ޝްރޭޔަސްގެ މޮޅު ކުޅުމާ އެކު ރެކޯޑް ދަމަހައްޓައި ޕަންޖާބް އެއް ވަނަ އަށް

Apr 17, 2026, 2:07 PM
ޕަންޖާބް ކިންގްސްގެ ކެޕްޓަން ޝްރޭޔަސް ރޭގެ މެޗުގެ ތެރެެއިން.

ޕަންޖާބް ކިންގްސްގެ ކެޕްޓަން ޝްރޭޔަސް ރޭގެ މެޗުގެ ތެރެެއިން.

މުމްބާއި (އޭޕްރީލް 17) - ކެޕްޓަން ޝްރޭޔަސް އަޔަރުގެ މޮޅު ކުޅުމާ އެކު، ހަތް ވިކެޓުން މުމްބައި އިންޑިއަންސް (އެމްއައި) ބަލިކޮށް، ޕަންޖާބް ކިންގްސް އިން ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައި، އިންޑިއަަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ. 

ދިހަ ޓީމު ކުޅޭ އައިޕީއެލްގައި ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ޕަންޖާބް އެވެ. 

ދުނިޔޭގެ އެންމެ އަގުބޮޑު އަދި ފޯރިގަދަ ފްރެންޗައިސް ކްރިކެޓް. ލީގު އައިޕީއެލްގެ އެއް ވަނައިގައި ޕަންޖާބް އޮތީ ފަސް މެޗު ކުޅުނުއިރު، ހަތަރު މެޗުން މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ. ޕަންޖާބުން ކަލްކަތާ ނައިޓް ރައިޑާސްއާ ދެކޮޅަށް ކުޅެން އޮތް މެޗު ވިއްސާރައިގެ ސަބަބުން، ނޯ ރިޒަލްޓް (ނަތީޖާއެއް ނެތް) މެޗެއް ގޮތަށް ކަނޑައަޅައި، ކޮންމެ ޓީމަކަށް ޕޮއިންޓެއް ދިނެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އާއި ތިން ވަނައިގައި އޮތް ރާޖަސްތާން ރޯޔަލްސް އަށް ފަސް މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، މި ދެ ޓީމު ބަލިވީ އެއް މެޗުންނެވެ. 

މުމްބައިގެ މަޝްހޫރު ވަންކެޑޭ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ޕަންޖާބް ކިންގްސް އިން ޓޮސް ދިމާވުމުން ނިންމީ ހޮވާށެވެ. މުމްބައި އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 195 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކި ދެކުނު އެފްރިކާގެ ކުއިންޓަން ޑި ކޮކް ވަނީ 60 ބޯޅައިން 112 ލަނޑު ހަދައިފަ އެވެ. މި އިނިންގްސްގައި، ޕަންޖާބްގެ ކެޕްޓަން ޝްރޭޔަސް، ބައުންޑަރީ ކައިރިން ވެއްޓިގެންފައި ހިކި ބޯޅަ އަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނެވެ. 

ޖަވާބުގައި ކުޅެން އަރައި 16.3 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ޕަންޖާބުން 198 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. މި އިނިންސްގައި ޝްރޭޔަސް ވަނީ 35 ބޯޅައިން 66 ލަނޑު ހަދައިފަ އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ، 39 ބޯޅައިން 80 ލަނޑު ހެދި ޕްރަބްސިމަރަން ސިންގް އެވެ. 

ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މުމްބައި އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުންނެވެ. އެ ޓީމު އޮތީ ލީގު ތާވަލުގެ ނުވަަ ވަަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox