުރިން ފަހަރުތަކަށް ވުރެން އިތުރުވާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އެ ގޮތުން، ފީފާ އިން އިއުލާނުކުރި ގޮތުގައި، މި އަހަރުގެ ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ޕްރައިޒް ފަންޑްގެ  ޖުމްލަ އަކީ، 727 މިލިއަން ޑޮލަރެވެ.

އިނާމް ފައިސާ ދޭ ގޮތުގެ ތަފްސީލް ހާމަކޮށްފައިވާ ގޮތަށް ބަލާއިރު، ބައިވެރިވާ 48 ގައުމުގެ ތެރެއިން ކޮންމެ ގައުމަކަށް، 10.5 މިލިއަން ޑޮލަރު ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ. އަދި، މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ގައުމަކަށް 50 މިލިއަން ޑޮލަރު ދޭން ވަނީ ހިމަނައިފަ އެވެ.

މިދިޔަ މަހު، ދި އެތުލެޓިކްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔުއެފާ އިން ހުށަހަޅައިގެން ފީފާ އިން އަންނަނީ އިނާމް ފައިސާ އިތުރު ކުރުމާ މެދު ރަސްމީކޮށް ކަންކަން ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ގޮތުން، އަންނަ ބުރާސްފަތި ދުވަހު ވެންކޫވާގައި ކުރިއަށްދާ ފީފާގެ 76 ވަނަ ކޮންގްރެސްގެ ތެރެއިން ކުރިއަށްދާ ބައްދަލުވުންތަކުގައި ވޯލްޑް ކަޕްގެ އިނާމް ފައިސާގެ ކަންކަން ކަނޑައެޅިގެންދާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން، ފުރުސަތު ބޮޑީ، ފީފާ އިން މިދިޔަ ޑިސެމްބަރު މަހު އިއުލާނު ކުރި ވޯލްޑް ކަޕް އިނާމް ފައިސާ ފަންޑްގައި އޮތްގޮތަށް ފާސްކުރުމަށެވެ. 

ފީފާ އިން ޕްރޮޖެކްޓްކުރާ ގޮތުގައި މި ފަހަރުގެ ވޯލްޑް ކަޕްގެ ރެވެނިއުގެ ޖުމްލަ، 11 ބިލިއަން ޑޮލަރަށް އަރާނެ އެވެ. ފީފާ އިން އަންނަނީ މި ފަަހަރުގެ ވޯލްޑް ކަޕްގެ އޮޕަރޭޝަނަލް ހަރަދުތައް ކުޑަކުރަން ވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، އޮޕަރޭޓިން ބަޖެޓްގެ ތެރެއިން 100 މިލިއަން ޑޮލަރު މަދުކުރަން ނިންމާފައިވާއިރު، ސެކިއުރިޓީ އާއި އެހެނިހެން ކަންކަމުގައި ބޭނުންކުރަމުން އަންނަ ބަޖެޓާ މެދު ވެސް ކަންކަން ކުރުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox