އައިޕީއެލްގައި ރެކޯޑް ތަކެއް ފެނިގެންދިޔަ މެޗުތަކެއް

Apr 26, 2026, 9:34 AM
ރޭގެ މެޗުތަކުގެ ތެރެއިން: ރާޖަސްތާންގެ ސޫރްޔަވަންޝީ (ކ)، ޕަންޖާބްގެ ކެޕްޓަން އަޔަރު (މ) އަދި ދިއްލީގެ ކޭއެލް ރާހުލް

ރޭގެ މެޗުތަކުގެ ތެރެއިން: ރާޖަސްތާންގެ ސޫރްޔަވަންޝީ (ކ)، ޕަންޖާބްގެ ކެޕްޓަން އަޔަރު (މ) އަދި ދިއްލީގެ ކޭއެލް ރާހުލް

ނިއު ދިއްލީ، އިންޑިއާ (އޭޕްރީލް 26) - ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ތާރީހީ ރެކޯޑްތަކެއް ފެނިގެންގޮސްފި އެވެ.

އެ ގޮތުން، ޕަންޖާބް ކިންގްސް އިން ދިއްލީ ކެޕިޓަލްސް ހަ ވިކެޓުން ބަލިކުރި މެޗުގައި ދެ ރެކޯޑަކާ އެކު ނިމުނުއިރު، ރާޖަސްތާން ރޯޔަލްސް އަތުން ފަސް ވިކެޓުން ސަންރައިޒާސް ހައިދަރުއާބާދު މޮޅުވި މެޗުގައި ވެސް ރެކޯޑެއް ފެނިގެންދިޔަ އެވެ. 

ދިއްލީ ކެޕިޓަލްސް އިން ކުޅެން އަރައި އިއްޔެގެ މެޗުގައި 20 އޯވަރުގެ ތެރޭގައި، ދެ ކުޅުންތެރިން ނުބައިވެގެން 264 ލަނޑު ހެދިއިރު، އެ ޓީމުގެ ތަރި، ކޭއެލް ރާހުލް ވަނީ 67 ބޯޅައިން 152 ލަނޑު ހަދައިފަ އެވެ. އޭނާ އަަކީ އައިޕީއެލްގެ 19 އަހަރުވީ ތާރީހުގައި، 150 އަށް ވުރެން ގިނަ ލަނޑުހެދި އިންޑިއާގެ ފުރަަތަމަ ކުޅުންތެރިޔާ އެވެ. އަދި، މިދިޔަ 15 އަަހަރު ތެރޭ އެކަން ހާސިލްކުރި ހަމައެކަނި ކުޅުންތެރިޔާ އެވެ.

މީގެ ކުރިން، އައިޕީއެލްގައި 150 އަށް ވުރެން ގިނަ ލަނޑު ހެދީ، 2013 ވަނަ އަަހަރު ޕޫނޭ ވޯރިއާސް ދެކޮޅަށް ކުޅުނު މެޗުގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ)ގެ ކްރިސް ގޭލް، 66 ބޯޅައިން 175 ލަނޑެވެ. އަދި، 2008 ވަނަ އަހަރު ކަލްކަތާ ނައިޓްރައިޑާސް (ކޭކޭއާރް)ގެ ބްރެންޑަން މެކްކުލަމް ވަނީ 73 ބޯޅައިން 158 ލަނޑު ހަދައިފަ އެވެ. 

ރާހުލްގެ އާދަޔާހިލާފު ކުޅުމާ އެކު ވެސް ދިއްލީ އަށް ޕަންޖާބް ބަލިނުކުރެވުނެވެ. ޖަވާބުގައި ކުޅެން އަރައި ޕަންޖާބުން ވަނީ، 18.5 އޯވަރުގެ ތެރޭގައި، ހަތަރު ކުޅުންތެރިން ނުބައިވެގެން، 265 ލަނޑު ހަދައި، ޓީ20 ކްރިކެޓް ތާރީހުގައި ޗޭސް ކޮށްގެން އެންމެ ބޮޑު ސްކޯއެއް އަނބުރާލި ޓީމުގެ ރެކޯޑް ގާއިމްކޮށްފަ އެވެ. 

މި މޮޅާ އެކު، ޕަންޖާބް ވަނީ ހަތް މެޗުން 13 ޕޮއިންޓް ހަމަކޮށް، އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނައިގައި އޮތް އާރްސީބީ އަށް ހަތް މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ސަންރައިޒާސް ހައިދަރުއާބާދު އޮތީ ރޭ ރާޖަސްތާން ރޯޔަލްސް ބަލިކޮށްފަ އެވެ. ހައިދަރުއާބާދާއި ރާޖަަަސްތާނަށް ވެސް އަށް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. 

ހައިދަރުއާބާދުން ރޭ ޓޮސް ދިމާވުމުން ނިންމީ ހޮވާށެެވެ. ރާޖަސްތާނުން ކުޅެން އަރައި، 15 އަހަރުގެ ވައިބަވް ސޫރްޔަވަންޝީ، 37 މެޗުން ހަަމަކުރި 103 ލަނޑާ އެކު، ރާޖަސްތާނުން ވަނީ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 228 ލަނޑު ހަދައިފަ އެވެ. ސޫރްޔަވަންޝީ އަކީ، އައިޕީއެލްގެ އެއް ސީޒަނެއްގައި، އަންކެޕް ކުޅުންތެރިއެއްގެ ގޮތުގައި ހުރެ، ދެ ސެންޗަރީ ފުރިހަަމަ ކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

ހައިދަރުއާބާދުން މި މެޗު ކާމިޔާބުކުރީ، ޖަވާބުގައި ކުޅެން އަރައި، 18.3 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވެގެން 229 ލަނޑު ހަދައިގެންނެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox