އިންގްލެންޑް ފުޓްބޯޅައިގެ މައްސަލަ އަކީ މާ ގިނަ މެޗުތަކެއް ކުޅެން ޖެހުން: ކޮމްޕެނީ

May 6, 2026, 11:16 AM
ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ: އޭނާ ވަނީ އާސެނަލްގެ ކޯޗު އާޓެޓާ ދެއްކި ވާހަކަތަކަށް ރައްދުދީފައި.--- ފޮޓޯ: އޭއެފްޕީ

ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ: އޭނާ ވަނީ އާސެނަލްގެ ކޯޗު އާޓެޓާ ދެއްކި ވާހަކަތަކަށް ރައްދުދީފައި.--- ފޮޓޯ: އޭއެފްޕީ

މިއުނިކް (މެއި 6) - އިނގިރޭސި ފުޓްބޯޅައިގައި އޮތް އެންމެ ބޮޑު އެއް މައްސަލަ އަކީ ގިނަ މުބާރާތްތަކެއް ބާއްވައި، ގިނަ މެޗުތަކެއް ކުޅެން ޖެހޭ ގޮތަށް ކަންކަން ރޭވިފައި އޮތުން ކަމަށް ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނެފި އެވެ. 

މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން، ބެލްޖިއަމްގެ ޑިފެންޑަރު، ކޮމްޕެނީ ވަނީ އިނގިރޭސި ކްލަބް ބާންލީގެ ކޯޗަކަށް ވެސް މަސައްކަތްކޮށްފަ އެވެ.

އިނގިރޭސި ފުޓްބޯޅައިގެ ކަންކަމާ ބެހޭގޮތުން ކޮމްޕެނީ ވާހަކަ ދައްކާފައިވަނީ، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ، ބަޔާން އާއި ޕީއެސްޖީއާ ބެހޭގޮތުން ދެއްކި ވާހަކަ އަކަށް ދިން ރައްދެއްގަ އެވެ. އެ ގޮތުން، އާޓެޓާ ބުނެފައިވަނީ، ޕީއެސްޖީ އާއި ބަޔާނަށް އަމިއްލަ ލީގުގައި ކުޅުންތެރިން ރެސްޓް ކުރަން ފުރުސަތު ލިބޭ ކަމަށާއި އެކަމަކު، އާސެނަލަށް އެކަން ކުރަން ޖާގައެއް ނެތީ އިނގިރޭސި ފުޓްބޯޅަ ވާދަވެރިވުމުން ކަމަށެވެ. 

ކޮމްޕެނީ ބުނެފައިވަނީ، އާޓެޓާގެ ވާހަކަ އަށް މާ ބޮޑު ވާހަކަތަކެއް ދައްކަން ބޭނުމެއް ނުވާ ކަމަށެވެ.

އޭނާ އަކީ ޕްރިމިއާ ލީގުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ކުޅުންތެރިއެއް ކަމަށާއި އާޓެޓާ ދެއްކި ވާހަކަ އަކީ ސީދާކޮށް ޕީއެސްޖީ ނޫނީ ބަޔާނަށް ފާޑުކިޔުމަށް ދެއްކި ވާހަކައެއް ގޮތުގައި ނުދެކޭ ކަމަށެވެ.

"އިންގްލެންޑްގެ ލީގުގައި 38 މެޗު ކުޅެން ޖެހޭ. ލީގު ކަޕް އޮވޭ. އެފްއޭ ކަޕް އޮވޭ. އެކަމަކު، ފިނި މޫސުމުގެ ބްރޭކެއް ނުލިބޭ. މިއީ އަހަރެން ދައްކަން ޖެހޭ ވާހަކައެއް ވެސް ނޫން. އެކަމަކު، މިއީ ހަގީގަތް. މި ހުރިހާ މެޗެއް ކުޅެފައި، ޔޫރަޕްގައި އެންމެ ރަނގަޅަށް ކުޅެން އުނދަގޫވާނެ. މިއީ ޔާގަން ކްލޮޕް (ލިވަޕޫލްގެ ކުރީގެ ކޯޗު) ވެސް އެތައް ފަހަރަކު ދެއްކި ވާހަކައެއް،" ކޮމްޕެނީ ބުންޏެވެ. 

ޖަރުމަނު ލީގު ޗެމްޕިއަންކަން 35 ވަނަ ފަހަރަށް ހޯދި ބަޔާނުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ކުޅޭނެ އެވެ. މިދިޔަ ހަފްތާގައި ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗު ނިިމިގެންދިޔައީ 5-4 އިން ބަޔާން އަތުން ޕީއެސްޖީ މޮޅުވެގެންނެވެ. 

މިރޭ އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި، ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީ ކައިރިން ބަޔާނަށް ނަތީޖާ ނެރެެވޭނެ ކަމަށް ކޮމްޕެނީ ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox