ސްޓާކްގެ އެނބުރި އައުން ވަރުގަދަ، ދިއްލީން ރާޖަސްތާން ބަލިކޮށްފި

May 2, 2026, 10:05 AM
ރާޖަސްތާން ރޯޔަލްސް އަތުން ދިއްލީ ކެޕިޓަލްސް މޮޅުވި މެޗުގެ ތެރެއިން އެ ޓީމުގެ ސްޓާކް (މ) ޓީމުގެ ކުޅުންތެރިންނާ އެކު.

ރާޖަސްތާން ރޯޔަލްސް އަތުން ދިއްލީ ކެޕިޓަލްސް މޮޅުވި މެޗުގެ ތެރެއިން އެ ޓީމުގެ ސްޓާކް (މ) ޓީމުގެ ކުޅުންތެރިންނާ އެކު.

ޖައިޕޫރު، އިންޑިއާ (މެއި 2) - އޮސްޓްރޭލިއާގެ ކުޅަދާނަ ބޯލަރު، މިޗެލް ސްޓާކް، މި ފަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ކުޅުނު ފުރަަތަމަ މެޗުގައި ދެއްކި ތަފާތު މޮޅު ކުޅުމާ އެކު، ދިއްލީ ކެޕިޓަލްސް އިން ހަތް ވިކެޓުން ރާޖަސްތާން ރޯޔަލްސް ބަލިކޮށްފި އެވެ. 

މިދިޔަ އަހަރު ކޮނޑަށް ލިބުނު އަނިޔާއަކާ ހެދި ކުޅުމާ ދުރުގައި ހުރެފައި ސްޓާކް އެނބުރި އައިސް ކުޅުނު ރަސްމީ ފުރަތަމަ މެޗަކީ ރޭގެ މެޗެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އައިޕީއެލްގައި ދިއްލީ އަށް ގަދަ ހަތަރެއްގައި ނިންމައި، ޕްލޭއޮފަށް ދިއުމަށް ރޭގެ މެޗުގައި މޮޅެއް ހޯދުން އޮތީ މަޖުބޫރުވެފަ އެވެ. އެ ހާލަތުގައި ސްޓާކްގެ ތަޖުރިބާގެ ބޭނުންކޮށް ދިއްލީން ވަނީ މެޗުން މޮޅުވެފަ އެވެ. 

ރޭގެ ނަތީޖާއާ އެކު ދިއްލީ ކެޕިޓަލްސް އޮތީ 10 ޓީމު ކުޅޭ އައިޕީއެލްގެ ހަ ވަނައިގަ އެވެ. ދިއްލީ ކެޕިޓަލްސް އަށް ނުވަ މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ގުޖުރާތު ޓައިޓަންސް އަށް ވަނީ ނުވަ މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އާއި ހަތަރެއްގައި އޮތް ސަންރަައިޒާސް ހައިދަރުއާބާދާއި ރާޖަސްތާނަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. ހައިދަރުއާބާދުން ނުވަ މެޗު ކުޅެފައިވާއިރު، ރާޖަސްތާނުން ވަނީ 10 މެޗު ކުޅެފަ އެވެ.  އެއް ވަނައިގައި އޮތް ޕަންޖާބް ކިންގްސް އަށް އަށް މެޗުން 13 ޕޮއިންޓް އަދި ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު އަށް ވަނީ ނުވަ މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. 

ރާޖަސްތާނުން ޓޮސް ދިމާވުމުން ކުޅެން އެރިއިރު، 20 އޯވަރު ތެރޭގައި ހެދުނީ ހަ ކުޅުންތެރިން ނުބައިވެެގެން 225 ލަނޑެވެ. އެ ޓީމުގެ ޔަޝަޝްވީ ޖޭސްވާލް އާއި ވައިބަވް ސޫރްޔަވަންޝީ ވަނީ އަަވަހަށް ނުބައިވެފަ އެވެ. ޔަޝަޝްވީ ތިން ބޯޅައިން ހަ ލަނޑަށް އަދި ސޫރްޔަވަންޝީ ވަނީ ދެ ބޯޅައިން ހަތަރު ލަނޑަށް ނުބައިވެފަ އެވެ. މި އިނިންސްގައި ތަފާތަކީ، ސްޓާކް އެވެ. އޭނާ ވަނީ ހަތަރު އޯވަރަށް ތިން ވިކެޓް ނަގައިފަ އެވެ. އެއީ، ޔަޝަޝްވީގެ އިތުރުން، ރިޔާން ޕަރާގް އާއި ރަވިންދުރަ ޖަދޭޖާގެ ވިކެޓް އެވެ. 

ޖަވާބުގައި ކުޅެން އަރައި، ދިއްލީ ކެޕިޓަލްސް އިން ވަނީ 19.1 އޯވަރުގެ ތެރޭގައި، ތިން ކުޅުންތެރިން ނުބައިވެގެން 226 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ރަނގަޅު ފޯމެއްގައި ހުރި ކޭއެލް ރާހުލް އާއި ޕަތުމް ނިސަންކަ އެވެ. ރާހުލް ވަނީ 40 ބޯޅައިން 75 ލަނޑު ހަދައިފަ އެވެ. އަދި، ނިސަންކަ ވަނީ 33 ބޯޅައިން 62 ލަނޑު ހަދައިފަ އެވެ. 

އައިޕީއެލްގައި މިރޭ ކުޅޭ މެޗުގައި ޗެންނާއި ސުޕަ ކިންގްސް އިން ކުޅޭނީ މުމްބައި އިންޑިއަންސްއާ އެވެ. ޗެންނާއި ހަތް ވަނައިގައި އޮތްއިރު، މުމްބައި އޮތީ ނުވަ ވަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox