100 ވަނަ މިނިޓްގައި ބައިކޮޅަށް ވަން ގޯލަކުން ބަޔާން ބަލިނުވެ ސަލާމަތްވެއްޖެ

May 3, 2026, 12:15 AM
ހެއިޑެންހައިމް ކުޅުންތެރިއަކު ކައިރިން ބަޔާންގެ އޮލީސޭ ބޯޅަ ހިފައިގެންދަނީ.

ހެއިޑެންހައިމް ކުޅުންތެރިއަކު ކައިރިން ބަޔާންގެ އޮލީސޭ ބޯޅަ ހިފައިގެންދަނީ.

ބާލިން (މެއި 2) - ޖަރުމަނު ބުންޑަސްލީގާގައި މިރޭ ކުޅުނު މެޗުގައި ލީގު ތާވަލުގެ އެންމެ ފުލުގައި އޮތް ހެއިޑެންހައިމް އަތުން މެޗުގެ 100 ވަނަ މިނިޓްގައި ބައިކޮޅަށް ވަން ގޯލާ އެކު، އެ ޓީމާ 3-3 އިން އެއްވަރުކޮށް، ޗެމްޕިއަން ބަޔާން މިއުނިކް ބަލިނުވެ ސަލާމަތްވެއްޖެ އެވެ. 

ބާކީ ހަތަރު މެޗު އޮއްވައި ލީގު ޗެމްޕިއަންކަން ޔަގީންވި ފަހުން ބަޔާނުން ލީގުގައި ކުޅުނު ދެ މެޗުގައި ވެސް ކުޅުނީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެ ގޮތުން، 35 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ޔަގީންވި ފަހުން، މިދިޔަ ހަފްތާގައި ކުޅުނު މެޗުގައި ބަޔާން މޮޅުވީ ފަހަތުން އަރައި ހަތަރު ގޯލު ޖަހައިގެން މައިންޒް އަތުން 4-3 އިންނެވެ. މި ހަފްތާގައި ފަހު ސިކުންތު ކޮޅާ ހަމައަށް ހެއިޑެންހައިމް ލީޑުގައި އޮތް ނަމަވެސް ބަޔާން ވަނީ ފަހު ވަގުތު އެއްވަރުކޮށްފަ އެވެ. 

ބަޔާން ދަނޑުގައި ކުުޅުނު މި މެޗުގެ ފުރަތަމަ 30 މިނިޓް ތެރޭ ހެއިޑެންހައިމް އިން ދެ ލަނޑު ޖެހި އެވެ. މެޗުގެ 21 ވަނަ މިނިޓްގައި އޭރިއާތެރެއިން ބޫޑޫ ޒިވްޒިވާޑްޒާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އަދި، އޭގެ ނުވަ މިނިޓް ފަހުން، ޑިފެންސް ފަހަތަށް އައި ބޯޅައެއް ބަޔާން ކީޕަރު، ޖޮނަސް އުރްބިގް ކައިރިން ނައްޓާފައި، އެރެން ޑިންޗްކީ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެެވެ. 

މެޗުގެ ތެރެއަށް އެނބުރި އައުމަށް ކުރި މަސައްކަތުގައި 43 ވަނަ މިނިޓްގައި ލެއޯން ގޮރެޓްޒްކާ ވަނީ ހިލޭ ޖެހުމަކުން ގޯލު ޖަހައި، ބަޔާނަށް ފަރަގުކުޑަކޮށްދީފަ އެވެ. އަދި، މެޗުގެ 60 ވަނަ މިނިޓްގައި މައިކަލް އޮލީސޭ ނެގި ކޯނަރަކަށް އަރައި، ގޮރެޓްޒްކާ ވަނީ ގޯލު ޖަހައި، ބަޔާނަށް އެއްވަރުކޮށްދީފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، އޮލީސޭ އޭރިއާބޭރުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިންނެވެ. 

ބަޔާނުން ޑިފެންސްތެރެއިން ފަރުވާކުޑަކޮށްލުމުގެ ފައިދާނަގައި، މެޗުގެ 75 ވަނަ މިނިޓްގައި ޒިވްޒަވާޑްޒާ ވަނީ މޮޅު ގޯލެއް ޖަހައި، އަލުން ހެއިޑެންހައިމް އަށް ލީޑުނަގައިދީފަ އެވެ. އޭރިއާތެރެއިން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. 

އިތުރު ވަގުުތުގެ 10 ވަނަ މިނިޓްގައި، އޭރިއާބޭރުން އޮލީސޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައި، ހެއިޑެންހައިމްގެ ކީޕަރު، ޑިއަންޓް ރަމަޖް ގައިގައި ޖެހިފަ އެވެ. 

އެއް ވަނައިގައި ޗެމްޕިއަންކަން ވެސް ޔަގީންކޮށްގެން އޮތް ބަޔާނަށް 32 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި ބޮރޫޝިއާ ޑޯޓްމަންޑް އޮތީ 31 މެޗުން 67 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ވަނީ 32 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ. ލެވަކޫސަނުން ވަނީ މިރޭ 4-1 އިން ލައިޕްޒިގު ބަލިކޮށްފަ އެވެ. 

ހަތަރެއްގައި ބަޔާ ލެވަކޫސަން އޮތީ ފަސް ވަނައިގައި އޮތް ސްޓުޓްގާޓާ އެއްވަރަށް 32 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ. އަދި، ހަ ވަނައިގައި އޮތް ހޮފެންހައިމް އަށް ވެސް ވަނީ 32 މެޗުން 58 ޕޮއިންޓް ލިބިފަ އެވެ.  ހޮފެންހައިމް އާއި ސްޓުޓްގާޓުން މިރޭ ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox