ދެ ޕެނަލްޓީ ޖަހައިގެން ފުރަތަމަ ލެގުގައި އާސެނަލާއި އެތުލެޓިކޯ އެއްވަރު

Apr 30, 2026, 9:25 AM
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އާސެނަލާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ގެޓީއިމޭޖަސް

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އާސެނަލާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ގެޓީއިމޭޖަސް

މެޑްރިޑް (އޭޕްރީލް 30) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ސެމީ ފައިނަލް ދެ ވަނަ މެޗުގައި އެތުލެޓިކޯ މެޑްރިޑާއި އާސެނަލުން 1-1 އިން އެއްވަރުވެއްޖެ އެވެ. 

ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޕީއެސްޖީން 5-4 އިން ބަޔާން ބަލިކޮށް، ފޯރިގަދަ މެޗެއް ފެނުނު ނަމަވެސް، ރޭ އާސެނަލާއި އެތުލެޓިކޯ ކުޅުނު ސެމީގައި ދެ ޓީމުން ވެސް ލަނޑު ޖަހާފައިވަނީ ލިބުނު ޕެނަލްޓީ އަކުންނެވެ. 

އެތުލެޓިކޯގެ ސްޓޭޑިއަމް ވަންޑާ ޕެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އާސެނަލުން ލީޑުނެގީ 44 ވަނަ މިނިޓްގައި ސްވިޑެންގެ ފޯވާޑް، ވިކްޓަ ޔޯކެރޭޝް ޖެހި ޕެނަލްޓީންނެވެ. މިއީ، އޭރިއާތެރެއިން ޔޯކެރޭޝް އަށް އެތުލެޓިކޯގެ ޑިފެންޑަރު ޑޭވިޑް ހަންކޯ ކުރި ފައުލަަކަށް ދިން ޕެނަލްޓީ އެކެވެ. މިއީ، ޕެނަލްޓީއެއްތޯ ޔަގީންކުރަން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ދަނޑުގަައި ހުންނަ މޮނީޓަރުން ވެސް ބެލި އެވެ. 

ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒް ފޮނުވާލި ރަނގަޅު ހަމަލާއެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 11 މިނިޓް ތެރޭ އެތުލެޓިކޯ އިން އެއްވަރުކުރި އެވެ. މިއީ، ޕެނަލްޓީ އަކުން އަލްވަރޭޒް ޖެހި ލަނޑެކެވެ. މި ޕެނަލްޓީ ދިނީ، އެތުލެޓިކޯގެ މާކޯސް ލޮރެންޓޭ ޖެހި ޝޮޓެއް އާސެނަލްގެ ޑިފެންޑަރު، ބެން ވައިޓް އަތުގައި ޖެހުމުން، ވީއޭއާރް އިން އަންގައިގެން، މޮނީޓަރުން ވެސް ބަލައިފަ އެވެ. 

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އާސެނަލާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ގެޓީއިމޭޖަސް
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އާސެނަލާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ގެޓީއިމޭޖަސް

އޭގެ ފަހުން، އެތުލެޓިކޯ އަށް ލީޑުނަގައިދޭން އަންޓުއާން ގްރީޒްމަން ޖެހި ޝޮޓެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. އަދި، ފަހުން، އޭރިއާތެރެއިން އެތުލެޓިކޯގެ އަޑެމޯލާ ލުކްމަން އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅައެއް ކީޕަރު ރާޔާ އަތަށް އަމާޒުވިއިރު، ހިލޭޖެހުމަކުން އަލްވަރޭޒް ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. 

މެޗުގެ ރެފްރީ ވަނީ ފަހުން ވެސް އާސެނަލަށް ޕެނަލްޓީއެއް ދޭން ނިންމައިފަ އެވެ. އެ ގޮތުން، އާސެނަލްގެ އެބެރެޗީ އެޒޭ އަށް ހަންކޯ ކުރި ފައުލަކަށް ރެފްރީ ފުރަތަމަ ނިންމީ ޕެނަލްޓީއެއް ދިނުމަށެވެ. އެކަމަކު، ވީއޭއާރް އިން އެންގުމުން، މޮނީޓަރުން ބެލުމަށް ފަހު، ރެފްރީ ނިންމާފައިވަނީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ. އެ ނިންމުމާ މެދު އާސެނަލުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ. 

ރޭގެ މެޗު އެއްވަރުވުމުން، އާސެނަލުން މި ވަނީ މި ފަަހަރުގެ ޗެމްޕިއަންސް ލީގުގައި ބަލިނުވެ 13 މެޗު ހަމަކޮށްފަ އެވެ. އެންމެ ފަހުން، އެ ޓީމުން ޗެމްޕިއަންސް ލީގެއްގައި ބަލިނުވެ، އެ އަަދަަދަށް މެޗު ހަމަކުރި ފަހަރު ފައިނަލުގައި ކުޅުނެވެ. އެއީ، 2006 ވަނަ އަހަރުގެ ފައިނަލުގައި ބާސެލޯނާ އަތުން އާސެނަލް ބަލިވި ފަހަރެވެ. 

މި ފަހަރުގެ ފައިނަލުން ޖާގަ ހޯދަން އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި އާސެނަލުން އެތުލެޓިކޯ ބަލިކުރަން ޖެހޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox