މުސާރަ ކުޑަކޮށް ބަޔާނުން ނޯޔާ އަށް އާ ކޮންޓްރެކްޓެއް ދެނީ

May 1, 2026, 11:48 PM
ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާ.

ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާ.

މިއުނިކް (މެއި 1) - މުސާރަ ކުޑަކުރުމަށް ފަހު ބަޔާން މިއުނިކުން އެ  ކްލަބަށް ކުޅެމުން އަންނަ އުމުރުން 40 އަހަރުގެ ގޯލްކީޕަރު، މެނުއަލް ނޯޔާ އަށް އިތުރު އެއްބަސްވުމެއް ދިނުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ޖަރުމަނުގެ މީިޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

ނޯޔާ އަންނަނީ މި ސީޒަނުގައި ވެސް ބަޔާން ގޯލުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން، ބަޔާނުން މީގެ ކުރިން ވެސް ވަނީ ނޯޔާގެ ކޮންޓްރެކްޓް އާ ކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބުނެފަ އެވެ. ޖަރުމަނު މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ނޯޔާގެ އޭޖެންޓް، ތޯމަސް ކްރޮތުއާ އެކު، ބަޔާނުން މިހާރު އަންނަނީ އާ އެއްބަސްވުމެއްގެ ވާހަކަ ދައްކަމުންނެވެ. 

އެ ގޮތުން، ބަޔާނުން ނޯޔާ އަށް ހުށަހަޅަނީ، މިހާރު ދެމުން އަންނަ މުސާރަ އަށް ވުރެން 20 ޕަސެންޓް ދަށްކޮށް، އެއް އަހަރުގެ ކޮންޓްރެކްޓެކެވެ. އެ އޮފާއާ މެދު ގޮތެއް ނިންމަން ނޯޔާ ވަގުތު ކޮޅެއް ނަގާ ގޮތަށް ހަމަޖެހިފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން، ނޯޔާގެ ފުރަތަމަ ވިސްނުމަކީ، ބަޔާނުގައި މަޑުކުރުމެވެ. ނޯޔާ، މި ވަގުތު ހުރި ކޮންޓްރެކްޓުން އަހަރަކަށް އޭނާ އަށް ބަޔާނުން ބޯނަސް ނުލައި، 24 މިލިއަން ޑޮލަރު ދެ އެވެ. 

ޝާލްކާ ދޫކޮށް ނޯޔާ، ބަޔާނަށް ސޮއިކުރީ 2011 ވަނަ އަހަރު އެވެ. 

ހަމުގެ ކެންސަރަށް ތިން ފަހަރު ފަރުވާ ހޯދި ނޯޔާ އަށް މިދިޔަ އަހަރުތަކުގައި އަނިޔާގެ އެކި މައްސަލަތައް ވެސް ދިމާވި އެވެ. ގައުމީ ޓީމުން ރިޓަޔާކުރުމަށް ފަހު، ނޯޔާގެ ފޯކަސް ކްލަބް ކެރިއަރަށް ހުރިއިރު، ބަޔާނަށް ކުޅެދިން 596 މެޗުގައި އޭނާ ވަނީ ދެ ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން 13 ފަހަރު ޖަރުމަނު ލީގު ތަށި ހޯދައިފަ އެވެ. އަދި، ބަޔާނުން މި ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޖަރުމަނު ކަޕް ހޯދަން ކުރާ މަސައްކަތުގައި ނޯޔާ އަކީ މުހިންމު ކުޅުންތެރިއެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox