އަައިޕީއެލްގެ ފައިނަލް ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅޭ ގޮތަށް ބަދަލުކޮށްފި

May 7, 2026, 12:52 PM
ނަރެންދުރަ މޯދީ ސްޓޭޑިއަމްގެ ސީޓުތައް ސާފުކުރުމަށް ދަނޑުގެ ސްޓާފުން ފެން ޖަހަމުން.--- ފޮޓޯ: ގެޓީއިމޭޖަސް

ނަރެންދުރަ މޯދީ ސްޓޭޑިއަމްގެ ސީޓުތައް ސާފުކުރުމަށް ދަނޑުގެ ސްޓާފުން ފެން ޖަހަމުން.--- ފޮޓޯ: ގެޓީއިމޭޖަސް

ބެންގަލޫރު (މެއި 7) - ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލިގު (އައިޕީއެލް)ގެ ފައިނަލް މެޗު އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅޭ ގޮތަށް ބަދަލުކޮށްފި އެވެ. 

ކުރިން ފައިނަލް މެޗު ކުޅެން ހަމަޖެހިފައި އޮތީ ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގަ އެވެ. 

އެކަމަކު، އައިޕީއެލްގެ އޮގަނައިޒަރުން ބުނެފައިވަނީ، ފައިނަލް މެޗު ކުޅޭ ދަނޑު ބަދަލުކުރަން ޖެހިފައިވަނީ، ކުއްލިއަކަށް އުސޫލުތަކަށް ގެނެވުނު ބަދަލުތަކެއްގެ ސަބަބުންނެވެ. މި އުސޫލުތަކަކީ، އިންޑިއާގެ ކްރިކެޓްގެ މައި ޖަމިއްޔާ، ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން ލޯކަލް (ސްޓޭޓް) އެސޯސިއޭޝަންތަކާއި ރަސްމީ އިދާރާތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާ ގައިޑްލައިނެއްގެ ތެރެއިން އައި ބަދަލެކެވެ. 

Advertisement

ނަރެންދުރަ މޯދީ ސްޓޭޑިއަމަކީ މުޅި ދުނޔޭގެ ނިސްބަތުން ބެލިޔަސް އެންމެ ބޮޑު އެއް ކްރިކެޓް ސްޓޭޑިއަމް އެވެ. އެ ސްޓޭޑިއަމަކީ 1،32،000 މީހުންގެ ޖާގައިގެ ދަނޑެކެވެ. 

އެ ގޮތުން، މީގެ ކުރިން ވެސް އައިޕީއެލްގެ ފައިނަލް ތިން ފަހަރެއްގެ މަތިން އެ ދަނޑުގައި ހޯސްޓްކޮށްފައިވެ އެވެ. އެ އަހަރުތަކަކީ، 2022 އާއި 2023 ވަނަ އަހަރުގެ ފައިނަލްގެ އިތުރުން 2025 ވަނަ އަހަރުގެ ފައިނަލް އެވެ.  

ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅުނު އައިސީސީ މުބާރާތެއްގެ މެޗެއްގެ ތެރެއިން.
ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅުނު އައިސީސީ މުބާރާތެއްގެ މެޗެއްގެ ތެރެއިން.

މީގެ އިތުރުން، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން 2023 ވަނަ އަހަރު އިންޑިއާގައި ހޯސްޓްކުރި، 50 އޯވަރުގެ ވޯލްޑް ކަޕް ފައިނަލް މެޗު ވެސް ހޯސްޓްކުރީ އެ ސްޓޭޑިއަމްގަ އެވެ. މި ފަހަރުގެ އައިޕީއެލް ފައިނަލް ކުޅޭ ގޮތަށް ކަނޑައަޅާފައި އޮތީ މި މަހުގެ 31 ވަނަ ދުވަހު އެވެ. އޭގެ ކުރިން، މެއި 26 ވަނަ ދުަވަހު، އައިޕީއެލްގެ އެއް ވަނަ އާއި ދެ ވަނަ ކުޅޭ ކޮލިފަޔާ 1 އޮންނާނީ ދަރަމްޝާލާގަ އެވެ. އަދި، އައިޕީއެލްގެ ތިން ވަނަ އާއި ހަތަރު ވަނަ ބައްދަލުކުރާ އެލިމިނޭޓާ މެޗު މި މަހު 27 ގައި ނިއު ޗަންދީގަރުގައި ކުޅޭއިރު، އެ ދަނޑުގައި ކޮލިފަޔާ 2 ކުޅޭނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. ކޮލިފަޔާ 2 ގައި ބައްދަލުކުރާނީ ކޮލިފަޔާ 1 އިން ބަލިވި ޓީމާއި އެލިމިނޭޓާ އިން މޮޅުވި ޓީމެވެ. 

އައިޕީއެލްގެ މި ވަގުތުގެ ތާވަލަށް ބަލާއިރު، 11 މެޗުން 14 ޕޮއިންޓާ އެކު، އެއް ވަނައިގައި އޮތީ ސަންރައިޒާސް ހައިދަރުއާބާދު އެވެ. ދެ ވަނައިގައި އޮތީ 10 މެޗުން 13 ޕޮއިންޓް ހޯދައިގެން، ޕަންޖާބް ކިންގްސް އެވެ. އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު ތިން ވަނައިގައި އޮތީ ނުވަ މެޗުން 12 ޕޮއިންޓާ އެކު އެވެ. އަދި، ހަތަރެއްގައި އޮތް ރާޖަސްތާން ރޯޔަލްސް އަށް 10 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ގުޖުރާތު ޓައިޓަންސް އަށް ވެސް 10 މެޗުން 12 ޕޮއިންޓް ލިބިފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox