މެކްސިކޯގެ ލެޖެންޑަރީ ކީޕަރު އޮޗޯއާ ރިޓަޔާކުރާނީ މި ފަަހަރުގެ ވޯލްޑް ކަޕްގައި ކުޅެފައި

May 1, 2026, 10:19 AM
މެކްްސިކޯގެ ގޯލްކީޕަރު ގިލެރްމޯ އޮޗޯއާ.

މެކްްސިކޯގެ ގޯލްކީޕަރު ގިލެރްމޯ އޮޗޯއާ.

މެކްސިކޯ ސިޓީ (މެއި 1) - މެކްސިކޯގެ ލެޖެންޑަރީ ގޯލްކީޕަރު، ގިލެރްމޯ އޮޗޯއާ، ފުޓްބޯޅަ އިން ރިޓަޔާކުރަން ނިންމާފައިވަނީ، ޖޫން/ޖުލައިގައި އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

އުމުރުން 40 އަަހަރުގެ އޮޗޯއާ އަންނަނީ، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން ހުރިހާ ވޯލްްޑް ކަޕެއްގައި ކުޅެމުންނެވެ. 

ޖަރުމަނުގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އޮޗޯއާ އަކީ މެކްސިކޯގެ ތިން ވަނަ ގޯލްކީޕަރެވެ. އަދި، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ހޯސްޓްކުރި ވޯލްޑް ކަޕްގައި އޮޗޯއާ އަކީ ޓީމުގެ ދެ ވަނަ ކީޕަރެވެ. އެ މުބާރާތުގައި ވެސް މެޗެއްގައި ފެނިފައިނުވެ އެވެ. އެކަމަކު، 2014 ވަަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕާއި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕާއި އެންމެ ފަހުން، 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އޮޗޯއާ އަކީ މެކްސިކޯގެ ގޯލު ބެލެހެއްޓި ގޯލްކީޕަރެެވެ. އޭނާ ދެއްކި މޮޅު ކުޅުމުން ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތެވެ.  

ވޯލްޑް ކަޕްގައި ކުޅެން އޮޗޯއާ ނިންމީ މެކްސިކޯގެ ކޯޗުަކަމާ ހަވާލުވެ ހުރި ހަވިއޭ އަގީރޭއާ މަޝްވަރާ ކުރުމަށް ފަހު އެވެ. އަދި، އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑް ކަޕެއްގައި ކުޅެފައި ފުޓްބޯޅަ އިން ރިޓަޔާކުރުމަކީ، އޮޗޯއާ ފަދަ ލެޖެންޑަކަށް ދެވެން އޮތް ނަމަ ފަހިކޮށްދޭން ޖެހޭ ފުރުސަތެއްގެ ގޮތުގައި މެކްސިކޯގެ ފުޓްބޯޅަ ފެޑެރޭޝަނުން ދެކެ އެވެ. 

މެކްސިކޯ ގައުމީ ޓީމަށް 2005 ވަނަ އަހަރު ކުޅެން ފެށި އޮޗޯއާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 152 މެޗު ކުޅެދީފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯ ހިމެނެނީ، ދެކުނު އެފްރިކާ އާއި ދެކުނު ކޮރެއާ އަދި ޗެކް ރިޕަބްލިކްއާ އެއް ގްރޫޕެއްގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox