ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޖެހިޖެހިގެން ދެ އަހަރު ކުޅުމަކީ ހާއްސަ ކަމެއް: އާޓެޓާ

Apr 29, 2026, 11:24 AM
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ: މިއީ އާސެނަލުން ޖެހިޖެހިިގެން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅޭ ދެ ވަނަ ސީޒަން.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ: މިއީ އާސެނަލުން ޖެހިޖެހިިގެން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅޭ ދެ ވަނަ ސީޒަން.

މެޑްރިޑް (އޭޕްރީލް 29) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޖެހިޖެހިގެން ދެ އަހަރު ވާދަކުރުމަކީ ވެސް ހާއްސަ ކަމެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލުން މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ޕީއެސްޖީ އަތުން ކެޓިއިރު، މި ފަހަރުގެ ސެމީ ފައިނަލުގައި ކުޅެނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. ފުރަތަމަ ލެގުގައި މިރޭ އެތުލެޓިކޯ ދަނޑުގައި އާސެނަލުން ކުޅޭނެ އެވެ. 

މިއީ، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އާސެނަލުން ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. އާސެނަލުން މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ކުޅުނީ 2009 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެެވެ. ސޯޅަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އޭގެ ކުރިން، އާސެނަލުން 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ދަތުރުކޮށް، ފައިނަލުގައި ބާސެލޯނާ އަތުން ބަލިވީ އެވެ.

މިއީ، އާސެނަލްގެ ތާރީހުގައި ވެސް އެ ޓީމުން ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ޖެހިޖެހިގެން ދެ އަހަރުގައި ކުޅޭ ފުރަތަމަ ފަަހަރެވެ.

"މިއީ ހާއްސަ ކަމެއް. މިއީ ބޮޑު ކަމެއް، އަހަރެމެންނަށް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެވޭތީ މި ކަހަލަ ކަންކަން ހާސިލްކުރެވެނީ. މިއީ ނިންމާލަން ޖެހޭ ހިސާބެއް ނޫން، ކާމިޔާބު ހޯދަން ވެސް އަހަރެމެން ބޭނުން،" އާޓެޓާ ބުންޏެވެ. 

އާސެނަލުން މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ޕީއެސްޖީ އަތުން މޮޅުވި ނަމަވެސް ސެމީ ފައިނަލުގައި އެ ޓިމު އަތުން ބަލިވެ މުބާރާތުން ކެޓީ އެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި އާސެނަލުން ވަނީ 4-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ. އެތުލެޓިކޯ އިން ކުއާޓާ ފައިނަލުގައި މި ފަހަރު ބާސެލޯނާ ކަޓުވާލާފައިވާތީވެ، އެ ޓީމަށް އާސެނަލް ވެސް ބަލިކުރެވޭނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އާޓެޓާ ބުނީ  މިދިޔަ ސީޒަނުގައި، ޕީއެސްޖީއާ ދެކޮޅަށް ލީގު ބުރުގައި ވީ ގޮތާއި ސެމީ ފައިނަލުގައި ދިމާވި ކަންކަމުގެ ވާހަކަ ދެއްކުމަކީ މި ވަގުތު ޓީމަށް ޕޮޒިޓިވް ކަމެއްގެ ގޮތުގައި ނުފެންނަ ކަމެއް ކަމަށެވެ. 

"އަހަރެން މި ވަގުތު ހުރިހާ ސަމާލުކަމެއް ދެނީ ޕޮޒިޓިވް ވާހަކަތައް ދައްކައިގެން ކުޅުންތެރިން މޮޓިވޭޓްކުރަން،" އާޓެޓާ ބުންޏެވެ. 

ސީޒަނުގައި އާސެނަލަށް ބާކީ އޮތް ދެ މުބާރާތް، ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގައި ކާމިޔާބު ހޯދުމަކީ މި ވަގުތު އޮތް އެންމެ ބޮޑު އަމާޒުކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox