ބެޓިސް އިން ފަހު ވަގުތު ރެއާލް ހިފެހެއްޓުމުން ބާސެލޯނާ އަށް ފަސޭހައެއް

Apr 25, 2026, 8:47 AM
ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ކުޅުނު މެޗުގެ ތެރެއިން.

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ކުޅުނު މެޗުގެ ތެރެއިން.

މެޑްރިޑް (އޭޕްރީލް 25) - ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް އިން ފަހު ވަގުތު ލަނޑު ޖަހައި، ރެއާލް މެޑްރިޑާ 1-1 އިން އެއްވަރުކުރުމާ އެކު، ލީގުގެ ރޭހުގައި ކުރިއަށްދިއުމަށްޓަކައި އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ފަސޭހަވެއްޖެ އެވެ. 

ބާސެލޯނާ، މި ވަގުތު އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެކަމަކު، މިރޭ ގެޓަފޭއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ލީގުގެ ބާކީ ފަސް މެޗާ ކުރިމަތިލާއިރު ބާސެލޯނާ އޮންނާނީ 11 ޕޮއިންޓުގެ ލީޑެއްގަ އެވެ. ބާސެލޯނާ އަށް 32 މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލަށް 33 މެޗުން ލިބުނީ 74 ޕޮއިންޓެވެ. 

ސެވިލްގެ އެސްޓަޑިއޯ ލަ ކަރްޓޫހާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 17 ވަނަ މިނިޓްގައި ރެއާލުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާ އެެވެ. މިއީ، ރެއާލްގެ ފެޑެރީކޯ ވަލްވޭޑޭ ފޮނުވާލި ބޯޅައެއް ބެޓިސްގެ ކީޕަރު، އަލްވާރޯ ވަލެސް އަތުގައި ޖެހިފައި ނުކުތް ވަގުތު ވިނީޝިއުސް ޖެހި ލަނޑެކެވެ. 

Advertisement

ރެއާލަށް 100 ވަނަ މެޗު ކުޅެދިން ކީލިއަން އެމްބާޕޭ އަށް އެ ޓީމުގެ ލީޑުފުޅާކޮށްދޭން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ. އަދި، ރެއާލްގެ ވިނީޝިއުސް އާއި ކީލިއަން އެމްބާޕޭ އަށް ލިބުނު ބޯޅަތައް ވެސް ގޯލަަކަށް ހަދައިނުލެވުނެވެ. ބެޓިސް އިން ލަނޑެއް ޖެހޭތޯ ކުރަމުން ދިޔަ މަސައްކަތް ހުއްޓުވަން ރެއާލްގެ ކީޕަރު އަންޑްރީ ލުނިން މޮޅު ކުޅުމެއް ދެއްކި އެވެ. 

ބެޓިސް އިން އެއްވަރުކުރި ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގަ އެވެ. މި ގޯލު ކާމިޔާބުކުރީ ކުރިން އާސެނަލާއި ބާސެލޯނާ އަށް ކުޅުނު ފުލްބެކް، ހެކްޓަ ބެލެރިން އެވެ. މިއީ، ރެއާލްގެ ފުލްބެކް، ފާލަންޑް މެންޑީ ހެދި ގޯހެއްގެ ފައިދާނަގައި، ބެލެރިން ޖެހި ގޯލެކެވެ. 

ރެއާލުން ދެން ކުޅޭ މެޗުގައި އެސްޕަންޔޯލާ ކުޅުމަށް ފަހު، ދެން، އޮންނާނީ ބާސެލޯނާއާ ދެކޮޅަށް ލީގުގައި ކުޅޭ މެޗެވެ. ކުރިއަށް އޮތް މެޗުތަކުން މޮޅުވެ، ރެއާލް އަތުން ވެސް ބާސެލޯނާ ކުރިހޯދައިފިނަމަ، އެ މެޗުން އެ ޓީމަށް ލީގު ޗެމްޕިއަންކަން ޔަގީންވުމުގެ ފުރުސަތު އެބައޮތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox