ގުޖުރާތު ބަލިކޮށް ބެންގަލޫރު އައިޕީއެލްގެ ދެ ވަނަ އަށް

Apr 25, 2026, 11:22 AM
ރޭގެ މެޗުގެ ތެރެެއިން ވިރާތު ބޯޅަ ފޮނުވާލަނީ

ރޭގެ މެޗުގެ ތެރެެއިން ވިރާތު ބޯޅަ ފޮނުވާލަނީ

ބެންގަލޫރު، އިންޑިއާ (އޭޕްރީލް 25) - އިންޑިއަން ޕްރިމިއާ ލިގު (އައިޕީއެލް)ގެ އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އިން ފަސް ވިކެޓުން ގުޖުރާތު ޓައިޓަންސް ބަލިކޮށް ލީގު ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ. 

ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އައިޕީއެލްގެ 19 ވަނަ  ސީޒަން މިހާރު ކުރިއަށްދާއިރު، އެއް ވަނައިގައި އޮތީ މެޗަކުން ބަލިނުވެ، ހަ މެޗުން 11 ޕޮއިންޓް ހޯދާފައިވާ ޕަންޖާބް ކިންގްސް އެވެ. ދެ ވަނަ އަށް ޖެހިލި އާރްސީބީ އާއި ތިން ވަނައިގައި އޮތް ރާޖަސްތާން ރޯޔަލްސް އަށް ހަތް މެޗުން ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ހަަތަރެއްގައި އޮތް ސަންރައިޒާސް ހައިދަރުއާބާދަށް ވަނީ ހަތް މެޗުން އަށް ޕޮއިންޓް ލިބިފަ އެވެ. 

ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި ރޭ ޓޮސް ދިމާވުމުން، ބެންގަލޫރުން ނިންމީ ހޮވާށެވެ. ގުޖުރާތުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވެގެން، 205 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 58 ބޯޅައިން 100 ލަނޑު ހަދައި، ސެންޗަރީއެއް ފުރިހަމަކުރި، ސައި ސުދަރްސަން އެވެ. ސުދަރްސަން ވަނީ، އައިޕީއެލްގައި އެންމެ މަދުން މެޗު ކުޅެ، 2000 ލަނޑު ހަމަކުރި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. ސުދަރްސަން އެ އަދަދަށް ލަނޑު ހެދީ 58 ބޯޅައިންނެވެ. 

ޖަވާބުގައި ކުޅެން އަރައި ބެންގަލޫރުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ވިރާތު ކޯލީ އެވެ. އެ ގޮތުން، 44 ބޯޅައިން 81 ލަނޑު ހެދި ވިރާތުގެ މޮޅު ކުޅުމާ އެކު، ބެންގަލޫރުން ވަނީ، 18.5 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވިިއިރު، 206 ލަނޑު ހަދައި މެޗުން މޮޅުވެފަ އެެވެ. އެ ޓީމުގެ ފިލް ސޯލްޓް އަނިޔާގެ ސަބަބުން ނުކުޅޭއިރު، އިންގްލެންޑްގެ ޒުވާން ތަރި، ޖޭކަބް ބެތެލް ވަނީ ކުޅެފަ އެވެ.  މި ފަހަރުގެ އައިޕީއެލްގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅުނު ބެތެލް، ނުބައިވީ 10 ބޯޅައިން 14 ލަނޑު ހަދާފައިވަނިކޮެށެވެ. 

މި ފަހަރުގެ އައިޕީއެލްގައި ބެންގަލޫރަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ދޭވްދަތު ޕަޑިއްކަލް ވަނީ 27 ބޯޅައިން 55 ލަނޑު ހަދައިފަ އެވެ. 

އައިޕީއެލްގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ދިއްލީ ކެޕިޓަލްސް އިން ޕަންޖާބް ކިންގްސްއާ ކުޅޭއިރު، ދެ ވަނަ މެޗުގައި، ރާޖަސްތާން ރޯޔަލްސް  އިން ކުޅޭނީ ސަންރައިޒާސް ހައިދަރުއާބާދުއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox