ވިރާތު އައިޕީއެލްގައި 9000 ލަނޑު ހަމަކޮށްފި

Apr 28, 2026, 11:22 AM
ބެންގަލޫރުގެ ތަރި ވިރާތު ކޯލީ.

ބެންގަލޫރުގެ ތަރި ވިރާތު ކޯލީ.

ނިއު ދިއްލީ، އިންޑިއާ (އޭޕްރީލް 28) - ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލިގު (އައިޕީއެލް)ގައި 9000 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް، ރޯޔަލް ޗެެލެންޖާސް ބެންގަލޫރު (އާރްސީބީ)ގެ ތަރި، ވިރާތު ކޯލީ އަށް ލިބިއްޖެ އެވެ. 

އުމުރުން 37 އަހަރުގެ ވިރާތު ވަނީ ރޭ ބެންގަލޫރުން ނުވަ ވިކެޓުން ދިއްލީ ކެޕިޓަލްސް ބަލިކުރި މެޗުގައި ނުބައިނުވެ، 15 ބޯޅައިން 23 ލަނޑު ހަދައިފަ އެވެ. ވިރާތު، 9000 ލަނޑު ހަމަކުރީ 275 ވަނަ މެޗުގަ އެވެ. ވިރާތު ވަނީ އެ މެޗުތަކުގައި، އަށް ސެންޗަރީ (100 ލަނޑު) އާއި ހަ ހާފް ސެންޗަރީ (50 ލަނޑު) ހަދައިފަ އެވެ. 

ވިރާތުއާ އެންމެ ގާތުގައި އޮތީ މުމްބައި އިންޑިއަންސް (އެމްއައި)ގެ ކުރީގެ ކެޕްޓަން، ރޯހިތު ޝަރްމާ އެވެ. ރޯހިތު ވަނީ މިހާތަނަށް ކުޅުނު މެޗުތަކުގައި ޖުމްލަ އެކު، 7183 ލަނޑު ހަދައިފަ އެވެ. ތިން ވަނައިގައި އޮތީ ކުރީގެ ތަރި، ޝިކަރް ދަވަން އެވެ. އޭނާ ވަނީ 6769 ލަނޑު ހަދައިފަ އެވެ. 

Advertisement

އަރުން ޖެޓްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ބެންގަލޫރުން ނިންމީ ހޮވާށެވެ. ފީލްޑިން އަށް ނުކުމެ، ބެންގަލޫރުން ވަނީ ތަފާތު ދައްކައިފަ އެވެ. ދިއްލީ ކެޕިޓަލްސްގެ ހުރިހާ ކުޅުންތެރިން، 16.3 އޯވަރުގެ ތެރޭގައި ނުބައިވީ 75 ލަނޑަށެވެ. އެ ގޮތުން، ފުރަަތަމަ ހަތަރު އޯވަރުގެ ތެރޭގައި، ހަ ކުޅުންތެރިން ވަނީ އަށް ލަނޑަށް ނުބައިވެފަ އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 3.3 އޯވަރުގެ ތެރޭ ހަތަރު ވިކެޓް ނެގި ޖޯޝް ހޭޒަލްވުޑް އާއި ތިން އޯވަރުގެ ތެރޭގައި ތިން ވިކެޓް ނެގި، ބުވްނޭޝްވަރު ކުމާރު (ބޫވީ) އެވެ. 

ޖަވާބުގައި ކުޅެން އަރައި، ބެންގަލޫރުން ވަނީ 6.3 އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިއަކު ނުބައިވިއިރު، 77 ލަނޑު ހަދައިފަ އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ، 13 ބޯޅައިން 34 ލަނޑު ހެދި ދޭވްދަތު ޕަޑިއްކަލް އެވެ. 

އައިޕީއެލްގެ އެއް ވަނައިގައި އޮތީ ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ، (އެއް މެޗު ނޯ ރިޒަލްޓް) އަށް ފަހު 13 ޕޮއިންޓް ހޯދި، ޕަންޖާބް ކިންގްސް އެވެ. ދެ ވަނައިގައި އޮތް ބެންގަލޫރަށް އަށް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސަންރައިޒާސް ހައިދަރުއާބާދު އާއި ހަތަރެއްގައި އޮތް ރާޖަސްތާން ރޯޔަލްސް އަށް ވަނީ އަށް މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox