ރެފްރީ އަށް ފާޑުކިޔުމުން ރައިސް އަށް ޔުއެފާގެ އަދަބެއް އައުމުގެ ބިރު އެބައޮތް

May 2, 2026, 10:47 AM
އާސެނަލަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ މިޑްފީލްޑަރު، ޑެކްލަން ރައިސް.

އާސެނަލަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ މިޑްފީލްޑަރު، ޑެކްލަން ރައިސް.

ލަންޑަން (މެއި 2) - އާސެނަލްގެ އިނގިރޭސި މިޑްފީލްޑަރު، ޑެކްލަން ރައިސް، ރެފްރީ އަށް ފާޑުކިޔާފައިވާތީވެ، އޭނާ އަށް ޔުއެފާގެ އަދަބެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑާ 1-1 އިން އެއްވަަރުވި މެޗަށް ފަހު ރައިސް ވަނީ ރެފްރީގެ ނިންމުންތަކަށް ފާޑުކިޔައިފަ އެވެ. އެ ގޮތުން، ރައިސް ހިތްހަމަނުޖެހުން ފާޅުކުރީ، އާސެނަލްގެ އެބެރެޗީ އެޒޭ އަށް ދެ ވަނަ ހާފުގައި އެތުލެޓިކޯގެ ޑޭވިޑް ހެންކޯ ކުރި ފައުލަށް ޕެނަލްޓީ ނުދޭން ނިންމުމުންނެވެ. ފުރަތަމަ ޕެނަލްޓީ ދޭން ނިންމި ނަަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ވީޑިއޯ މޮނީޓަރުން ބެލުމަށް ފަހު، ޕެނަލްޓީ ނުދޭން ނިންމީ އެވެ. 

މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ރައިސް ބުނީ، ޔުއެފާ މުބާރާތްތަކުގައި ރެފްރީން ކަންކަން ބަލާގޮތް ތަފާތު ކަމަށެެވެ. އަދި، ފައުލެއް ކަނޑައަޅަން ޖެހޭނީ ކޮންމެ ތަނެއްގައި ހިނގި ކަމުގަައި ވިޔަސް އެއް ވިސްނުމެއްގައި ކަމަށާއި އޭރިއާތެރޭގައި ފައުލެއް ހިނގުމަކުން ތަފާތު ގޮތަކަށް ބަލަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ރައިސް ވަނީ ބުނެފަ އެވެ. 

"އަހަންނަށް ނޭނގެ އެ ޕެނަލްޓީ ނުދޭން ނިންމީ ކީއްވެކަމެއް. އެނގޭ ކަމަކީ، (އެތުލެޓިކޯގެ) ސަޕޯޓަރުންގެ އަޑުގަދަވެ، އެ ނިންމުމަށް އަސަރުކޮށް، ރެފްރީގެ ނިންމުން ބަދަލުވިކަމަށް ބެލެވޭނެ ޖާގަ އޮތްކަން،" ރައިސް ބުންޏެވެ. 

ރައިސް ބުނީ، ޗެމްޕިއަންސް ލީގުގައި ރެފްރީން ވަަރަށް އަވަހަށް ކަށިގަނޑު ފުމުމަށް ފަހު ނިންމުން ނިންމާ ކަމަށެވެ. އަދި، ޔޫރަޕްގައި ބައެއް ނިންމުންތަކުގެ އަސަރު ވަރަށް ބޮޑު ކަމަށް ވެސް ރައިސް ބުނެފައިވެ އެވެ. 

ދަ ޓައިމްސް އިން ރިޕޯޓްކުރާގޮތުގައި، ޔުއެފާ އިން ބަލަމުން އަންނަނީ މެޗު ރިޕޯޓަށެވެ. އެ ރިޕޯޓުގައި ރައިސްއާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހިމަނާފައިވާނަމަ، ޔުއެފާ އިން އެ މައްސަލަ ބަލާނެ އެވެ. މައްސަލަ ބަލައިފިނަމަ، ރައިސް އަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ. 

މީގެ ކުރިން، ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެމުން ރައިސް ވަނީ ޔޫރަޕްގެ މުބާރާތެއްގެ ތެރެއިން ރެފްރީންގެ ނިންމުމަށް ފާޑުކިޔައިފަ އެވެ. އެ ފަހަރު ރައިސް އަށް ސަސްޕެންޝަނެއް ވެސް އަ އެވެ. އެހެންކަމުން، މި ފަހަރު ރައިސްގެ މައްސަލަ ބަަލައިފިނަމަ، އެއް ކުށެއް ތަކުރާރުވުމުން އަޅާ ފިޔަވަޅު ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox