ބާސެލޯނާ މޮޅުކޮށްދިން ޕެނަލްޓީ ޖެހި ވަގުތު ޔަމާލަށް އަނިޔާވެއްޖެ

Apr 23, 2026, 8:10 AM
ސެލްޓަ ވީގޯ ކޮޅަށް ޔަމާލް ޕެނަލްޓީ އަކުން ބޯޅަ ފޮނުވާލަނީ: މި ޕެނަލްޓީ ޖެހުމަށް ފަހު ވާތު ފަޔަަށް ލިބުނު އަނިޔާއަކާ ހެދި ޔަމާލް ވަނީ ބަދަލުކޮށްފައި،

ސެލްޓަ ވީގޯ ކޮޅަށް ޔަމާލް ޕެނަލްޓީ އަކުން ބޯޅަ ފޮނުވާލަނީ: މި ޕެނަލްޓީ ޖެހުމަށް ފަހު ވާތު ފަޔަަށް ލިބުނު އަނިޔާއަކާ ހެދި ޔަމާލް ވަނީ ބަދަލުކޮށްފައި،

ބާސެލޯނާ (އޭޕްރީލް 23) - ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯ އަތުން 1-0 އިން ބާސެލޯނާ މޮޅުކޮށްދިން ޕެނަލްޓީ ޖެހި ވަގުތު އެ ޓީމުގެ ތަރި، ލަމީން ޔަމާލަށް އަނިޔާވެެއްޖެ އެވެ. 

މެޗުގެ 40 ވަނަ މިނިޓްގައި ޕެނަލްޓީ ކާމިޔާބުކުރި ގޮތަށް ޔަމާލް، 18، ވަނީ އަނިޔާވިކަން ބެންޗަށް އަންގައިފަ އެވެ. މި ޕެނަލްޓީ ލިބުނީ ވެސް ޔަމާލަށް ކުރި ފައުލަކަށެވެ. އެއީ، ސެލްޓަ ވީގޯގެ އޭރިއާތެރެއިން އެ ޓީމުގެ ޔޮއެލް ލޯގޯ ކުރި ފައުލެކެވެ. ޕެނަލްޓީ ޖެހި ވަގުތު އަނިޔާވީ ޔަމާލްގެ ވާތުފައިގެ ފަލަމަސްގަނޑަށެވެ. 

ޔަމާލްގެ އަނިޔާ ސީރިއަސް ނުވާނެކަމުގެ ޔަގީންކަން ދެވޭނީ މިއަދު ހަދާ ޓެސްޓްތަކަށް ފަހު ކަމަށް  ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ ބުނެފަ އެވެ. އަދި، ލީގުގައި ކުރިއަށް ހުރީ މުހިންމު މެޗުތަކެއް ކަމަށާއި ޓީމުގެ އެންމެ ރަނގަޅު ކުޅުންތެރިންނަށް އެ މެޗުތަކުގައި ކުޅެވޭގޮތް ވުމަކީ އެންމެ އެދޭ ގޮތް ކަމަށް ފްލިކް ވަނީ ބުނެފަ އެވެ. 

Advertisement

މި ސީޒަނަށް ބަލާއިރު ޔަމާލް ހުރީ ރަނގަޅު ފޯމެއްގަ އެވެ. އޭނާ ވަނީ ލީގުގަައި ކުޅުނު މެޗުތަކަށް އެކަނި ބަލާއިރު، 16 ގޯލު ޖަހައި، 11 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ބާސެލޯނާ އިން އެންމެ އެދެނީ އަންނަ މަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލް ކްލަސިކޯ މެޗަށް ޔަމާލް ފިޓްކޮށް ހުރުމަށެވެ. 

ސެލްޓަ ވީގޯ އަތުން ލިބުނު މޮޅާ އެކު، ބާސެލޯނާ އިން ވަނީ ލީގުގެ އެއް ވަނައިގައި އެ ޓީމުގެ ލީޑު ދަމަހައްޓައިފަ އެވެ. ލީގުގައި ބާކީ ހަ މެޗު އޮތްއިރު، ބާސެލޯނާ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު، 32 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 32 މެޗުން ލިބިފައިވަނީ 73 ޕޮއިންޓެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox