ޗެއްނާއި އަތުން ބަލިވެ މުމްބައި އައިޕީއެލް އިން ކަޓައިފި

May 3, 2026, 8:03 AM
އިންޑިއަން ޕްރިމިއާ ލީގުގައި ރޭ ޗެއްނާއި އާއި މުމްބައި ކުޅުނު މެޗުގެ ތެރެއިން. --- ފޮޓޯ: އައިޕީއެލް

އިންޑިއަން ޕްރިމިއާ ލީގުގައި ރޭ ޗެއްނާއި އާއި މުމްބައި ކުޅުނު މެޗުގެ ތެރެއިން. --- ފޮޓޯ: އައިޕީއެލް

ޗެއްނާއި، އިންޑިއާ (މެއި 3) - އަށް ވިކެޓުން ޗެއްނާއި ސުޕަ ކިންގްސް (ސީއެސްކޭ) އަތުން ބަލިވެ، މުމްބައި އިންޑިއަންސް (އެމްއައި)، މި ފަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޕްލޭއޮފުން ފުރުސަތެއް ނުލިބި މުބާރާތުން ކަޓައިފި އެވެ. 

ފަސް ފަހަރު އައިޕީއެލްގެ ޗެމްޕިއަންކަން ހޯދި މުމްބައި އަށް ކިރިޔާ ވެސް މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތެއް އޮތީ ރޭގެ މެޗުން މޮޅުވެގެންނެވެ. ރޭގެ މެޗުން ނާކާމިޔާބުވެ، ޖެހިޖެހިގެން ތިން ވަނަ މެޗުން ބަލިވި މުމްބައި، އޮތީ 10 ޓީމު ވާދަކުރާ އައިޕީއެލްގެ ތާވަލުގެ ނުވަ ވަނައިގަ އެވެ. މުމްބައި އަށް ނުވަ މެޗުން ހަަތަރު ޕޮއިންޓް ލިބުނުއިރު، އެ ޓީމު މޮޅުވީ ދެ މެޗުންނެވެ. ހަތް މެޗުން ވަނީ ބަލިވެފަ އެވެ. އެންމެ ފުލުގައި އޮތް ލަކްނައު ސުޕަ ޖަޔަންޓްސް އިން ވަނީ އަށް މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ލަކްނައު އިން ދެން ކުޅޭ މެޗުން މޮޅުވެއްޖެނަމަ، މުމްބައި އެންމެ ފުލަށް ވެއްޓޭނެ އެވެ. 

ޗިޕަކްގެ ޗިދަމްބަރަމް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި މުމްބައި އިންޑިއަންސް އަށް ޓޮސް ދިިމާވުމުން ނިންމީ ކުޅެން އެރުމަށެވެ. އެ ގޮތުން، އެ ޓީމުން 20 އޯވަރުގެ ތެރޭގައި، ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 159 ލަނޑެވެ. އެންމެ ގިނަ ލަނޑު ހަދައިދިނީ، 37 ބޯޅައިން 57 ލަނޑު ހެދި ނަމަން ދީރު އެވެ. މި އިނިންސްގައި، ޗެއްނާއިގެ އަންޝުލް ކަންބޯޖް ވަނީ ހަތަރު އޯވަރަށް ތިން ވިކެޓް ނަގައިފަ އެވެ. އަދި، ނޫރު އަހުމަދު ވަނީ ހަތަރު އޯވަރަށް ދެ ވިކެޓް ނަގައިފަ އެވެ. 

އިންޑިއަން ޕްރިމިއާ ލީގުގައި ރޭ ޗެއްނާއި އާއި މުމްބައި ކުޅުނު މެޗުގެ ތެރެއިން. --- ފޮޓޯ: އައިޕީއެލް
އިންޑިއަން ޕްރިމިއާ ލީގުގައި ރޭ ޗެއްނާއި އާއި މުމްބައި ކުޅުނު މެޗުގެ ތެރެއިން. --- ފޮޓޯ: އައިޕީއެލް

ޖަވާބުގައި ކުޅެން އަރައި، ޗެއްނާއި އިން ވަނީ 18.1 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 160 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. ޗެއްނާއިގެ ރުތުރާޖު ގައިކްވާޑް އާއި ކާތިކް ޝަރްމާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، ނުބައިނުވެ، ގައިކްވާޑް، 48 ބޯޅައިން 67 ލަނޑު ހެދިއިރު، ޝަރްމާ ވަނީ ނުބައިނުވެ، 40 ބޯޅައިން 54 ލަނޑު ހަދައިފަ އެވެ. 

މި މޮޅާ އެކު، ޗެއްނާއި ވަނީ ޕްލޭއޮފްގެ އުންމީދު އާ ކޮށްފަ އެވެ. ނުވަ މެޗުން އަށް ޕޮއިންޓާ އެކު، ޗެއްނާއި އޮތީ ލީގުގެ ހަ ވަނައިގަ އެވެ. ރޭގެ މެޗަކީ، މި ފަހަރުގެ މުބާރާތުގައި ޗެއްނާއި މޮޅުވި ހަތަރު ވަނަ މެެޗެވެ. ޗެއްނާއި ވަނީ ފަސް މެޗުން ބަލިވެފަ އެވެ. 

މުބާރާތުގައި މިއަދު ދެ މެޗެއް އެބައޮތެވެ. މެންދުރު ފަހު ކުޅޭ މެޗުގައި ސަންރައިޒާސް ހައިދަރުއާބާދުން ކުޅޭނީ ކަލްކަތާ ނައިޓް ރައިޑާސްއާ އެެވެ. އަދި، މިރޭ ގުޖުރާތު ޓައިޓަންސް އިން ޕަންޖާބް ކިންގްސްއާ ބައްދަލުކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox