އެމްބާޕޭ އާއި ވިނީޝިއުސްގެ ލަނޑުތަކުން އަލަވޭސް އަތުން ރެއާލަށް މޮޅެއް

Apr 22, 2026, 9:15 AM
އަލަވޭސް ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އާއި ވިނީޝިއުސް އުފާފާޅުކުރަނީ.

އަލަވޭސް ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އާއި ވިނީޝިއުސް އުފާފާޅުކުރަނީ.

މެޑްރިޑް (އޭޕްރީލް 22) - ކީލިއަން އެމްބާޕޭ އާއި ވިނީޝިއުސް ޖޫނިއާގެ ލަނޑުތަކުން ރޭ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން 2-1 އިން އަލަވޭސްގެ މައްޗަށް ކުރިހޯދައިފި އެވެ.

މި ނަތީޖާއާ އެކު ލީގުގެ އެއް ވަަނައިގައި ބާސެލޯނާގެ ލީޑު ވަނީ ހަ ޕޮއިންޓަށް ކުޑަވެފަ އެވެ. ބާސެލޯނާ، އެއް ވަނައިގައި އޮތީ 31 މެޗުން 79 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 32 މެޗުން ވަނީ 73 ޕޮއިންޓް ލިބިފަ އެވެ. ރޭގެ މެޗުގެ ކުރިން ރެއާލުން ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުވެ އެވެ. އެއް މެޗުން އެއްވަރުވިއިރު، އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. މަޔޯކާ އަތުން ބަލިވިއިރު، ޖިރޯނާއާ ވަނީ އެއްވަރުވެފަ އެވެ. 

ރެއާލްގެ ސަންޓިއާގޯ ބާނަބެއުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ 30 ވަނަ މިނިޓްގައި އެމްބާޕޭ ޖެހި ގޯލުންނެވެ. މިއީ، ރެއާލަށް ކުޅޭ ތުރުކީގެ ތަރި، އާޑާ ގުލާ ދިން ބޯޅައަކުން އެމްބާޕޭ ޖެހި ގޯލެކެވެ. މިއީ، މި ފަހަރު ލީގުުގައި އެމްބާޕޭ ޖެހި 24 ވަަނަ ގޯލެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ރެއާލުން ދެ ވަަނަ ލަނޑު ޖެހި އެވެ. މިއީ، ފެޑެރީކޯ ވަލްވޭޑޭ ތަނަވަސްކޮށްދިން ފުރުސަތަކުން، ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ވިނީޝިއުސް ޖެހި ލަނޑެކެވެ. މިއީ، މި ފަހަރު ލީގުގައި ވިނީޝިއުސްގެ 12 ވަނަ ގޯލެވެ. 

އިތުރު ވަގުތުގެ ތެރޭގައި އަލަވޭސް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޓޯނީ މާޓީނޭޒް އެވެ. 

މި ފަހަރުގެ ލީގު ނުލިބިއްޖެނަމަ، ރެއާލުން މި ގަަރުނުގެ ތެރޭގައި، ފަސް ވަނަ ސީޒަނުގައި ތަށްޓެއް ނުލިބި ނިންމާލަން ޖެހޭނެ އެވެ. މީގެ ކުރިން، ރެއާލުން މި ފަހުން ހުސްއަތާ ސީޒަން ނިންމާލަން ޖެހުނު ސީޒަން ތަކަކީ، 2004/05، 2005/06، 2009/10 އަދި 2020/21 އެވެ. 

ރެއާލަށް ލީގުގައި ބާކީ ހަ މެޗު އޮތްއިރު، އޭގެ ތެރޭގައި ބާސެލޯނާ ދަނޑުގައި ކުޅެން ޖެހޭ އެލް ކްލަސިކޯ މެޗު ވެސް ހިމެނެ އެވެ. ބާސެލޯނާ އަށް ރެއާލް މެޗު ނުލައި، ބާކީ ހަ މެޗު އެބައޮތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox